Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފ.ފީއަލީ

ކުރީ ސަރުކާރުން އަޅަން ފެށި ފީއަލީގެ މެޖިސްޓްރޭޓް ކޯޓު، ވެރިކަން ބަދަލުވުމުން ހުއްޓުނު ގޮތަށް ވީރާނާވެ ދަނީ

މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ފަށައި ވަކި ހިސާބަކަށް ދިޔަ ފަހުން ސަރުކާރުން ބަދަލުވީ ކަމަށާއި، އޭގެ ފަހުން އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް ޖަލީލް ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޑިސެމްބަރު 2025 | ހޮނިހިރު 05:07
ފީއަލީގައި އިމާރާތް ކުރާ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ހުއްޓިފައި

ފީއަލީގައި އިމާރާތް ކުރާ މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ހުއްޓިފައި

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ފ.ފީއަލީގައި އިމާރާތް ކުރަން ފެށި މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް، ވެރިކަން ބަދަލުވީ ފަހުން ހުއްޓުނު ގޮތަށް ވީރާނާވާން ފަށައިފި އެވެ.

ފީއަލީ ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު ޖަލީލް ރާއްޖެ ޓީވީ އަށް ވިދާޅުވީ، އައު މެޖިސްޓްރޭޓް ކޯޓެއްގެ އިމާރާތަކީ ވަރަށް ބުރަ މަސައްކަތާ އެކު ސަރުކާރު ތެރެއިން ހޯދި މަސައްކަތެއް ކަމަށެވެ. މެޖިސްޓްރޭޓް ކޯޓުގެ މަސައްކަތް ފަށައި ވަކި ހިސާބަކަށް ދިޔަ ފަހުން ސަރުކާރު ބަދަލުވީ ކަމަށާއި، އޭގެ ފަހުން އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް ޖަލީލް ފާހަގަ ކުރެއްވި އެވެ.

ޖަލީލް ފާހަގަ ކުރެއްވީ މިހާރުގެ ސަރުކާރަށް ނިސްބަތްވާ ފީއަލީގެ ބައެއް ސިޔާސީ އިސްވެރިން، ކުރިން ވެސް އެ މަސައްކަތަށް ހުރަސް އަޅާފައިވާ ކަމަށާއި، އެތައް ގޮންޖެހުން ތަކެއް ކުރިމަތި ކުރުމަށް މަސައްކަތް ކުރި ކަމަށެވެ. އޭގެ ފަހުން 2023 ވަނަ އަހަރު ސަރުކާރު ބަދަލުވީ ފަހުން ވެސް، އެ މަސައްކަތް ކުންފުންޏަކާ ހަވާލު ކުރިކަން އިއުލާން ކުރި ކަމަށް ޖަލީލް ވިދާޅުވި އެވެ.

ނަމަވެސް، ސިޔާސީ ބައެއް މީހުން ބޭނުންވާ ބަޔަކަށް އެ މަސައްކަތް ދިނުމުގެ މަޤުސަދުގައި އެކަން ވަރަށް ބޮޑަށް ސިޔާސީ ކުރި ކަމަށާއި، އޭގެ ފަހުން އެ މަސައްކަތް އޮތީ ހުއްޓިފައި ކަމަށް ޖަލީލް ވިދާޅުވި އެވެ. އިމާރާތުގެ މަސައްކަތް ހުއްޓިފައި ހުންނަތާ ދެ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާއިރު، އެ ތަން ބަލިކަށިވާން ފަށާފައިވާ ކަމަށް ފާހަގަ ކުރެއްވި އެވެ.

މިއަހަރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ފީއައްޔަށް ވަޑައިގެންނެވުމުން، މެޖިސްޓްރޭޓް ކޯޓު އަދި ފީއަލީގެ ތަރައްޤީ އަށް ހުރި އެހެން މަސައްކަތްތައް ވެސް ހުއްޓިފައި އޮތުމުގެ ކަންބޮޑުވުން ކައުންސިލް އިން ވަނީ ރައީސްއާ ހިއްސާ ކުރައްވައިފަ އެވެ. އެހެން ނަމަވެސް، ރައީސްގެ ޖަވާބަކަށް ވެގެން ދިޔައީ ހުރިހާ މަސައްކަތެއް ވެސް ކުރިއަށް ދާނެކަން ކަމުގައި ޖަލީލް ވިދާޅުވި އެވެ. 

އޭގެ ފަހުން ވެސް މިވީ މުއްދަތުގެ ތެރޭގައި އެއްވެސް މަސައްކަތެއް ކުރިއަށް ގޮސްފައި ނުވެ އެވެ. 

ފ.ފީއަލިފީއަލި ކައުންސިލް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފީއަލީގައި ކުރީ ސަރުކާރުން ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސްގަނޑު، ރިވެޓްމަންޓް ޖަހައި ނުލެވި ގިރަމުން ދަނީ

11 ޑިސެމްބަރު 2025
ފީއަލީގައި ކުރީ ސަރުކާރުން ހިއްކާފައި އޮތް 10 ހެކްޓަރުގެ ފަސްގަނޑު، ރިވެޓްމަންޓް ޖަހައި ނުލެވި ގިރަމުން ދަނީ
11 ޑިސެމްބަރު 2025

ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފެށި ފެން ޕްލާންޓު، ވެރިކަން ބަދަލުވުމުން ބޯ ޖަންގައްޔަކަށް

11 ޑިސެމްބަރު 2025
ފީއަލީގައި ކުރީ ސަރުކާރުން އަޅަން ފެށި ފެން ޕްލާންޓު، ވެރިކަން ބަދަލުވުމުން ބޯ ޖަންގައްޔަކަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ބިންގާ އެޅުއްވި ފީއަލީ ޕޮލިސް ސްޓޭޝަން، ތަނބުތައް ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ބިންގާ އެޅުއްވި ފީއަލީ ޕޮލިސް ސްޓޭޝަން، ތަނބުތައް ކޮޅަށް ޖެހުނު ގޮތަށް ހުއްޓިފައި
10 ޑިސެމްބަރު 2025

ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި

10 ޑިސެމްބަރު 2025
ފީއަލީ ގައި އިމާރާތް ކުރާ ސައިންސް ލެބުގެ މަސައްކަތް ހުއްޓި، ކަރާ ހައްދަން ފަށައިފި
09 ޑިސެމްބަރު 2025

ފީއަލީ ޞިއްޙީ މަރުކަޒު, ވެރިކަން ބަދަލުވީ ފަހުން މަސައްކަތް ހުއްޓުނު ގޮތަށް އަދިވެސް ހުއްޓިފައި

09 ޑިސެމްބަރު 2025
ފީއަލީ ޞިއްޙީ މަރުކަޒު, ވެރިކަން ބަދަލުވީ ފަހުން މަސައްކަތް ހުއްޓުނު ގޮތަށް އަދިވެސް ހުއްޓިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު