Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ކެނެޑާ

ޓްރަމްޕް އާއި ކާނީ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި

ކާނީގެ ކުރިން ކެނެޑާގެ ބޮޑު ވަޒީރު ކަމުގައި ހުންނެވި ޖަސްޓިން ޓްރޫޑޯއާ ޓްރަމްޕްއާ ދެމެދު ގުޅުން ގޯސްވެ، ޓްރަމްޕް ވަނީ ޓްރޫޑޯ އަށް ރުޅިވެރި ކަމުގެ ރާގުގައި ވާހަކަ ދައްކަވައި، ފާޑު ވެސް ވިދާޅުވެފައި. އެއާ ޚިލާފަށް، ޓްރަމްޕް ވަނީ ކާނީ އާއެކު ރަނގަޅު މަޝްވަރާތަކެއް ކުރްވައި، ގާތް ގުޅުމެއް ދައްކަވާފައި.

ޓްރަމްޕް އާއި ކާނީ އޮވަލް އޮފީހުގައި ބައްދަލުކޮށް ލޯބި އަދި ޚިލާފު ވާހަކަތައް ދެއްކި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2025 | ބުދަ 07:14
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ ބޭއްވެވި ބައްދަލުވުމުގެ ތެރެއިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި، ކެނެޑާގެ ބޮޑު ވަޒީރު މާކް ކާނީ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ.

ޓްރަމްޕް އާއި ކާނީ ބައްދަލު ކުރައްވާފައި ވަނީ އެމެރިކާގެ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސްގަ އެވެ. އެ ބައްދަލުވުމުގައި ޓްރަމްޕް އާއި ކާނީ ވަނީ ގިނަ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ. އަދި ދެ ބޭފުޅުން ވަނީ، އެކަކު އަނެކަކަށް ހެޔޮ ބަސްތައް ވިދާޅުވެފަ އެވެ.

މިއީ އެމެރިކާގެ ރައީސް ކަމުގެ ދެ ވަނަ ދައުރަކަށް ޓްރަމްޕް ވަޑައިގެންނެވި ފަހުން، ކާނީ އެ ޤައުމަށް ކުރައްވާ ދެ ވަނަ ދަތުރުފުޅެވެ. ކާނީ އެމެރިކާ އަށް ވަޑައިގެންފައި ވަނީ، ޓްރަމްޕްގެ ވިޔަފާރީގެ ހަނގުރާމަ އާއި އިންޒާރު ތަކުގެ ސަބަބުން ދެ ޤައުމުގެ ގުޅުން ހީނަރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

ޓްރަމްޕް އާއި ކާނީގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެެވުނީ ވިޔަފާރި އާއި، އެމެރިކާ-މެކްސިކޯ-ކެނެޑާ އެއްބަސްވުމާ ގުޅޭ ގޮތުންނެވެ. އެ އެއްބަސްވުމަކީ ކެނެޑާގެ އިޤްތިސާދަށް ވަރަށް މުހިންމު، އަދި އަންނަ އަހަރު މުރާޖައާ ކުރަން ނިންމާފައިވާ އެއްބަސްވުމެކެވެ.

އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާގެ ރިޔާސީ ފުރަތަމަ ދައުރުގައި ސޮއި ކުރެވުނު ވިޔަފާރީގެ އެއްބަސްވުން އަލުން މުރާޖައާ ކުރުމަށް، ނުވަތަ ތަފާތު އެއްބަސްވުމަކަށް ހެދުމަށް އޭނާ ހުންނެވީ ތައްޔާރަށް ކަމަށެވެ.

ކާނީގެ ކުރިން ކެނެޑާގެ ބޮޑު ވަޒީރު ކަމުގައި ހުންނެވި ޖަސްޓިން ޓްރޫޑޯއާ ޓްރަމްޕްއާ ދެމެދު ގުޅުން ގޯސްވެ، ޓްރަމްޕް ވަނީ ޓްރޫޑޯ އަށް ރުޅިވެރި ކަމުގެ ރާގުގައި ވާހަކަ ދައްކަވައި، ފާޑު ވެސް ވިދާޅުވެފަ އެވެ. އެއާ ޚިލާފަށް، ޓްރަމްޕް ވަނީ ކާނީ އާއެކު ރަނގަޅު މަޝްވަރާތަކެއް ކުރްވައި، ގާތް ގުޅުމެއް ދައްކަވައިފަ އެވެ.

ކާނީ އަށް ނިސްބަތް ކުރައްވައި ޓްރަމްޕް ވިދާޅުވީ، ކާނީ އަކީ ދުނިޔޭގެ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ، އަދި ވަރުގަދަ ވާހަކަ ތަކެއް ދައްކަވާ ލީޑަރެއް ކަމަށެވެ. އެކަން ފާހަގަ ކުރައްވަމުން ޓްރަމްޕް ވިދާޅުވީ، އެމެރިކާ އިން ވެސް ބޭނުން ވަނީ ކެނެޑާ ކުރި އަރައިގެން ދާން ކަމަށެވެ. އޭނާ ވިދާޅުވީ ދެ ޤައުމަށް ވެސް ބޭނުން ވަނީ އެއްވަރެއްގެ ވިޔަފާރިއެއް ކަމަށެވެ.

އެމެރިކާ އާއި ކެނެޑާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމަކަށް ނާދެވެނީ ކީއްވެތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، އެއީ ވަރަށް އުނދަގޫ މައްސަލައެއް ކަމަށެވެ. ޓްރަމްޕް ވިދާޅުވީ ދެ ޤައުމުގެ ދެ މެދުގައި ގިނަ ޚިޔާލު ތަފާތުވުން ތަކެއް ހުރި ކަމަށާއި، އެކަމަކު އެެއް ޤައުމު އަނެއް ޤައުމަށް ފުރިހަމަ އިޙުތިރާމް ވެސް އޮންނަ ކަމަށެވެ.

ޔޫރަޕިއަން ޔޫނިއަން އަދި އެމެރިކާގެ ވިޔަފާރީގެ އެހެން ބައިވެރިންނާ ޚިލާފަށް، އެމެރިކާގެ ސަރުކާރާއި ކެނެޑާއާ ދެމެދު ވިޔަފާރީގެ އެއްބަސްވުމަކަށް އާދެވިފައި ނުވެ އެވެ. ނަމަވެސް، ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގައި އެއްބަސްވެފައިވާ އެމެރިކާ-މެކްސިކޯ-ކެނެޑާ (ޔޫއެސްއެމްސީއޭ) އެއްބަސްވުމާ އެއް ގޮތަށް އެންމެހާ މުދަލަށް ޓެރިފްގެ އިސްތިންސާ ދެމެހެއްޓިފައިވެ އެވެ.

ކެނެޑާގެ ބޮޑު ވަޒީރުގެ އޮފީހުން މީގެ ކުރިން ހާމަ ކޮށްފައިވާ ގޮތުގައި، އެ އެއްބަސްވުން ދެމެހެއްޓިފައި ވުމުގެ ސަބަބުން ކެނެޑާ އަކީ އެެމެރިކާގެ ވިޔަފާރި ބައިވެރިންގެ ތެރެއިން ޖުމުލަ ގޮތެއްގައި އެންމެ ދަށް ޓެރިފް ރޭޓު އޮތް ޤައުމެވެ. އެެގޮތުން ކެނެޑާގެ 85 އިންސައްތަ ވިޔަފާރި އެމެރިކާއާ އެކު ކުރެވެނީ ޓްރިފް ނުލައި ކަމަށް ހާމަ ކޮށްފައިވެ އެވެ.

ނަމަވެސް، ޓްރަމްޕްގެ ގްލޯބަލް، ސެކްޓަރ-ސްޕެސިފިކް ޓެރިފްތައް، ޚާއްސަކޮށް އޮޓޯމޯޓިވް، ސްޓީލް އަދި އެލުމިނިއަމް އަށް އަމާޒުކޮށްފައިވާ ޓެރިފް ތަކުން ކެނެޑާ އަށް ދަނީ ގެއްލުންތަކާ ކުރިމަތިލަމުންނެވެ. އެ ދާއިރާ ތަކުގައި ވަޒީފާ ގެއްލި، ދަތި އުނދަގޫ ޙާލަތެއްގައި އެ ސިނާއަތްތަކަށް އެހީވުމަށް ކާނީގެ ލިބަރަލް ސަރުކާރުން އެތައް ބިލިއަން އެމެރިކާ ޑޮލަރެއްގެ އިއުލާން ކުރަން ޖެހިފައިވެ އެވެ.

މަސްދަރު: ދި އެސޯސިއޭޓެޑް ޕްރެސް

ޑޮނަލްޑް ޓްރަމްޕްމާކް ކާނީއެމެރިކާ-ކެނެޑާޓްރޭޑް އެގްރީމަންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު