Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބަންގްލަދޭޝް

ބަންގްލަދޭޝް ގައި ހަމަ ނުޖެހުންތައް ފެށި 4 މީހުން މަރުވެ, އެތައް ބަޔަކު ޒަޚަމް ވެއްޖެ

ސަލާމަތީ ބާރުތަކާއި ވެރިކަމުން ވަކިކުރެވުނު ބޮޑުވަޒީރު ޝެއިޚް ހަސީނާ އަށް ތާއީދު ކުރާ ފަރާތްތަކާ ދެމެދު ހިނގި ހަމަނުޖެހުން ތަކާ ގުޅިގެން ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް ވަނީ އަޅާފައި

ރާއްޖެ އެމްވީ | 17 ޖުލައި 2025 | ބުރާސްފަތި 18:17
ބަންގްލަދޭޝްގެ ގޯޕާލްގަންޖްގައި ހިނގަމުންދާ ހަމަނުޖެހުންތައް މައިތިރި ކުރުމަށް ފޮނުވި ސަލާމަތީ ބާރުތަކުގެ ބައެއް އޮފިސަރުން އާމަރޑް ޕަރސަނަލް ކެރިއަރެއްގެ މަތީގައި - ޖުލައި، 16، 2025

ބަންގްލަދޭޝްގެ ގޯޕާލްގަންޖްގައި ހިނގަމުންދާ ހަމަނުޖެހުންތައް މައިތިރި ކުރުމަށް ފޮނުވި ސަލާމަތީ ބާރުތަކުގެ ބައެއް އޮފިސަރުން އާމަރޑް ޕަރސަނަލް ކެރިއަރެއްގެ މަތީގައި - ޖުލައި، 16، 2025

ބަންގްލަދޭޝް އިތުރު ހަމަނުޖެހުންތައް ހިނގާ 4 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމް ވެއްޖެ އެވެ.

ހަމަނުޖެހުންތަކާ ގުޅިގެން ބަންގްލަދޭޝްގެ ސަރުކާރުން ވަނީ އިތުރު ސިޔާސީ ހަމަނުޖެހުންތައް ތަކުރާރުވިޔަ ނުދިނުމަށް ހަރުކަށި ސަލާމަތީ ފިޔަވަޅުތަކެއް އަޅާފައެވެ.

މި ފިޔަވަޅުތައް އެޅީ ސަލާމަތީ ބާރުތަކާއި ވެރިކަމުން ވަކިކުރެވުނު ބޮޑުވަޒީރު ޝެއިޚް ހަސީނާ އަށް ތާއީދު ކުރާ ފަރާތްތަކާ ދެމެދު ހިނގި ހަމަނުޖެހުން ތަކެއްގައި 4 މީހުން މަރުވެ، 50 އަށްވުރެ ގިނަ މީހުން ޒަޚަމްވުމާ އެކުގައެވެ.

ލޯކަލް މީޑިއާތަކުން ރިޕޯޓު ކުރި ގޮތުގައި، ބުރާސްފަތި ދުވަހު ފަރިދްޕޫރުގައި ނޭޝަނަލް ސިޓިޒަން ޕާޓީ (އެންސީޕީ) އިން ބާއްވަން ރާވާފައިވާ ރެލީއެއް އޮންނަ ސަރަހައްދަށް އެތައް ސަތޭކަ ފުލުހުން ވަނީ ފޮނުވާފައެވެ.

އެންސީޕީ އަކީ ފާއިތުވި އަހަރު ދިގު މުއްދަތެއްގައި ވެރިކަން ކުރެއްވި ހަސީނާ ވައްޓާލުމަށް މަގުފަހިކުރި ހަމަނުޖެހުންތަކުގައި އިސްކޮށް ހަރަކާތްތެރިވި ދަރިވަރުން އުފެއްދި އައު ސިޔާސީ ޕާޓީއެކެވެ.

މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނަނީ ފުލުހުން ގިނަ އަދަދަކަށް ފޮނުވުމުން ދައްކުވައި ދެނީ ހަސީނާ ވެރިކަމުން ވައްޓާލި ބޮޑެތި މުޒާހަރާތަކުގެ ފަހުން ގާތްގަނޑަކަށް އެއް އަހަރު ފާއިތު ވެގެން ދިޔައިރު ވެސް އެ ގައުމުގައި ސިޔާސީ ހަލަބޮލިކަން ދެމި އޮތް ކަމެވެ.

ބުދަ ދުވަހު، ހަސީނާގެ އުފަން އަދި އޭނާގެ ތާއީދު ބޮޑު ސަރަހައްދެއް ކަމަށްވާ ގޯޕާލްގަންޖް ޑިސްޓްރިކްޓްގައި ބޭއްވުނު އެންސީޕީގެ ރެލީ އެއް ހުއްޓުވަން އަވާމީ ލީގު ޕާޓީ އަށް ތާއީދު ކުރާ ފަރާތްތަކުން މަސައްކަތް ކުރުމުން ހަމަނުޖެހުން ހިނގައިގެން ދިޔައެވެ.

ލޯކަލް މީޑިއާތަކުން ފުލުހުންނާ ހަވާލާދީ ރިޕޯޓުކުރި ގޮތުގައި މި ހަމަނުޖެހުމުގައި 4 މީހުން މަރުވެ، 50 އަށް ވުރެ ގިނަ މީހުން ޒަޚަމް ވިއެވެ.

ގޯޕާލްގަންޖުން ފެނުނު މަންޒަރުތަކުގައި، ހަސީނާ އަށް ތާއީދު ކުރާ ފަރާތްތަކުން ލަޓިބުރިތައް ހިފައިގެން ފުލުހުންނަށް ހަމަލާދީ، އެންސީޕީގެ ލީޑަރުން "މާރޗް ޓު ރީބިލްޑް ދަ ނޭޝަން" އިވެންޓަށް ވެހިކަލްތަކުގައި އައުމުން އުޅަނދުތަކުގައި އަލިފާން ރޯކުރަމުންދާ މަންޒަރު ފެނުނެވެ. މި އިވެންޓަކީ ހަސީނާ އާ ދެކޮޅަށް ހިންގުނު މުޒާހަރާ ތަކުގެ ހަނދާނުގައި ބޭއްވުނު އިވެންޓެކެވެ.

ޑާކާ ޓްރިބިއުން އިން ފުލުހުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި ހަމަނުޖެހުންތަކަށް ކުރިމަތިލުމަށް 1,500 އަށްވުރެ ގިނަ ފުލުހުންނާއި، ސިފައިންނާއި ބޯޑަރ ގާޑުން ފޮނުވާފައިވެއެވެ. ސަލާމަތީ ބާރުތަކުން ހަމަނުޖެހުމަށް އިޖާބަ ދެމުން ދިޔަ އިރު، ހަތިޔާރު އެޅި އުޅަނދުތައް މަގުމަތީގައި ދުއްވަމުންދާ މަންޒަރު ފެނުނެވެ.

އިނގިރޭސި ބަހުން ނެރޭ ޑެއިލީ ސްޓާރ އިން ބުނެފައިވަނީ ވަޒަން އެރި 8 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ޖެހުނު ކަމަށެވެ.

ލޯކަލް މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، ހޯމް އެފެއާޒްގެ އެޑްވައިޒަރ ޖަހާންގީރ އާލަމް ޗައުދުރީ ވިދާޅުވެފައި ވަނީ، މި ހަމަނުޖެހުމުގައި 10 ފުލުހުން ޒަޚަމްވެފައިވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ ހަމަނުޖެހުމާ ގުޅިގެން 25 މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

ޑާކާ ޓްރިބިއުން އިން ރިޕޯޓުކުރި ގޮތުގައި، ބުރާސްފަތި ދުވަހު ގޯޕާލްގަންޖުގެ މަގުތައް ވަނީ ހިމޭންވެފައެވެ. ފިހާރަތައް ބަންދުކޮށް، މަދު އަދަދެއްގެ އުޅަނދުތައް މެނުވީ މަގުމަތިން ނުފެނުއެވެ. މިއީ ހަމަނުޖެހުންތައް މައިތިރި ކުރުމުގެ ގޮތުން އެ ޑިސްޓްރިކްޓްގައި ކަރފިއު އަމުރެއް ނެރުމާ ގުޅިގެންނެވެ.

ބުދަ ދުވަހު ހިނގި ހަމަނުޖެހުމާ ގުޅިގެން ފާއިތުވި އަހަރުގެ އޯގަސްޓް މަހު ހަސީނާ ވައްޓާލުމަށްފަހު ޤައުމު ހިންގަމުންދާ މުޙައްމަދު ޔޫނުސްގެ ވަގުތީ ސަރުކާރުން ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެފައިވެއެވެ.

ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ޔޫނުސް ވިދާޅުވީ، ހަސީނާ އަށް ތާއީދުކުރާ ފަރާތްތަކުން އެންސީޕީގެ ރެލީ ހުއްޓުވަން މަސައްކަތް ކުރުމަކީ "އެ ފަރާތްތަކުގެ އަސާސީ ޙައްޤުތަކަށް ލަދެއްނެތި އަރައިގަތުން" ކަމަށެވެ. އަދި މި ހަމަނުޖެހުން "އަދަބު ނުދީ ދޫކޮށް ނުލާނެ" ކަމަށް ވިދާޅުވެ އިންޒާރު ދެއްވާފައިވެއެވެ.

ސަރުކާރުން ބުރާސްފަތި ދުވަހު ބުނެފައި ވަނީ ހަމަނުޖެހުންތައް ތަޙުޤީޤު ކުރުމަށް ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ. މި ކޮމިޓީން، ދެ ހަފްތާގެ ތެރޭގައި ހޯދުންތައް ރިޕޯޓުކުރާނެ ކަމަށް ބުނެފައިވެއެވެ.

ބައިބައިވެފައިވާ ބަންގްލާދޭޝް ގައި ސަލާމަތްތެރިކަން ޤާއިމުކުރުމަށް ނުކުޅެދުމުގެ ސަބަބުން ޔޫނުސްގެ ސަރުކާރަށް ފާޑުކިޔުންތައް އަމާޒު ވަމުންދެއެވެ.

މޭ މަހު ސަރުކާރުން މަނާ ކުރި ހަސީނާގެ އަވާމީ ލީގު ޕާޓީން ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސް ގައި ގައުމުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ ގޮތުން އެތައް ބަޔާނެއް ނެރެފައިވެއެވެ. އޭގެ ތެރޭގައި ވަޒަން އެރި މީހުންނާއި މަރުވި ހުރިހާ މީހުންނަކީ އެ ޕާޓީ އަށް ތާއީދުކުރާ ފަރާތްތައް ކަމަށް ބުނެފައިވާ ބަޔާނެއްވެސް ހިމެނެއެވެ. އެ ޕާޓީން މަރުތަކާއި ޒަޚަމްތަކުގެ ޒިންމާ އުފުލަން ޖެހޭނީ ވަގުތީ ސަރުކާރުން ކަމަށް ބުނެފައިވެއެވެ.

ބަންގްލަދޭޝްގެ ސިޔާސީ މަސްރަޙުގައި އާންމު ކޮށް އިސްކޮށް އޮންނަ ދެ ޕާޓީގެ ތެރެއިން އެއް ޕާޓީ ކަމަށްވާ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ވެސް ބުރާސްފަތި ދުވަހުގެ ހަމަނުޖެހުމާ ގުޅިގެން ސަރުކާރަށް ފާޑުކިޔާފައިވެއެވެ. އެ ޕާޓީން ބުނެފައި ވަނީ ސަރުކާރުން ޤާނޫނާއި ނިޒާމު ދެމެހެއްޓުމަށް ނުކުޅެދިފައިވާ ކަމަށެވެ.

މި މަހުގެ ކުރީކޮޅު، ބަންގްލަދޭޝްގެ އިންޓަރނޭޝަނަލް ކްރައިމްސް ޓްރައިބިއުނަލް އިން ހަސީނާ އާއި އިސް ދެ އޮފިޝަލަކާ ދެކޮޅަށް އިންސާނިއްޔަތާ ދެކޮޅު ކުށްތަކުގެ ދަޢުވާ އުފުލާފައިވެއެވެ.

މި ދަޢުވާތައް ގުޅިފައި ވަނީ އޭނާގެ ވެރިކަމާ ދެކޮޅަށް މުޒާހަރާ ކުރި ފަރާތްތަކަށް ފުރާނަ އަށް ނުރައްކާވާ ފަދަ ހަމަލާދިނުމާ ގުޅޭ ގޮތުންނެވެ.

މީގެ ކުރިން އެހެން ޙުކުމެއްގައި، އިންޑިއާ ގައި އަމިއްލަ އަށް އަރުވާލެވިގެން އުޅުއްވަމުންދާ ހަސީނާ އަށް ކޯޓަށް ނުކިޔަމަންތެރިވުމުގެ ކުށުގައި އޭނާގެ ޣައިރު ހާޒިރުގައި 6 މަސްދުވަހުގެ ޖަލު ޙުކުމެއް ކޮށްފައިވެއެވެ.

ޝެއިހް ހަސީނާބަންގްލަދޭޝްނޭޝަނަލް ސިޓިޒަން ޕާޓީއަވާމީ ލީގު ޕާޓީމުޙައްމަދު ޔޫނުސްބަންގްލަދޭޝްގައި ދަރިވަރުން މުޒާހަރާ ކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު