Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން-އޮސްޓްރޭލިއާ ގުޅުން

އީރާންގައި ހުރި އޮސްޓްރޭލިއާގެ ސަފީރު ފުރައިގެން ދިޔައިރު، ދެ ޤައުމުގެ ޑިޕްލޮމެޓިކް ގުޅުން ދަށްކޮށްފި

ބުރާސްފަތި ދުވަހު އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްރާއީލް ބަޣާއީ ވިދާޅުވީ، ޑިޕްލޮމެޓިކް ގުޅުންތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަދި އޮސްޓްރޭލިއާގެ ފިޔަވަޅަށް ޖަވާބު ދިނުމުގެ ގޮތުން، އީރާން އިން އޮސްޓްރޭލިއާއާ އެކު ޑިޕްލޮމެޓިކް ގުޅުންތައް ދަށްކޮށްފައިވާ ކަމަށެވެ.

އިރާނުން އޮސްޓްރޭލިއާގެ ސަފީރު ފުރައިގެން ގޮސް ދެ ގައުމުގެ ދެމެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ދަށްކޮށްފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2025 | ހުކުރު 08:22
އޮސްޓްރޭލިއާގެ ކެންބަރާގައި ހުންނަ އީރާނުގެ އެމްބަސީ

އޮސްޓްރޭލިއާގެ ކެންބަރާގައި ހުންނަ އީރާނުގެ އެމްބަސީ

އީރާންގައި ހުންނަ އޮސްޓްރޭލިއާގެ ސަފީރު އެ ޤައުމު ދޫކޮށް ފުރައިގެން ގޮސްފައިވާ ކަމަށާއި، ދެ ޤައުމުގެ ދެ މެދުގައި އޮތް ޑިޕްލޮމެޓިކް ގުޅުން ދަށް ކޮށްފައިވާ ކަމަށް އީރާންގެ ސަރުކާރުން ހާމަކޮށްްފި އެވެ.

އީރާންގައި ހުންނަ އޮސްޓްރޭލިއާގެ ސަފީރު ފުރައިގެން ގޮސްފައިވާ ކަމަށް އީރާންގެ ސަރުކާރުން ހާމަކޮށްފައިވާއިރު، ސިޑްނީ އަދި މެލްބޯން ސިޓީގައި ޔަހޫދީންނާ ދެކޮޅަށް ހިންގި ހަމަ ނުޖެހުން ތަކުގެ ފަހަތުގައި އީރާން އޮތް ކަމަށް ބުނެ، އޮސްޓްރޭލިއާ އިން ވަނީ އެ ޤައުމުގައި ހުންނަ އީރާންގެ ސަފީރު ޤައުމުން ފޮނުވާލައިފަ އެވެ.

ބުރާސްފަތި ދުވަހު އީރާންގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު އިސްރާއީލް ބަޣާއީ ވިދާޅުވީ، ޑިޕްލޮމެޓިކް ގުޅުންތަކާ އެއްގޮތްވާ ގޮތުގެ މަތިން، އަދި އޮސްޓްރޭލިއާގެ ފިޔަވަޅަށް ޖަވާބު ދިނުމުގެ ގޮތުން، އީރާން އިން އޮސްޓްރޭލިއާއާ އެކު ޑިޕްލޮމެޓިކް ގުޅުންތައް ދަށްކޮށްފައިވާ ކަމަށެވެ. އަދި އީރާންގައި ހުންނަ އޮސްޓްރޭލިއާގެ ސަފީރު ވެސް އެ ޤައުމު ދޫކޮށް ގޮސްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީސް ވަނީ، އީރާންގެ ވެރި ރަށް ތެހެރާންގައި ހުންނަ އޮސްޓްރޭލިއާގެ އެމްބަސީގެ މަސައްކަތްތައް ހުއްޓާލުމަށް އަންގަވައިފަ އެވެ. އަދި އެ ޤައުމުގެ ހުރިހާ ޑިޕްލޮމެޓުން ތިން ވަނަ ޤައުމެއްގައި ރައްކާތެރިކަން ހޯދައިގެން ތިބި ކަމަށް ވެސް އަލްބަނީސް ވަނީ ހާމަ ކުރައްވައިފަ އެވެ.

މިއީ ދެ ވަނަ ބޮޑު ހަނގުރާމަ އަށް ފަހު، އޮސްޓްރޭލިއާ އިން އެ ޤައުމުގައި ހުންނަ އެހެން ޤައުމެއްގެ ސަފީރަކު ޤައުމުން ބޭރު ކުރި ފުރަތަމަ ފަހަރެވެ. މިއީ ބޭރު ޤައުމު ތަކުގައި ނޭދެވޭ ޙަރަކާތްތައް ހިންގުމުގެ ތުހުމަތު އީރާނާ ދެކޮޅަށް ހުޅަނގުގެ ޤައުމު ތަކުން ކުރަމުން އަންނަ ކަމުގެ އިތުރު ހެއްކެކެވެ.

އީރާންގެ މައްޗަށް އޮސްޓްރޭލިއާ އިން ކޮށްފައިވާ މި ތުހުމަތުތައް އެ ޤައުމުން ވަނީ ދޮގު ކޮށްފަ އެވެ. އެގޮތުން ޔަހޫދީންނާ ދެކޮޅަށް އީރާން އިން މަސައްކަތް ކުރި ކަމުގެ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް ތުހުމަތެއް ކަމަށް އީރާން އިން ވަނީ ބުނެފަ އެވެ. ހަމަ އެހެންމެ، އޮސްޓްރޭލިއާއާ އެކު ގޮތް ގުޅުން ގޯސްވެގެން ދިޔުމަކީ އީރާން އިން އެއްވެސް އިރެއްގައި އެދޭ ކަމެއް ނޫން ކަމަށް ވެސް އެ ޤައުމުން ބުނެފައިވެ އެވެ.

އިތުރަށް އީރާންގެ ސަރުކާރުން ބުނެފައި ވަނީ އޮސްޓްރޭލިއާގެ ވެރި ރަށް ކެންބެރާގައި ހުންނަ އީރާންގެ އެމްބަސީ އިން ކޮންސިއުލާ ޚިދުމަތްތައް މިހާރު ވެސް ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.

މަސްދަރު: ރޮއިޓާސް

އީރާން-އޮސްޓްރޭލިއާއިސްމާޢީލް ބަޣާއީއެންތަނީ އަލްބަނީސްޑިޕްލޮމެޓިކް ގުޅުން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އިންޑޮނޭޝިއާ ގެ ޤާނޫނު ހަދާ މަޖިލީހަށް ޒިޔާރަތް ކުރައްވައިފި

08 ޑިސެމްބަރު 2025
ބޮޑު ވަޒީރު ކަމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅަކަށް އަލްބަނީސް

ބޮޑު ވަޒީރު ކަމުގައި ހުންނަވައި ކައިވެނި ކުރެއްވި ފުރަތަމަ ބޭފުޅަކަށް އަލްބަނީސް

30 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި

ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި

10 ނޮވެމްބަރު 2025
ޕުޓިން އާއި ޓްރަމްޕްގެ ބައްދަލުވުމުގެ މައުލޫމާތު ސައުދީ ވަލީ އަހުދާ ހިއްސާ ކޮށްފި

ޕުޓިން އާއި ޓްރަމްޕްގެ ބައްދަލުވުމުގެ މައުލޫމާތު ސައުދީ ވަލީ އަހުދާ ހިއްސާ ކޮށްފި

20 އޯގަސްޓު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު