Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު ހައްޔަރުކުރުން

ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު އަލަމްގިރު ހައްޔަރުކޮށްފި

15 އަހަރު ވަންދެން ވެރިކަމުގައި ހުންނެވި ހަސީނާގެ ފުށުން ފެންނަނީ މަގާމުގައި ދެމިތިހުރުމަށް ވާދަވެރިން އިނދަޖައްސާލަން އަޒުމް ކަނޑައަޅުއްވާފައިވާ މަންޒަރު

އަހްމަދު ދާއޫދު
އަހްމަދު ދާއޫދު | 29 އޮކްޓޯބަރު 2023 | އާދީއްތަ 08:46
ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މިރްޒާ ފަޚުރުލް އިސްލާމް އަލަމްގިރު

ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް މިރްޒާ ފަޚުރުލް އިސްލާމް އަލަމްގިރު

ބަންގްލަދޭޝްގެ އިދިކޮޅު ލީޑަރު މުޒާހަރާގެ ތެރެއިން ފުލުހުން ހައްޔަރުކޮށްފިއެވެ.

އަންނަ އަހަރުގެ ކުރީކޮޅު ބަންގްލަދޭޝްގެ ގައުމީ އިންތިހާބަށް ތައްޔާރުވަމުން އަންނައިރު އެ ގައުމުގައި ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ. އިދިކޮޅު ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ގެ ސެކްރެޓަރީ ޖެނެރަލް މިރްޒާ ފަޚުރުލް އިސްލާމް އަލަމްގިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މީގެ އެއް ދުވަސް ކުރިން ޑާކާގައި ސަރުކާރާ ދެކޮޅަށް ކުރި ބޮޑު މުޒާހަރާތަކާ ގުޅިގެންނެވެ.

އަލަމްގިރު ގެންދިޔައީ ހޮނިހިރު ދުވަހު ބޭއްވި އެއްވުމުގައި ހިނގި ހަމަނުޖެހުންތަކުގައި ފުލުހަކާއި މުޒާހަރާގައި ބައިވެރިވި އެކަކު މަރުވި މައްސަލަތަކާ ގުޅޭ ސުވާލުތަކަކަށް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. އޭނާ ބަންދުކޮށްފައި މިވަނީ ކުރިއަށް އޮތް އިންތިޚާބުގެ ކުރިން ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ސަރުކާރުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ފިޔަވަޅު އަޅަމުންދާ ދަނޑިވަޅެއްގައެވެ.

ބީއެންޕީން ވަނީ ހަސީނާ މީގެ ކުރިން ބޭއްވި އިންތިހާބުތައް އޮޅުވާލާފައިވާ ކަމަށް ތުހުމަތުކޮށް މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދައިދިނުމަށް ހަސީނާ އިސްތިއުފާ ދެއްވުމަށް ގޮވާލާފަ އެވެ. ހޮނިހިރު ދުވަހު ބޭއްވި މުޒާހަރާގައި އިދިކޮޅު އެއް ލައްކައަށް ވުރެ ގިނަ ސަޕޯޓަރުން ބައިވެރިވި އިރު، މިއީ މި އަހަރުގެ މިހާތަނަށް އެގައުމުގައި ބޭއްވި އެންމެ ބޮޑު މުޒާހަރާ އެވެ.

ހަމަނުޖެހުންތައް ހިނގަން މެދުވެރިވީ ފުލުހުން ގަދަކަމުން ނުފޫޒު ފޯރުވައި ކަރުނަ ގޭހާއި ރަބަރު ބުލެޓް ޖެހުމުންނެވެ. ބީއެންޕީން ބުނީ ކަމާބެހޭ ފަރާތްތަކުން ހަމަލާ ދެންދެން އެއްވުން ސުލްހަވެރިކޮށް ދިޔަ ކަމަށެވެ. ނަމަވެސް ސަރުކާރުން އެކަން ދޮގުކުރެއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ވަނީ ހަސީނާގެ އިސްތިއުމާރީ ޓެކްޓިކްސްއާ މެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އިދިކޮޅު އިސް ބޭފުޅުން ހައްޔަރުކުރުމާ އެކު ބީއެންޕީން ވަނީ މުޒާހަރާގެ ހަޅުތާލުތަކައް ވަރުގަދަ ކުރުމަށް ގޮވާލައިފަ އެވެ.

މި ނުތަނަވަސްކަމުގެ ސަބަބުން އިންތިޚާބުގެ ދުވަސްވަރު ބަންގްލަދޭޝް އިތުރަށް ހަލަބޮލިކަމުގެ ތެރެއަށް ވެއްޓިދާނެ ކަމުގެ ބިރު އެބައޮތެވެ. ނަމަވެސް އިގްތިސާދީ ކުރިއެރުން ބެލެހެއްޓުމުގައި 15 އަހަރު ވަންދެން ވެރިކަމުގައި ހުންނެވި ހަސީނާގެ ފުށުން ފެންނަނީ މަގާމުގައި ދެމިތިހުރުމަށް ވާދަވެރިން އިނދަ ޖައްސާލަން އަޒުމް ކަނޑައަޅުއްވާފައިވާ މަންޒަރެވެ.

ބަންގްލަދޭޝްޝެއިހް ހަސީނާ

އިތުރަށް ކިޔާލަން

05 ޑިސެމްބަރު 2025

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
30 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ
21 ނޮވެމްބަރު 2025

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ
17 ނޮވެމްބަރު 2025

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު