Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޝޭޚް ހަސީނާ

ހަސީނާގެ އިސްތިއުފާ ސިޓީ ގެއްލި ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުގެ ސައްހަ ކަމާމެދު ސުވާލު އުފެދިއްޖެ

އިސްތިއުފާގެ ސިޓީއެއް ނެތުމުން، ޔޫނުސް ބާރުތައް ހޯއްދަވާފައިވަނީ ޤާނޫނު އަސާސީގެ ބޭރުން ކަމަށް ދެކެވެއެވެ. މިކަމުން އާ ސަރުކާރަށް ހިޔަނި އެޅި ގާނޫނީ ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. ހައްލުނުވާ މި މައްސަލައިގެ ސަބަބުން މަގާމުގައި ހުންނެވި ރައީސްގެ ދައުރު އިތުރަށް މުހިންމުވެފައިވާއިރު، ހަސީނާ އިސްތިއުފާ ދެއްވިކަން ކަނޑައެޅިގެން ޔަގީންކޮށްދެއްވުމަށް ޝަހާބުއްދީން އިންކާރު ކުރެއްވުމުން މައްސަލަ އިތުރަށް ވަނީ ގޯސްވާގޮތް ވެފައެވެ.

ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2024 | އާދީއްތަ 11:30
ޝޭޚް ހަސީނާ ގައުމުން ފިއްލަވައިގެން ވަޑައިގަތް ދުވަހު މުޒާހަރާ ކުރި މީހުން ވަނީ މަގުތަަކަށް ނުކުމެ އުފާފާޅު ކޮށްފައި

ޝޭޚް ހަސީނާ ގައުމުން ފިއްލަވައިގެން ވަޑައިގަތް ދުވަހު މުޒާހަރާ ކުރި މީހުން ވަނީ މަގުތަަކަށް ނުކުމެ އުފާފާޅު ކޮށްފައި

ބަންގްލަދޭޝްގެ ރައީސް މުޙައްމަދު ޝަހާބުއްދީން މަޤާމުން ވަކިކުރުމަށް ވަގުތީ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ގޮވަމުންދާއިރު މުޙައްމަދު ޔޫނުސް އިސްވެހުންނަވައިގެން ބަންގްލަދޭޝްގައި ހިންގަވާ ވަގުތީ ސަރުކާރު ވަނީ ވަރަށް ނާޒުކު ހާލަތެއްގައެވެ. ޤާނޫނު އަސާސީގެ ބޭރުން އުފެދުނު ކަމަށް ބެލެވޭ ވަގުތީ ސަރުކާރެއްގައި ކިރިޔާވެސް ޖެހިފައިވާ ޤާނޫނީ ސިފަ އަކީ މިހާރު މަގާމުގައި ހުންނެވި އެ ގައުމުގެ ރައީސް، ޝަހާބުއްދީން އަދާ ކުރައްވާ ދައުރު ކަމަށްވުމާއެކު، ޔޫނުސްގެ ސަރުކާރުގެ ގާނޫނީ ސިފަ ކިރިޔާވެސް ދެމެހެއްޓުމަށް ރައީސް ޝަހާބުއްދީން މަގާމުގައި ދެމިހުންނެވުން ވަނީ ވަރަށް މުހިންމުވެފައެވެ. އެހެން ނަމަވެސް ޔޫނުސްގެ ވަގުތީ ސަރުކާރަށް ތާއީދު ކުރާ މީހުންގެ ނަޒަރުގައި ރައީސް ޝަހާބުއްދީން އަކީ ވަގުތީ ސަރުކާރަށް އޮތް ނުރައްކަލެކެވެ. ގޮންޖެހުމެކެވެ.

ބަންގްލަދޭޝްގައި އެތައް ދުވަހެއް ވަންދެން ކުރިއަށް ދިޔަ ހޫނުގަދަ މުޒާހަރާތައް ހުއްޓުވުމަށް ނުކުޅެދުމަށްފަހު، އޯގަސްޓު 5 ވަނަ ދުވަހު ކުއްލި ގޮތަކަށް ފިއްލަވައިގެން އިންޑިއާއަށް ފުރާވަޑައިގަތުމުން މުޒާހަރާކުރާ ފަރާތްތަކާއި އިދިކޮޅު ޕާޓީތަކަށް ފެނިގެންދިޔައީ ބޮޑުވަޒީރު ޝެއިޚް ހަސީނާ އިސްތިއުފާ ދެއްވީ ކަމުގައެވެ. އަދި އެއީ ރައްޔިތުންގެ އިހުތިޖާޖަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައެވެ.

ނަމަވެސް، ގައުމު ދޫކުރައްވާ ހަސީނާ ވަޑައިގަތުމުން އުފެދުނު ބާރުގެ ހުސްކަން ފޫބައްދަން، ކުއްލި ގޮތަކަށް ވެރިކަމާ ހަވާލުވި ވަގުތީ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާމެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ. ނޯބަލް އިނާމު ހާސިލު ކުރައްވާފައިވާ ވަގުތީ ސަރުކާރުގެ ވެރިޔާ މުޙައްމަދު ޔޫނުސް ގެ ސަރުކާރަކީ ބައެއް ފަރާތްތަކުން ދެކޭ ގޮތުން ގާނޫނު އަސާސީން ބޭރުން އުފެދިފައިވާ ސަރުކާރެކެވެ.

މި ނުތަނަވަސްކަން އައު ސަރުކާރަށް ކުރިމަތިމިވީ، ވެރިކަމުގައި ހުންނެވި ހަސީނާ ރަސްމީކޮށް އިސްތިއުފާ ދެއްވި ސިޓީ ނެތުމުގެ މައްސަލަ ފެންމަތިވި ހިސާބުންނެވެ. އެއާއެކު ހަސީނާ އަށް ތާއީދުކުރާ ފަރާތްތަކުން ބުނަމުން ދަނީ އޭނާ ރަސްމީކޮށް ބޮޑުވަޒީރުކަމުގެ މަޤާމު ދޫކޮށްލައްވާފައި ނުވާ ކަމަށެވެ.

އިސްތިއުފާގެ ސިޓީއެއް ނެތުމުން، ޔޫނުސް ބާރުތައް ހޯއްދަވާފައިވަނީ ޤާނޫނު އަސާސީގެ ބޭރުން ކަމަށް ދެކެވެއެވެ. މިކަމުން އާ ސަރުކާރަށް ހިޔަނި އެޅި ގާނޫނީ ގޮންޖެހުންތައް ވަނީ ކުރިމަތިވެފައެވެ. ހައްލުނުވާ މި މައްސަލައިގެ ސަބަބުން މަގާމުގައި ހުންނެވި ރައީސްގެ ދައުރު އިތުރަށް މުހިންމުވެފައިވާއިރު، ހަސީނާ އިސްތިއުފާ ދެއްވިކަން ކަނޑައެޅިގެން ޔަގީންކޮށްދެއްވުމަށް ޝަހާބުއްދީން އިންކާރު ކުރެއްވުމުން މައްސަލަ އިތުރަށް ވަނީ ގޯސްވާގޮތް ވެފައެވެ.

މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ބަންގްލަދޭޝްގެ ރައީސަކީ، ހަސީނާގެ ވެރިކަން ވައްޓާލައިގެން މުޒާހަރާގެ އިސް ސަފުގައި ތިބި މީހުން ހާސިލުކުރި ކަމަށް ގަބޫލުކުރާ އިންގިލާބީ ބަދަލަށް އޮތް ވަރަށް ބޮޑު ހުރަހެކެވެ. އެމީހުން ބުނާ ގޮތުގައި ޝަހާބުއްދީން އާ ސަރުކާރަށް ފުރިހަމައަށް ތާއީދު ނުކުރެއްވުން ދައްކުވައިދެނީ އޭނާ ގައުމުގައި ކުރިން އޮތް ވެރިކަމާ އެއްކޮޅަށް ހުންނެވުމެވެ. އަދި ރައީސް މަގާމުގައި ހުންނެވުމުގެ ސަބަބުން ހަސީނާ އަނބުރި ވަޑައިގަތުމަށް މަގުފަހިވެދާނެ ކަމުގެ ބިރު އެމީހުންގެ ހިތުގައިވަނީ އުފެދިފައެވެ. އެހެންކަމުން، ޝަހާބުއްދީން މަގާމުން ވަކިކުރުމަށް އެމީހުން ބޭނުންވެއެވެ. އަދި އެއާއެކު އެއްބައިވަންތަ ސަރުކާރަކަށް މަގުފަހިވާނެ ކަމަށްވެސް އެފަރާތްތަކުން ދެކެއެވެ.

މިހެން މިކަން އޮތް ނަމަވެސް، ބަންގްލަދޭޝްގެ ސިޔާސީ ފަރާތްތަކުން، ޝަހާބުއްދީން މަގާމުން ވަކި ކުރުމަށް އަދި ތިބީ އާނބަސް ބުނާގޮތަކަށް ނޫނެވެ. ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ (ބީއެންޕީ) އަދި އެހެނިހެން އިދިކޮޅު ގްރޫޕްތައް، ހަސީނާ އަށް ތާއީދު ނުކުރި ނަމަވެސް، ސާފު ގާނޫނީ މެންޑޭޓެއް ނެތި ރައީސް ވަކިކުރުމާމެދު ކަންބޮޑުވެއެވެ.

އެމީހުން ބުނާ ގޮތުގައި ޝަހާބުއްދީން ވަކިކުރުމުން ގައުމުގެ ޑިމޮކްރެޓިކް ފޭރާން ހަލާކުވެ، ގައުމު ހިންގުމުގައި  ޚުދުމުޚުތާރު ސިފަތައް ޖެހުމުގެ ރިސްކު އެބައޮތެވެ. ހިތުހުރިގޮތަކަށް ވަކިކުރުމުގެ މާނައަކީ ޑިމޮކްރަސީއެއް ހިންގުމަށް ބޭނުންވާ ޗެކް އެންޑް ބެލެންސް ބައިޕާސްކުރުން ކަމަށް އެފަރާތްތަކުން ދެކެއެވެ. މިއީ ބަންގްލަދޭޝްގެ މުސްތަގުބަލަށް ނުރައްކާވެދާނެ ކަމެއްގެ ގޮތުގައި ސިޔާސީ ލީޑަރުން ދެކެއެވެ.

އަނެއްކޮޅުން ސަރުކާރުގެ ތެރޭގައި ބައެއް ފަރާތްތަކުން ބަންގްލަދޭޝްގެ ގާނޫނު އަސާސީގެ 52 ވަނަ މާއްދާ ބޭނުންކޮށްގެން ގާނޫނީ ގޮތުން ރައީސް މަގާމުން ވަކިކުރެވިދާނެތޯ ގެންދަނީ ބަލަމުންނެވެ. މި މާއްދާގެ ދަށުން ރައީސްގެ ޖިސްމާނީ ނުވަތަ ނަފްސާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން އޭނާ ވަކިކުރެވިދާނެއެވެ. ނަމަވެސް، ޝަހާބުއްދީންގެ މަގާމުގެ ޤާބިލުކަން ގެއްލިފައިވާކަމުގެ ހެކި ނެތުމުން، މިއީ މިކަން ކުރެވިދާނެ ގޮތެއް ކަމަށް ނުފެނެއެވެ. ފުޅާ ތާއީދެއް ނެތި މިފަދަ ފިޔަވަޅެއް އެޅުމުން ވަގުތީ ސަރުކާރު ފެނިގެންދާނީ އަމިއްލަ މަސްލަހަތު އިސްކުރާ ބައެއްގެ ގޮތުގައި ކަމަށް ތަޖުރިބާކާރުން ބުނެއެވެ. އެއާއެކު ވަގުތީ ސަރުކާރަށް އޮތް އިތުބާރު މުޅިން ގެއްލިގެން ދިއުމުގެ ރިސްކްވެސް އެބައޮތެވެ. ގާނޫނު އަސާސީގެ އިޖުރާއަތުތަކުން އެއްކިބާވުމުން އާންމުންގެ އިތުބާރު ގެއްލުމުގެ އިތުރުން، ބައިނަލްއަގުވާމީ ފާޑުކިޔުންތަކާ ކުރިމަތިލާން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ހަސީނާގެ އިސްތިއުފާ އާ ބެހޭ ގޮތުން އުފުދިފައިވާ ސުވާލުތަކުގެ ނުތަނަވަސްކަން އިތުރުވެގެން ދިޔަ އަނެއް ސަބަބަކަށް ވެފައިވަނީ ހަސީނާގެ ދަރިކަލުން ސަޖީބް ވަޒީދުގެ ބަޔާންތަކެވެ. އޭނާ ބުނާ ގޮތުގައި ފިއްލަވައިގެން ބޭރަށް ފުރާވަޑައިގަތުމުގެ ކުރިން ބޮޑުވަޒީރު އިސްތިއުފާ ހުށަހެޅެއްވުމަށް ހާލަތު ތަނެއް ނުދިނެވެ. އެހެން ކަމުން ހަސީނާ އަކީ ގާނޫނީ ގޮތުން މިހާރުވެސް ސަރުކާރުގެ އިސްވެރިޔާއެވެ. މިކަންކަން މިހެން ހިނގަމުން ދިޔުމާއެކު "ގެއްލިފައިވާ" އިސްތިއުފާ ސިޓީ ވެފައި މިވަނީ އައު ސަރުކާރަށް ކުރިމަތިވި ބޮޑު ބޮލުގެ ރިހުމަކަށެވެ.

ސިޓީގެ މައްސަލަ ވެފައިމިވަނީ ކުޑަ މައްސަލައަކަށް ނޫނެވެ. ހަސީނާ އިސްތިއުފާ ދެއްވިކަން ލިޔެކިޔުމުން ސާބިތުކޮށްދެވޭނެ ހެއްކެއް ނެތުމުން، ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިހާރުގެ ސަރުކާރަކީ ގާނޫނީ ގޮތުން ޞައްޙަ ސަރުކާރެއް ނޫނެވެ. ރައީސް ޝަހާބުއްދީން އެފަދަ އިސްތިއުފާ ސިޓީއެއްގެ ރެކޯޑެއް ނެތްކަމަށް ވިދާޅުވުމުން މިކަމަށް ދެވޭ ސަމާލުކަން އިތުރުވެ، ގިނަ ބަޔަކު އައު ސަރުކާރުގެ ގާނޫނީ ޞައްޙަކަމާމެދު ވަނީ ސުވާލު އުފައްދާފައެވެ. މިއީ ހަމައެކަނި އެތެރޭގެ މައްސަލައެއް ނޫނެވެ. މިކަމުގެ ސަބަބުން ބައިނަލްއަގުވާމީ މައިދާނުގައި ބަންގްލަދޭޝްއަށް ފާޑުކިޔުމަށް މަގުފަހިވެ، ޚާއްޞަކޮށް އިންޑިއާއާއެކު އޮންނަ ޑިޕްލޮމެޓިކް ގުޅުންތަކަށް އިތުރު ގޮންޖެހުންތައް ކުރިމަތިވެ، ބަންގްލަދޭޝް އަށް ގެނައީ ބަޣާވާތެއް ކަމަށް ތުހުމަތު ކުރުމުގެ ފުރުސަތުވެސް އެބައޮތެވެ.

ބަންގްލަދޭޝްގެ ތާރީޚުގައި އޮތޯރިޓޭރިއަން ވެރިކަމުގެ ހިތި ތަޖުރިބާތައް ވަނީ ކޮށްފައެވެ. މީގެ ތެރޭގައި ސިފައިންގެ ބަޣާވާތްތަކާއި ގާނޫނީ ސަރުކާރު ވައްޓާލުންތައް ހިމެނެއެވެ. މިފަދަ ކަންކަމުގައި ބޭރުގެ ބާރުތަކުން ފަރުދާ ފުރަގަހުން އަދާކޮށްފައިވާ ދައުރަކީވެސް ފާހަގަ ކުރެވޭ ކަމެކެވެ. މިހާރުގެ ސަރުކާރުން ބުނަނީ މިއީ ރައްޔިތުން ގެނައި އިންޤިލާބެއްގެ ސަބަބުން އުފަންވި ސަރުކާރެއް ކަމަށެވެ. އެހެންނަމަވެސް އައު ސަރުކާރު އުފެދިގެން އައީ ޤާނޫނު އަސާސީގެ ބިންގަލެއްގެ މަތިން ނޫން ކަމަށްވުމާއެކު ސަރުކާރުގެ ބާރާއި ޒިންމާތަކާމެދު ސުވާލު އުފެދެއެވެ.

ސިޔާސީ އަދި ގާނޫނީ ތަޖުރިބާކާރުންގެ ނަޒަރުގައި ބަންގްލަދޭޝް އަށް މި ދިމާވި ހާލަތަކީ، ޤާނޫނީ އިޖުރާއަތުތަކާ ޚިލާފަށް ކަންކަން ކުރުމުގެ ނުރައްކާތެރިކަން ފަހުން ތަޖުރިބާކުރަން ޖެހިދާނެކަން ދައްކުވައިދޭ ވަރަށް ވަރުގަދަ ހެއްކެކެވެ.

ޝެއިހް ހަސީނާބަންގްލަދޭޝްގައި ދަރިވަރުން މުޒާހަރާ ކުރުންބަންގްލަދޭޝް

ކޮމެންޓް

އިތުރަށް ކިޔާލަން

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

މަގާމުން ވަކިކުރެވިފައިވާ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ދަރިކަލުން ހައްޔަރުކުރުމަށް އަމުރެއް ނެރެފި

05 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

ބަންގްލަދޭޝްގެ ކުރީގެ ބޮޑު ވަޒީރު ޚާލިދާ ޒިޔާގެ ޙާލު ސީރިއަސް ވެއްޖެ

30 ނޮވެމްބަރު 2025
ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

ބަންގްލަދޭޝް އަށް އައި ބާރުގަދަ ބިން ހެލުމެއްގައި މަދުވެގެން 3 މީހުން މަރުވެއްޖެ

21 ނޮވެމްބަރު 2025
ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ މަރަން ހުކުމް ކޮށްފި

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު