Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސި ސަރުކާރު

މަދުން ޓެކްސް ދެއްކިކަން ސާބިތުވުމުން އިނގިރޭސި ވިލާތުގެ ބޮޑު ވަޒީރުގެ ނައިބު މަގާމުން އިސްތިއުފާ ދެއްވައިފި

ޕްރޮޕަރޓީ ޓެކްސް ދައްކަން ޖެހޭ ވަރަށް ވުރެ މަދުން ދެއްކުނީތީ އަމިއްލަ ކުށް ޤަބޫލުކުރައްވާ، އޭނާގެ އާއިލާއަށް ކުރާނެ އަސަރަށް ރިޢާޔަތްކުރައްވައި، ލޭބަރ ޕާޓީގެ ޑެޕިއުޓީ ލީޑަރުކަމުންވެސް އޭނާ އިސްތިއުފާ ދެއްވާފައިވެއެވެ.

ރާއްޖެ އެމްވީ | 5 ސެޕްޓެމްބަރު 2025 | ހުކުރު 13:16
ރޭނަރ އާއި ސަރ ސްޓާމަރ ލަންޑަންގައި 2021 ވަނަ އަހަރު.

ރޭނަރ އާއި ސަރ ސްޓާމަރ ލަންޑަންގައި 2021 ވަނަ އަހަރު.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރުގެ ނައިބު އެންޖެލާ ރޭނަރ ދައްކަން ޖެހޭ މިންވަރަށް ވުރެ ކުޑަ ކޮށް ޕްރޮޕަޓީ ޓެކްސް ދެއްކެވިކަން ހާމަވުމުގެ ސަބަބުން ބޮޑުވަޒީރުގެ ނައިބު ކަމުންނާއި ހައުސިންގ ސެކްރެޓަރީގެ މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.

ހުކުރު ދުވަހު އެންޖެލާ ރޭނަރ ވަނީ ލޭބަރ ޕާޓީގެ ޑެޕިއުޓީ ލީޑަރު ކަމުން ވެސް އިސްތިއުފާ ދެއްވާފައެވެ.

މައްސަލަ އުފެދުނީ ރޭނަރ މިއަހަރުގެ ކުރީކޮޅު އިނގިރޭސިވިލާތުގެ ދެކުނު ސަރަޙައްދުގައިވާ ހޯވްގައި ގަތް އެޕާޓްމަންޓަކަށް އެކަށީގެންވާ މިންވަރަށް ޕްރޮޕަޓީ ޓެކްސް ދައްކާފައި ނުވާކަން ހާމަވުމާ ގުޅިގެންނެވެ.

ރޭނަރ ވިދާޅުވަމުން ގެންދެވީ އޭނާގެ މި ކުށަކީ އެނގިގެން ގަސްދު ގައި ކުރި ކަމެއް ނޫން ކަމަށާއި، މިއީ ނުރަނގަޅު ލަފައެއްގެ މައްޗަށް ބިނާކޮށް ހިނގި ކަމެއް ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަމުން އައިސްފައި ވަނީ ގަސްދުގައި އޭނާ ޓެކްސް އަށް މަކަރު ހެއްދެވީ ކަމަށެވެ.

އިސްތިއުފާ ދެއްވި ސިޓީ ގައި އޭނާ ވިދާޅުވީ، ސަރުކާރުގައި އޭނާ ހުންނެވި މަގާމުގެ ގޮތުން ޓެކްސް ދައްކަން ޖެހޭ މިންވަރު ކަނޑައެޅުމުގައި އިތުރު ލަފާ ނުހޯދުނީތީ "ވަރަށް ބޮޑަށް ހިތާމަކުރާ" ކަމަށެވެ.

"މި ކުށަށް އަޅުގަނޑު ފުރިހަމައަށް ޒިންމާ ނަގަން،" އޭނާ ގެ އިސްތިއުފާ ސިޓީގައި ވިދާޅުވިއެވެ.

"ހަމައެކަނި ދައްކަންޖެހޭ ޢަދަދު ދެއްކުން ފިޔަވައި އެހެން އެއްވެސް ކަމެއް ކުރުމުގެ ނިޔަތެއް އަޅުގަނޑުގެ ނެތްކަން ތަކުރާރުކޮށް ފާހަގަކޮށްލަން މި ފުރުސަތުގައި ބޭނުންވޭ."

ރޭނަރ ބައްލަވައިގަތް ފްލެޓަށް ޓެކްސް ދެއްކެވި އިރު ދައްކަވާފައި ވަނީ ރަނގަޅު އަދަދުތޯ ބެލުމަށް ޚާއްސަ ތަހުގީގެއް ވަނީ ހިންގާފައެވެ. އޭނާ ވިދާޅުވީ، ރިޕޯޓުގެ ހޯދުންތަކާއި އޭނާގެ އާއިލާއަށް މިކަމުން ކުރާނެ އަސަރަށް ބައްލައި އިސްތިއުފާ ދިނުމަށް ނިންމެވީ ކަމަށެވެ.

މިނިސްޓަރުންގެ ސުލޫކީ މިންގަނޑާ ޚިލާފުވެފައިވާކަން ބޮޑު ވަޒީރުގެ މިނިސްޓީރިއަލް އެތިކްސް އެޑްވައިޒަރުގެ ރިޕޯޓުން ކަށަވަރުކޮށްދިނެވެ. ރިޕޯޓުގައި ބުނެފައި ވަނީ ރޭނަރ ބައްލަވައިގަތް ފްލެޓަށް ދައްކަންޖެހޭ ސްޓޭމްޕް ޑިއުޓީ މަދުން ދައްކާފައިވާ ކަމަށެވެ. އަދި ހަމައެހެންމެ، ރޭނަރ "ތެދުވެރިކަމާއެކު" ޢަމަލުކޮށްފައިވާކަމާއި، ތަޙުޤީޤަށް ފުރިހަމައަށް އެއްބާރުލުން ދީފައިވާކަން ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.

ބޮޑުވަޒީރު ކީރ ސްޓާމަރ ވަނީ އޭނާގެ އިސްތިއުފާ ގަބޫލު ކުރައްވާފައެވެ.

ޑައުނިންގ ސްޓްރީޓުން ވަނީ ބޮޑުވަޒީރު ކީރ ސްޓާމަރ އޭނާގެ ކުރީގެ ޑެޕިއުޓީ، އެންޖެލާ ރޭނަރ އަށް ފޮނުއްވި އަތުން ލިޔުއްވާފައިވާ ސިޓީއެއް މީޑީއާ އާ ހިއްސާކޮށްފައެވެ.

ސަރުކާރުން އިސްތިއުފާ ދެއްވަން ނިންމެވި ނިންމެވުމާ ގުޅޭގޮތުން ޝުކުރު އަދާކުރައްވަމުން، "ބޮޑުވަޒީރުގެ ނައިބު ކަމާއި، ސްޓޭޓް ސެކްރެޓަރީ ކަމާއި އަދި ލޭބަރ ޕާޓީގެ ޑެޕިއުޓީ ލީޑަރުގެ ގޮތުގައި ހޭދަކުރެއްވި ދުވަސްތައް މިގޮތަށް ނިމުނީތީ ވަރަށް ހިތާމަކުރަން" ކަމަށް ވިދާޅުވިއެވެ.

މިނިސްޓީރިއަލް ކޯޑުގެ މިންގަނޑުތަކާބެހޭ އެތިކްސް އެޑްވައިޒަރ އަށް ރޭނަރ އަމިއްލަ އަށް ގޯހެއް ހިނގާފައިވޭތޯ ބެލުމަށް ހުށަހެޅުއްވުމަކީ "ރަނގަޅު" ކަމެއް ކަމަށާއި އެފަރާތުގެ ނިންމުމާ އެއްގޮތަށް ޢަމަލު ކުރެއްވުމަކީވެސް "ރަނގަޅު" ކަމެއްކަމަށް ބޮޑުވަޒީރު ވިދާޅުވިއެވެ.

އިނގިރޭސި ސަރުކާރުގެ ތެރޭގައި މި ހިނގައިދިޔަ ކަންތަކާ ގުޅިގެން އިދިކޮޅު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކެމީ ބަޑެނޯ ވަނީ ފާޑު ވިދާޅުވެފައެވެ.

ރޭނަރގެ އިސްތިއުފާ އިޢުލާންކުރިތާ ވަގުތުކޮޅެއްގެ ފަހުން އެކްސްގައި ޕޯސްޓްކުރި ވީޑިއޯއެއްގައި، "ކީރ ސްޓާމަރގެ ބަލިކަށިކަމުގެ ސަބަބުން އޭނާ މީގެ ތިން ދުވަސް ކުރިން ވަޒީފާ އިން ވަކި ނުކުރެވުނީ" ކަމަށް ބުނެ - "އިނގިރޭސިވިލާތައް މިއަށްވުރެ ރަނގަޅު މިންވަރެއް ޙައްޤު" ވާ ކަމަށް ވިދާޅުވިއެވެ.

ސްޓާމަރ ދެއްކެވީ "އުސޫލެއް ވެސް ނެތް، މައިބަދައެއް ވެސް ނެތް" މީހެއްގެ ސިފަ ކަމަށާއި ބޮޑުވަޒީރަށް އެނގުނީ ކޯއްޗެއްކަމާއި، ކިހާ ހިސާބަކުން ކަމާމެދު "ސުވާލުތައް އަދިވެސް އެބަހުރި" ކަމަށް ވިދާޅުވެފައިވެއެވެ.

ސްޓާމަރގެ ސަރުކާރު ވަނީ ހަމަނުޖެހުމެއްގައި ކަމަށް ބަޑެނޯ ވިދާޅުވެ، "މި ހުރިހާ ކަމަކީ އޭނާގެ ނިންމުންތަކުގެ ސަބަބުން ޤައުމު ކުރިމަތިލާން ޖެހިފައިވާ ބޮޑު އިޤްތިޞާދީ ހަމަނުޖެހުމުން ސަމާލުކަން އަނބުރާލުމަށް ކުރާ ކަންތައްތަކެއް" ކަމަށް ވިދާޅުވިއެވެ.

"އެމީހުންނަށް ވަކި އުސޫލެއް، އެހެން އެންމެންނަށް އެހެން އުސޫލެއް. ޤައުމަށް މިއަށްވުރެ ރަނގަޅު އެއްޗެއް ޙައްޤުވޭ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

އުމުރުން 45 އަހަރުގެ ރޭނަރ އަކީ ސްޓާމަރގެ ޓީމުން އިސްތިއުފާ ދެއްވި އަށް ވަނަ އަދި އެންމެ އިސް މިނިސްޓަރެވެ.

ރޭނަރ ޓެކްސް ދެއްކުމުގައި ގަސްތުގައި ރަނގަޅު ރޭޓް އިޚްތިޔާރު ނުކުރިކަމުގެ ތުހުމަތު ކުރެވުނު އިރު، ކުރިން ސްޓާމަރ ވަނީ އޭނާ ދިފާއު ކުރައްވާފައެވެ.

ރިޕޯޓުތަކުގައިވާ ގޮތުން، ސްޓާމަރގެ މަގާމަށް ދެން އަންނާނެ ކަމަށް ލަފާކުރެވުނު ރޭނަރ، މި ހަފްތާގެ ކުރީކޮޅު މިނިސްޓަރުންގެ ސްޓޭންޑަރޑް ބަލަހައްޓާ ފަރާތައް އަމިއްލައަށް ރިފަރ ކުރަން މަޖުބޫރުވިއެވެ.

އިތުރު ޤާނޫނީ ލަފާ ހޯދުމަށްފަހު، ރޭނަރ އޭނާގެ ކުށް ޤަބޫލުކޮށް، އިތުރަށް ދައްކަންޖެހޭ ޓެކްސް ދައްކަމުންދާ ކަމަށް ބުނެފައިވެއެވެ.

އެންޖެލާ ރޭނަރކިއަ ސްޓާމާކޮންޒަވޭޓިވް ޕާޓީ

ކޮމެންޓް

އިތުރަށް ކިޔާލަން

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

އާންމުންނަށް ދޮގު ހެދި ކަމުގެ ތުހުމަތު ރީވްސް އަށް، ބަޖެޓާ ގުޅޭ ގޮތުން ބޮޑު ވަޒީރު ސްޓާމާ ހޯމަ ދުވަހު ވާހަކަ ދައްކަވަނީ

30 ނޮވެމްބަރު 2025
އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ގެ ސަރުކާރު ވައްޓާލަން ބަޣާވާތެއް ރޭވި ކަމުގެ ތުހުމަތު ހެލްތު މިނިސްޓަރަށް!

އިނގިރޭސި ބޮޑު ވަޒީރު ސްޓާމާ ގެ ސަރުކާރު ވައްޓާލަން ބަޣާވާތެއް ރޭވި ކަމުގެ ތުހުމަތު ހެލްތު މިނިސްޓަރަށް!

12 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު