Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ބަންގްލަދޭޝް

ބަންގްލަދޭޝްގެ ކުރީގެ ލީޑަރު ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދިނުމަށް އެދިއްޖެ

ޗީފް ޕްރޮސެކިއުޓަރު ތާޖުލް އިސްލާމް ކޯޓުގައި ބުނެފައި ވަނީ ހަސީނާ އަށް 1,400 ފަހަރު މަރުގެ އަދަބު ދިނުމަށް އޭނާ އެދޭ ކަމަށް.

ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2025 | ހުކުރު 09:12
ޖުލައި 28، 2025 ގައި ނަގާފައިވާ މި ފޮޓޯގައި ބަންގްލަދޭޝްގެ ވެރިކަމުން ދުރުކުރި ބޮޑުވަޒީރު ޝެއިޚް ހަސީނާ އާއި ގުޅޭ ފޮޓޯތަކާއި ކާޓޫންތައް އޭނާގެ ކުރީގެ ރަސްމީ ގެކޮޅުގެ ތެރޭގައި ހުރި ބޯޑެއްގައި ޕޭސްޓްކޮށްފައިވާތަން ފެނެއެވެ .

ބަންގްލަދޭޝްގެ ކުރީގެ ލީޑަރު ޝެއިޚް ހަސީނާ އަށް މަރުގެ އަދަބު ދިނުމަށް ޕްރޮސެކިއުޓަރުން އެދިއްޖެ އެވެ.

މިދިޔަ އަހަރު ހަސީނާ ވެރިކަމުން ވެއްޓެން ދިމާވި ބަންގްލަދޭޝްގެ ދަރިވަރުން އިސްނަގައިގެން ހިންގި އިހުތިޖާޖުތައް ހުއްޓުވަން އެޅި ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން އެތައް ބަޔަކު މަރުވުމާ ގުޅިގެން އޭނާގެ މައްޗަށް ހިނގަމުންދާ ޝަރީއަތުގައި ޕްރޮސެކިއުޓަރުން އެދޭ ގޮތް ހާމަ ކުރަމުން ޗީފް ޕްރޮސެކިއުޓަރ ބުނެފައިވަނީ އެނާގެ މައްޗަށް މަރުގެ ހުކުމް ކަނޑައެޅުމަށް އެދޭ ކަމުގައެވެ.

އިންޑިއާ އަށް ފިލައިގެން ދިޔަ ހަސީނާ އަކީ އިންސާނިއްޔަތާ ޚިލާފު ކުށްތަކުގެ ތުހުމަތުގައި ޝަރީޢަތް ހިނގަމުންދާ މީހެކެވެ. ލީކްވެފައިވާ އޯޑިއޯ ކްލިޕެއްގައިވާ ގޮތުން، އޭނާ ވަނީ ސެކިއުރިޓީ ބާރުތަކަށް އިހުތިޖާޖުކުރާ މީހުންނާ ދެކޮޅަށް "ފުރާނަ އަށް ނުރައްކާވާ" ހަތިޔާރު ބޭނުން ކުރުމަށް އަމުރުކޮށްފައެވެ. ހަސީނާ މި ދަޢުވާތައް ދޮގުކުރެއެވެ.

ހަސީނާގެ 15 އަހަރުގެ ވެރިކަން ނިމުމަކަށް ގެނައި ހަމަނުޖެހުންތަކުގައި 1,400 އަށް ވުރެ ގިނަ މީހުން މަރުވިއެވެ. މިއީ ބަންގްލަދޭޝްގެ 1971 ގެ މިނިވަންކަމުގެ ހަނގުރާމައަށް ފަހު އެ ޤައުމުގައި ފެނިފައިވާ އެންމެ ނުރައްކާތެރި ހާދިސާ އެވެ.

ޗީފް ޕްރޮސެކިއުޓަރު ތާޖުލް އިސްލާމް ބުނެފައިވަނީ ހަސީނާ އަށް 1,400 ފަހަރު މަރުގެ އަދަބު ދިނުމަށް އޭނާ އެދޭ ކަމަށެވެ. "އެއީ އިންސާނެއްގެ މައްޗަށް ތަންފީޒު ކުރެވޭނެ އަދަބަކަށް ނުވާތީ، އަޅުގަނޑުމެން އެދެނީ މަދުވެގެން އެއް ފަހަރު [މަރުގެ އަދަބު ދިނުމަށް]،" އޭނާ ބުންޏެވެ.

"[ހަސީނާގެ] މަޤްޞަދަކީ އޭނާ އާއި އޭނާގެ އާއިލާ އަށް ތާއަބަދަށް ވެރިކަން ދެމެހެއްޓުން،" އިސްލާމް ބުރާސްފަތި ދުވަހު ކޯޓުގައި ބުންޏެވެ.

"އޭނާ ވަނީ ކުށްވެރިއަކަށް ބަދަލުވެފައި އަދި އޭނާ ހިންގި އަނިޔާވެރިކަމަށް އެއްވެސް ހިތާމައެއް ނުކުރޭ،" އޭނާ ބުންޏެވެ.

ޖުލައި 2024 ގައި މި އިހުތިޖާޖުތައް ފެށުނީ 1971 ގެ ހަނގުރާމާގައި ބައިވެރިވި މީހުންގެ ގާތްތިމާގެ މީހުންނަށް ސިވިލް ސަރވިސްގެ ވަޒީފާތަކަށް ކަނޑައަޅާފައި އޮންނަ ކޯޓާ ދިނުމާ ދެކޮޅަށެވެ. ނަމަވެސް އެ އިހުތިޖާޖުތައް އިސާހިތަކު ބަދަލުވެގެން ދިޔައީ ހަސީނާ ވައްޓާލުމުގެ ބޮޑު ހަރަކާތަކަށެވެ.

އެންމެ ލޭއޮހޮރުވުން ބޮޑު މަންޒަރުތައް ފެނުނީ 5 އޯގަސްޓުގައެވެ. އެއީ ހަސީނާ ހެލިކޮޕްޓަރުގައި ފިލައިގެން ދިޔަ ދުވަހެވެ. އޭގެ ފަހުން ޑާކާގައި ހުރި އޭނާގެ ގެއަށް މީހުން އަރައިގަތެވެ.

އެ ދުވަހު ޑާކާގައި މަދުވެގެން 52 މީހުންން ފުލުހުންގެ ހަމަލާތަކުގައި މަރުވިއެވެ. މިއީ ބަންގްލަދޭޝްގެ ތާރީޚުގައި ފުލުހުންގެ އެންމެ އަނިޔާވެރި ޢަމަލުތަކުގެ ތެރެއިން އެއް ޢަމަލެވެ.

ހަސީނާގެ ފަރާތުން ދިފާޢީ ވަކީލު ބުނާ ގޮތުގައި އިހުތިޖާޖުކުރި މީހުންގެ އަނިޔާވެރި ޢަމަލުތަކުގެ ސަބަބުން ބަޑި ޖަހަން ފުލުހުންނަށް މަޖުބޫރުވީއެވެ.

ހަސީނާގެ އިތުރުން އޭނާގެ ކުރީގެ ދާޚިލީ ވަޒީރު އަސަދުއްޒަމާން ޚާން ކަމާލް އަދި ކުރީގެ ފުލުސް އޮފީހުގެ އިސްވެރިޔާ ޗައުދުރީ އަބްދުﷲ އަލް-މަމޫން ގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ.

ޕްރޮސެކިއުޓަރުން ވަނީ ފިލައިގެން އުޅޭ ކަމާލް އަށް ވެސް މަރުގެ އަދަބު ދިނުމަށް އެދިފައެވެ. ޗައުދުރީ ވަނީ ޖުލައި މަހު ކުށަށް އިޢުތިރާފުވެފައެވެ. ނަމަވެސް އޭނާއަށް އަދި ޙުކުމެއް އިއްވާފައެއް ނުވެއެވެ.

ހަސީނާ އަށް ވަނީ ކުރިން ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި 6 މަސްދުވަހުގެ ޖަލު ޙުކުމެއް އިއްވާފައެވެ. އަދި އޭނާގެ މައްޗަށް ވަކިން ކޮރަޕްޝަންގެ ދަޢުވާތަކެއްވެސް އުފުލިފައިވެއެވެ.

ބަންގްލަދޭޝްގެ ދެން އޮތް އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައި ވަނީ ފެބްރުއަރީ މަހުގައެވެ. މި އިންތިޚާބުގައި ހަސީނާގެ ވާދަވެރި ޕާޓީ ބީ.އެން.ޕީ އިން ބޮޑު ކާމިޔާބެއް ހޯދާނެ ކަމަށް ބެލެވެއެވެ. ހަސީނާގެ ޕާޓީ އަވާމީ ލީގަށް ވަނީ އިންތިޚާބުގައި ބައިވެރިވުމާއި ސިޔާސީ ހަރަކާތް ހިންގުން މަނާ ކޮށްފައެވެ.

ޝެއިހް ހަސީނާބަންގްލަދޭޝްއަވާމީ ލީގުބީއެންޕީބީބަންގްލަދޭޝް-އިންޑިޔާ

ކޮމެންޓް

އިތުރަށް ކިޔާލަން

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

1 ފެބުރުއަރީ
ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުއިކް އެމްވީ ޓެކްސީ އެޕްލިކޭޝަނުން، ޓެކްސީ ދަތުރުތަކަށް އިތުރު ލުއިފަސޭހަކަން!

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!
20242 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި، ކާރެއް ކޮންޓްރޯލްނުވެ ގޮސް އެރީ ސޯލާ ޕެނަލްތަކުގެ ދަގަނޑުތަކަށް، ގެއްލުން ބޮޑު!

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި
20233 އަހަރު ކުރިން
ރާއްޖެ

ރައީސާ ދެކޮޅަށް ލޭއޮހޮރުވުމަކަށް ދާން ގޮވާލި މައްސަލަ ފުލުހުން ބަލަން ފަށައިފި

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް
20224 އަހަރު ކުރިން
ރިޕޯޓު

ފަރާ: ކުޅި، ފާ އަދި ޗަސްބިންތަކަށް އާދަޔާޚިލާފު ލޯތްބެއް

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!
20215 އަހަރު ކުރިން
ރިޕޯޓު

އިދިކޮޅުގެ ސިޔާސީ ގޭމް މިފަހަރު ގޮވީ އަތަށް!

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!
20197 އަހަރު ކުރިން
ރިޕޯޓު

ރާޑަރު ބަހައްޓާ ވާހަކަ ދެއްކީ މި ސަރުކާރަކުން ނޫން!

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!
20188 އަހަރު ކުރިން
ރާއްޖެ

ފުލުހުންތަކެއް މުޒާހަރާގެ ބައިވެރިނާ ގުޅިގެން، އަޑުއުފުލާ މަންޒަރު ފެންނަ ވީޑިއޯއެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު