Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އާސެނަލް

ޕެލަސް އަތުން ލިބުނީ ސީޒަންގެ މިހާތަނަށް އެންމެ މުހިންމު މޮޅު: އާޓެޓާ

ޕެލަސް މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އާޓެޓާ ބުނެފައި ވަނީ، ޕެލަސް އަތުން ލިބުނު މޮޅަކީ މި ސީޒަންގައި އާސެނަލް އަށް ލިބުނު އެންމެ މުހިންމު މޮޅު ކަމަށެވެ. އެކަން ކުޅުންތެރިންގެ ގާތުގައި ވެސް ބުނެފައިވާނެ ކަމަށާއި، ކޮންމެ ތިން ދުވަހަކުން ކަހަލަ ގޮތަކަށް މެޗުތައް ކުޅެން ޖެހުމަކީ އުނދަގޫ ކަމެއް ކަމަށް އާޓެޓާ ބުންޏެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2025 | އަންގާރަ 04:57
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ

އިނގިރޭސި ޕްރިމިއަރ ލީގުގައި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅުނު މެޗުން ލިބުނު މޮޅަކީ، މި ސީޒަންގެ މިހާތަނަށް ލިބުނު އެންމެ މުހިންމު މޮޅު ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 1-0 އިން ޕެލަސްގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެ މޮޅާ އެކު އާސެނަލް އިން ވަނީ ލީގު ތާވަލްގެ އެއް ވަނައިގައި ހަތަރު ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ.

ޕެލަސް މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން އާޓެޓާ ބުނެފައި ވަނީ، ޕެލަސް އަތުން ލިބުނު މޮޅަކީ މި ސީޒަންގައި އާސެނަލް އަށް ލިބުނު އެންމެ މުހިންމު މޮޅު ކަމަށެވެ. އެކަން ކުޅުންތެރިންގެ ގާތުގައި ވެސް ބުނެފައިވާނެ ކަމަށާއި، ކޮންމެ ތިން ދުވަހަކުން ކަހަލަ ގޮތަކަށް މެޗުތައް ކުޅެން ޖެހުމަކީ އުނދަގޫ ކަމެއް ކަމަށް އާޓެޓާ ބުންޏެވެ.

އާޓެޓާ ބުނީ ރޭވުންތެރިކަމާއި، ކުޅުމުގެ ވައްޓަފާޅި އަށް ބަލާއިރު މި ފަހުން އެންމެ ރަނގަޅު ޓީމު ތަކުގެ ތެރޭގައި ޕެލަސް ހިމެނޭ ކަމަށެވެ. އެގޮތުން އެ ޓީމާ ދެކޮޅަށް ކުޅެން އުނދަގޫ ވާނެކަން ކުރިން ވެސް އިނގޭ ކަމަށް އާޓެޓާ ބުންޏެވެ. އޭނާ ބުނީ އެ މެޗަށް ނިކުތްއިރު ވެސް އާސެނަލް އަށް ވަރަށް ބޮޑު ފުރުސަތެއް އޮތް ކަމަށާއި، ކުޅުންތެރިން އެކަމުގެ ފައިދާ ނެގުމުން ވަރަށް ރަނގަޅު އިޙުސާސެއް ކުރެވޭ ކަމަށެވެ.

މީގެ އިތުރުން އާޓެޓާ ބުނީ މެޗުގައި އާސެނަލްގެ ކުޅުންތެރިން ކުޅުނީ ވަރަށް ހަމަ ޖެހިގެން ކަމަށާއި، އާސެނަލް އިން ބޭނުންވާ ވައްޓަފާޅީގައި ކުޅެވުނު ކަމަށެވެ. މެޗުގެ ފުރަތަމަ ހާފަށް އިޝާރާތް ކުރަމުން އާޓެޓާ ބުނީ، އެ ހާފުގައި ބައެއް ކަހަލަ އުނދަގޫ ތަކެއް ކުރިމަތިވި ނަމަވެސް، ފަހުން ކުޅުންތެެރިން އެކަން ވަރަށް ބޮޑަށް ރަނގަޅު ކުރި ކަމަށެވެ. ޚާއްސަކޮށް ދެ ވަނަ ހާފުގައި އާސެނަލް އިން ވަރަށް ބޮޑަށް އެޓޭކަށް އިސްކަން ދީގެން ކުޅުނު ކަމަށް އޭނާ ބުންޏެވެ.

އާސެނަލް އިން ލީގު ތާވަލްގެ އެއް ވަަނައިގައި އޮތްއިރު، އާޓެޓާ ބުނީ ކުރިއަށް ދާން ޖެހޭނީ ވިސްނުންތެރިކަމާ އެކު ކަމަށެވެ. ޚާއްސަކޮށް ކުރިއަށް ހުރި މެޗު ތަކުން ވެސް މޮޅުވާން މަސައްކަތް ކުރަން ޖެހޭ ކަމަށާއި، މިވަގުތު އޮތް ރޫޙުގައި އާސެނަލް އަށް އެކަން ކުރެވޭނެ ކަމަށް ޤަބޫލު ކުރާ ކަމަށް އޭނާ ބުންޏެވެ. އެގޮތުން ރަނގަޅު ކުރަން ހުރި ކަންކަމަށް ވިސްނައިގެން އާސެނަލް ކުރިއަށް ދާނެ ކަމަށާއި، ކުޅުންތެރިންގެ ފެންވަރު ވެސް ރަނގަޅު ވާނެ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.

މިހާތަނަށް ލީގުގައި ކުޅެފައިވާ ނުވަ މެޗުން 22 ޕޮއިންޓާ އެކު އާސެނަލް އޮތީ އެއް ވަނައިގަ އެވެ. މި ސީޒަންގެ ޕްރިމިއާ ލީގުގައި ހަތް މެޗުން އާސެނަލް ވަނީ މޮޅުވެފަ އެވެ. އެއް މެޗުން ބަލިވެފައިވާއިރު، އަނެއް މެޗުން ވަނީ އެއްވަރުވެފަ އެވެ. ލީގުގައި އާސެނަލް އަށް ދެން އޮންނާނީ ރަށުން ބޭރުގައި ބާންލީއާ ދެކޮޅަށް ކުޅޭ މެޗެވެ.

އާސެނަލްމިކޭލް އާޓެޓާ

ކޮމެންޓް

އިތުރަށް ކިޔާލަން

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

އާސެނަލްގެ މޮޅުވުމުގެ ރެކޯޑު ކުރިއަށް

05 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 އެޕްރީލު
ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް
20251 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންގެ އަނެއް ފަރާތް

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ނައިޖީރިޔާގެ މީހަކު ޗެސްގެ އައު ރިކޯޑެއް ހަދައިފި

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!
20233 އަހަރު ކުރިން
ރިޕޯޓު

މާއިސާއަށް ނުކުރެވޭ ކަމެއް މަދު، މޮޓޯއަކީ "ވާނެ"، ބޭނުމީ 100 ސެޓްފިކެޓް ހާސިލްކުރަން!

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް
20224 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ބަންދު އިތުރު ދުވަސްތަކެއް

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް
20215 އަހަރު ކުރިން
ދުނިޔެ

ވަނުއަޓޫއަށް ލައްގާފައިއޮތް، ގޮތް ނޭނގޭ މީހާ ކޮވިޑަށް ޕޮޒިޓިވް

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ
20197 އަހަރު ކުރިން
ރިޕޯޓު

މަޖީދިއްޔާގެ ޓައިމް ކެޕްސޫލުން ފެނުނު އަސަރު ގަދަ ސިޓީ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންނާއި ސިފައިން ނުކުމެ ރައީސް އަބްދުﷲ ޔާމީނުގެ އަތުގައި ބިޑި އަޅުވަންޖެހޭ ވަރުގެ ވާހަކަތައް ދައްކަވާފައިވޭ: އިންތި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު