Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އިޓާލިއަން ސެރީއޭ

އިޓާލިއަން ސެރީއޭ: އޭސީ މިލާން ބަލިވިއިރު އިންޓާއާ ޔުވެންޓަސް މޮޅުވެއްޖެ

ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗުން އޭސީ މިލާން ބަލިވެފައިވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2017 | އާދީއްތަ 20:56
ގޯލު ޖެހުމަށްފަހު އިމޯބިލޭ އުފާ ފާޅުކުރަނީ

ގޯލު ޖެހުމަށްފަހު އިމޯބިލޭ އުފާ ފާޅުކުރަނީ

އިޓާލިއަން ސެރީއޭގައި އޭސީ މިލާން ކުޅުނު މެޗުން ބަލިވިއިރު އިންޓަ މިލާންއާ ޔުވެންޓަސްއިން ކުޅުނު މެޗުތަކުން އެ ޓީމުތަށް މޮޅުވެއްޖެއެވެ.

ލާޒިއޯއާ ދެކޮޅަށް ކުޅުނު މެޗުން އޭސީ މިލާން ބަލިވެފައިވަނީ 4-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. ލާޒިއޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އޭސީ މިލާންގެ ޒުވާން ޓީމަށް މާ އެދެވޭ ކުޅުމެއް ދެއްކިފައެއްނުވެއެވެ. މި މެޗުގެ ފުރަތަމަ ލަނޑު 38 ވަނަ މިނުޓުގައި ލިބުނު ޕެނަލްޓީއަކުން ލާޒިއޯއަށް ކާމިޔާބު ކޮށްދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމުގެ ފޯވާޑް ސިރޯ އިމޯބިލޭއެވެ. އޭގެ ފަސް މިނުޓު ފަހުން އޭނާވަނީ ހިތްގައިމު ގޯލެއް ކާމިޔާބު ކޮށްދީ ލާޒިއޯގެ ލީޑު އިތުރަށް ފުޅާ ކޮށްދީފައެވެ.

ފުރަތަމަ ހާފު ނިމިގެން ދިޔައީ 2-0 ގެ ނަތީޖާއަކުން އޭސީ މިލާންގެ މައްޗަށް ލާޒިއޯ ކުރީގަ އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ތިން ވަނަ މިނުޓުގައި އިމޯބިލޭވަނީ ލާޒިއޯއަށް އިތުރު ގޯލެއް ކާމިޔާބު ކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އަދި ހަމަ އޭގެ މިނުޓެއް ފަހުން ލާޒިއޯގެ ފޯވާޑް ލުއިޒް އަލްބާޓޯވަނީ އެ ޓީމުގެ ހަތަރުވަނަ ގޯލު ކާމިޔާބު ކޮށްދީފައެވެ. މެޗުގެ 56 ވަނަ މިނުޓުގައި މިލާންއަށް މެޗުގެ ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑާ ރިކާޑޯ މޮންޓޮލީވޯއެވެ.

އިންޓަ މިލާނުން ވަނީ ސެރީއޭ އަށް އަލަށް ޕްރޮމޯޓްވި ސްޕަލް 2-0 ގެ ނަތީޖާއަކުން ބަލިކޮށްފައެވެ. އިންޓަގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެ ޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔައިރު އެ ޓީމުން ވަނީ ފުރަތަމަ ހާފުގެ 27 ވަނަ މިނުޓުގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ލިބުނު ޕެނަލްޓީއަކުން އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން މައުރޯ އިކާޑިއެވެ. މި މެޗުގައި އިންޓައިން ކާމިޔާބުކުރި ދެވަނަ ލަނޑު 87 ވަނަ މިނުޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދިނީ ކްރޮއޭޝިއާގެ މިޑްފީލްޑާ އިވާން ޕެރިސިޗްއެވެ.

މިދިޔަ ސީޒަނުގައި ސެރީއޭގެ ޗެމްޕިއަންކަން ހޯދި ޔުވެންޓަސްއިންވަނީ އަމިއްލަ ދަނޑުގައި ކިއޭވޯ ވެރޯނާ 3-0 އަކުން ބަލިކޮށްފައެވެ. މެޗުގެ 17 ވަނަ މިނުޓުގައި ޔުވެންޓަސްއަށް މެޗުގެ ލީޑު ލިބުނީ ކިއެވޯގެ ކުޅުންތެރިޔެއްގެ އަތުން ބައިކޮޅަށް ވަން ލަނޑަކުންނެވެ. އިތުބާރު ފޯވާޑް ގޮންޒާލޯ ހިގުއައިން ވަނީ މެޗުގެ 58 ވަނަ މިނުޓުގައި ލަނޑެއް ޖަހާ ޔުވެންޓަސްގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗު ނިމެން ހަތް މިނުޓަށްވެފައި ވަނިކޮށް ޒުވާން ފޯވާޑް ޕައުލޯ ޑިބާލާ ވަނީ ލަނޑެއް ކާމިޔާބުކޮށް ޔުވެންޓަސްއަށް ތިން ޕޮއިންޓް ކަށަވަރު ކޮށްދީފައެވެ.

މި މޮޅާއެކު ޔުވެންޓަސް އޮތީ ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް 9 ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައެވެ. ހަމައެހެންމެ އިންޓަމިލާން އޮތީ 9 ޕޮއިންޓް ލިބި ލަނޑުގެ ތަފާތުން ތާވަލުގެ ތިންވަނައިގައެވެ. ބޮޑު ތަފާތަކުން ބަލިވި ނަމަވެސް އޭސީ މިލާން އޮތީ 6 ޕޮއިންޓާއެކު ތާވަލުގެ ހަތް ވަނައިގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި

ލާޒިއޯ ބަލިކޮށް އިޓާލިއަން ކަޕްގެ ތަށި ޔުވެންޓަސްއިން އުފުލާލައިފި

18 މެއި 2017
އެމްއާރްޑީސީއާ އެމްއޭސީއެލް ސެމީއަށް

އެމްއާރްޑީސީއާ އެމްއޭސީއެލް ސެމީއަށް

02 މެއި 2017
އިޓާލިއަން ސެރިއާ: ބޮޑު ތަފާތަކުން ޖެނޯއާ ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

އިޓާލިއަން ސެރިއާ: ބޮޑު ތަފާތަކުން ޖެނޯއާ ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

24 އެޕްރީލު 2017
ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

ޗެލްސީގެ ކޮންޓޭ އަށް އިންޓަމިލާންގެ ބޮޑު ހުށަހެޅުމެއް

18 މާރިޗު 2017
އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

އިޓާލިއަން ލީގު: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް އަށް 11 ޕޮއިންޓްގެ ލީޑެއް

11 މާރިޗު 2017

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު