Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބަންގްލަދޭޝް-އިންޑިޔާ

އިހުތިޖާޖު ކުރުމުގެ ގޮތުން އިންޑިއާ ގައި ހުންނަވާ ބަންގްލަދޭޝްގެ ސަފީރު އިންޑިއާ ގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފި

ބަންގްލަދޭޝްގައި ކުރިއަށް އޮތް އިންތިޚާބަށް ހަސީނާގެ ސަބަބުން ހުރަސް އެޅޭ ކަމަށް ބުނެ ބަންގްލަދޭޝް އިން ވެސް އިންޑިއާގެ ސަފީރު ހާޒިރުކޮށްފައިވޭ. ދެގައުމުގެ ގުޅުން ގޯސްވީ ޝެއިޚް ހަސީނާ އިންޑިއާއަށް ފިލައިގެން ދިއުމާ ގުޅިގެން.

ރާއްޖެ އެމްވީ | 18 ޑިސެމްބަރު 2025 | ބުރާސްފަތި 13:29
ބަންގްލަދޭޝްގައި ކުރިއަށް ދިޔަ މުޒާހަރާގެ ބައިވެރިން އިންޑިއާގެ ހައިކޮމިޝަން އާ ހަމަ އަށް ދިއުން ފުލުހުން ވަނީ ހުއްޓުވާފައި

ބަންގްލަދޭޝްގައި ކުރިއަށް ދިޔަ މުޒާހަރާގެ ބައިވެރިން އިންޑިއާގެ ހައިކޮމިޝަން އާ ހަމަ އަށް ދިއުން ފުލުހުން ވަނީ ހުއްޓުވާފައި

ބަންގްލަދޭޝް ގެ ޑާކާގައި ހުންނަ އިންޑިއާ ގެ ހައިކޮމިޝަން އަށް ނުރައްކާ ވަމުން ދާތީ، އެކަމާ އިހުތިޖާޖު ކުރުމުގެ ގޮތުން އިންޑިއާ ގައި ހުންނަވާ ބަންގްލަދޭޝްގެ ސަފީރު އިންޑިއާގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފި އެވެ.

ބުދަ ދުވަހު، ބަންގްލަދޭޝްގެ ސަފީރު ރިޔާޒް ހަމީދުﷲ ހާޒިރުކޮށް، ބައެއް "ހައްދުފަހަނަ އެޅި މީހުންގެ" އަމަލުތަކުގެ ސަބަބުން ހުރި ސަލާމަތީ ކަންބޮޑުވުންތައް ހިއްސާކުރި ކަމަށް އެ ވުޒާރާ އިން ބަޔާނެއްގައި ބުނެފައިވެއެވެ.

އިންޑިއާ ގެ ބަޔާނުގައި ވަނީ ބަންގްލަދޭޝް ގައި ހުންނަ އިންޑިއާގެ މިޝަންގެ ސަލާމަތާ ރައްކައުތެރިކަން ބަންގްލަދޭޝް ގެ ވަގުތީ ސަރުކާރުން ކަށަވަރު ކޮށްދޭނެ ކަމަށް އުއްމީދު ކުރާ ކަމުގައެވެ.

އިންޑިއާ އިން ބަންގްލަދޭޝް ގެ ސަފީރު ހާޒިރު ކުރީ ބަންގްލަދޭޝްގެ ބަޔަކު އިންޑިއާގެ ހައިކޮމިޝަން ކައިރި އަށް އެއްވެ، އިންޑިއާ ގައި ހުރި ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާ ބަންގްލަދޭޝް އަށް ފޮނުވާލުމަށް ގޮވާލާ މުޒާހަރާ ކުރުމާ ގުޅިގެންނެވެ. 

ހަސީނާ ގެ ވެރިކަން ވެއްޓެން މެދުވެރިވި ދަރިވަރުންގެ މުޒާހަރާތަކާ ގުޅިގެން އޭނާ ވަނީ ފިލައިގެން އިންޑިއާ އަށް ދަތުރު ކޮށްފަ އެވެ. އަދި މިހާރު އޭނާ ދިރިއުޅެމުން ގެންދަނީ އިންޑިއާ ގަ އެވެ.

އިންޑިއާ ގެ ކަންބޮޑުވުން ތަކަށް ބަންގްލަދޭޝް އިން އަދި ވަކި އެއްޗެއް ބުނެފަ އެއް ނުވެ އެވެ.

އަނެއްކޮޅުން މިދިޔަ އާދީއްތަ ދުވަހު، ބަންގްލަދޭޝުން ޑާކާގައި ހުންނަ އިންޑިއާ ގެ ސަފީރު ވަނީ އެ ގައުމުގެ ފޮރިން މިނިސްޓްރީ އަށް ހާޒިރު ކޮށްފައެވެ. އޭނާ ހާޒިރު ކުރީ އިންޑިއާ ގައި ހުރެގެން ކުރިއަށް އޮތް ބަންގްލަދޭޝް ގެ އާންމު އިންތިޚާބަށް ހުރަސް އެޅޭ ގޮތައް ދެއްކި ވާހަކަތަކަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށް ރިޕޯޓުތައް ބުނެއެވެ.

ބަންގްލަދޭޝް ގައި ފެބްރުއަރީ 12 ގައި އިންތިހާބު ބާއްވަން ހަމަޖެހިފައި ވަނީ، ހަސީނާ އޯގަސްޓް 2024 ގައި އިންޑިއާ އަށް ދިޔުމަށްފަހު އެ ގައުމުގެ ވެރިކަމާ ހަވާލުވި ނޮބެލް އިނާމް ލިބިފައިވާ މުހައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރުގެ ބެލުމުގެ ދަށުންނެވެ.

ބަންގްލަދޭޝް އިން ކުރި އިހުތިޖާޖު ބަލައި ނުގަންނަ ކަމަށް އިންޑިއާ އިން ވަނީ ބުނެފަ އެވެ.

ބޮޑު ހަމަނުޖެހުންތަކަކާ ގުޅިގެން އިންޑިއާ އަށް ހަސީނާ ދިޔުމަށްފަހު ދެގައުމުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ގޯސްވެފަ އެވެ. އޭނާ ހިންގި ކަމަށް ތުހުމަތު ކުރެވޭ ކުށްތަކުގެ ޝަރީއަތާ ކުރިމަތިލުމަށް ގައުމަށް ފޮނުވުމަށް ބަންގްލަދޭޝް އިން ވަނީ އިންޑިއާ ގައި އެދިފަ އެވެ.

ފާއިތުވި މަހު، ބަންގްލަދޭޝްގެ ކޯޓަކުން ހަސީނާގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވާފަ އެވެ. އޭނާ ގެ މައްޗަށް ސާބިތުވި ދައުވާ އަކީ މުޒާހަރާކުރާ މީހުންނާ ދެކޮޅަށް ފުރާނަ އަށް ނުރައްކާވާ ފަދަ ބާރުގެ ބޭނުން ކުރުމަށް ހުއްދަ ދިނުމެވެ. ހަސީނާގެ ވެރިކަން ވެއްޓުނު މުޒާހަރާ ތަކުގައި މަދުވެގެން 1،400 މީހުން މަރުވިއެވެ.

ބަންގްލަދޭޝް-އިންޑިޔާޝެއިހް ހަސީނާމުޙައްމަދު ޔޫނުސް

ކޮމެންޓް

އިތުރަށް ކިޔާލަން

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ

ވެރިކަމުން ވައްޓާލި ހަސީނާގެ ޕާޓީ އިން ގައުމު ހުއްޓުމަކަށް ގެނައުމަށް ގޮވާލުމާ އެކު ބަންގްލަދޭޝް ގައި އަނެއްކާ ވެސް ހަމަނުޖެހުންތައް ފެށިއްޖެ

14 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު