Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގުޅީފަޅު

ގުޅީފަޅު ކައިރިން މަރުވެފައި އޮތްވާ ފެނުނީ ޗައިނާ އަންހެނެއް

ފުލުހުން ބުނީ މި އަންހެން މީހާ ކަނޑަށް ވެއްޓިފައިވަނީ ޑިސެމްބަރު 18 ވަނަ ދުވަހު 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަމަށް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 19 ޑިސެމްބަރު 2025 | ހުކުރު 15:25
ގުޅީފަޅު ހިއްކި ސަރަހައްދު

ގުޅީފަޅު ހިއްކި ސަރަހައްދު

ގުޅީފަޅު ކައިރި ކަނޑުމަތިން މަރުވެފައި އޮތްވާ ފެނިފައިވަނީ ޗައިނާ އަށް ނިސްބަތްވާ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

މަރުވެފައި އޮއްވައި ބުރާސްފަތި ދުވަހު ފެނުނު މީހާ ގެ ވަނަވަރު ހާމަ ކުރަމުން ފުލުހުން ހުކުރު ދުވަހު ބުނީ، އެއީ ޗައިނާ ރައްޔިތެއް ކަމަށްވާ އުމުރުން 38 އަހަރުގެ ޗެންގް ޖިއާ ކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން ބުނީ އޭނާ ކަނޑަށް ވެއްޓިފައިވަނީ ޑިސެމްބަރު 18 ވަނަ ދުވަހު 12:48 އެހާކަންހާއިރު ހުޅުމާލެ ބޭރުގައި އޮތް ބާޖަކުން ލޯންޗަކަށް އަރަން އުޅުމުގެ ތެރޭގައި ކަމަށް އެނގިފައިވާ ކަމަށެވެ. އޭނާ ކަނޑަށް ވެއްޓުމުން ލޯންޗުގައި ތިބި މީހުން އޭނާ ސަލާމަތް ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ވަގުތު މީހާ ކަނޑުގައި އޮއްވާ ފެނުނު ނަމަވެސް ފަހުން ނުފެނިގެން އެ ސަރަހައްދުން ދަތުރުކުރި އެހެން ލޯންޗަކަށްވެސް މައުލޫމާތު ދީ މީހާ ހޯދުމުގެ މަސައްކަތް ކޮށް، ކޯސްޓްގާރޑަށް އެކަމުގެ މައުލޫމާތު ދީފައިވާކަން އެނގިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ކޯސްޓްގާރޑުން މީހާ ހޯދުމުގެ މަސައްކަތް ކުރަނިކޮށް މަރުވެފައި އޮއްވާ ފެނިފައިވަނީ, ޑިސެމްބަރު 18 ވަނަ ދުވަހު 13:32 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ދަނީ މިހާރު މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

ގުޅީފަޅު

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
12 އޮކްޓޯބަރު 2025

ގިރާވަރުގެ ބައެއް ގޯތި ރަސްމާލެއަށް ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުންދީފި

12 އޮކްޓޯބަރު 2025
ގިރާވަރުގެ ބައެއް ގޯތި ރަސްމާލެއަށް ބަދަލު ކުރާނެ ކަމުގެ އިޝާރާތެއް ސަރުކާރުންދީފި
12 އޮކްޓޯބަރު 2025

މި ސަރުކާރަށް ޗޮއިސް އެއް ލިބުނު ނަމަ ގުޅީފަޅު ވެސް ހިއްކުން ހުއްޓާލާނެ: އަސްލަމް

12 އޮކްޓޯބަރު 2025
މި ސަރުކާރަށް ޗޮއިސް އެއް ލިބުނު ނަމަ ގުޅީފަޅު ވެސް ހިއްކުން ހުއްޓާލާނެ: އަސްލަމް
17 ސެޕްޓެމްބަރު 2025

އަމިއްލަ ފަރުދުންގެ ދިރިއުޅުން ހަނާވެ، ވިޔަފާރިތައް ބަނގުރޫޓްވާ އިރުވެސް ސައީދުގެ ކަމަކީ ފޮނި ބައިސާ ކެނޑުން: އަމީރު

17 ސެޕްޓެމްބަރު 2025
އަމިއްލަ ފަރުދުންގެ ދިރިއުޅުން ހަނާވެ، ވިޔަފާރިތައް ބަނގުރޫޓްވާ އިރުވެސް ސައީދުގެ ކަމަކީ ފޮނި ބައިސާ ކެނޑުން: އަމީރު
22 އޯގަސްޓު 2025

ސަރުކާރަށް ނުކުރެވޭ ކަންކަމުގެ ވާހަކަ ދެއްކީމަ، އެއީ ސިޔާސީ ވާހަކަތަކެއްގެ ގޮތުގައި ދެކުމަކީ ވަރަށް ކޮށި ވިސްނުމެއް: މޭޔަރ އާޒިމް

22 އޯގަސްޓު 2025
ސަރުކާރަށް ނުކުރެވޭ ކަންކަމުގެ ވާހަކަ ދެއްކީމަ، އެއީ ސިޔާސީ ވާހަކަތަކެއްގެ ގޮތުގައި ދެކުމަކީ ވަރަށް ކޮށި ވިސްނުމެއް: މޭޔަރ އާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު