Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފ.ފީއަލި

ފީއަލީ އިންޑޯ ވޮލީ ކޯޓު: ކޮންޓްރެކްޓަރަށް ފައިސާ ނުދައްކައިގެން މަސައްކަތް ހުއްޓާލާފައިވާތާ 2 އަހަރު!

13 ޑިސެމްބަރު 2025 | ހޮނިހިރު 08:47

ފީއަލީ ކައުންސިލްގެ މެންބަރު އައިމިނަތު ރާނިޔާ ވިދާޅުވީ އެ ރަށު އިންޑޯ ވޮލީ ކޯޓުގެ މަސައްކަތަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ސަރުކާރުން ފެށި މަޝްރޫއެއް ކަމަށާއި އަދި އެ މަޝްރޫއުގެ މަސައްކަތް މި ސަރުކާރާ އެކު އެއްކޮށް ހުއްޓުނީ ބިލުތަކަށް ފައިސާ ނުދެއްކުމުން ކަމަށް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 13 ޑިސެމްބަރު 2025 | ހޮނިހިރު 08:47
ފީއަލީގައި މިދިއަ ސަރުކާރުން ތަރައްގީ ކުރަން ފެށި އިންޑޯ ވޮލީ ކޯޓުގައި އެއްވެސް މަސައްކަތެއް ނުކުރާތާ ދެ އަހަރު

ފީއަލީގައި މިދިއަ ސަރުކާރުން ތަރައްގީ ކުރަން ފެށި އިންޑޯ ވޮލީ ކޯޓުގައި އެއްވެސް މަސައްކަތެއް ނުކުރާތާ ދެ އަހަރު

ފ. ފީއަލީގައި މިދިޔަ ސަރުކާރުން ތަރައްގީ ކުރަންފެށި އިންޑޯ ވޮލީ ކޯޓުގައި އެއްވެސް މަސައްކަތެއް ނުކުރާތާ ދެ އަހަރު ވެފައިވާ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ. 

ރާއްޖެޓީވީ އާއި ވާހަކަ ދައްކަވަމުން ފީއަލީ ކައުންސިލްގެ މެންބަރު އައިމިނަތު ރާނިޔާ ވިދާޅުވީ އެ ރަށު އިންޑޯ ވޮލީ ކޯޓުގެ މަސައްކަތަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ގެ ސަރުކާރުން ފެށި މަޝްރޫއެއް ކަމަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް މި ސަރުކާރާ އެކު އެއްކޮށް ހުއްޓިފައިވާ ކަމަށް ވެސް ރާނިޔާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

ރާނިޔާ ވިދާޅުވީ އެ މަސައްކަތް ހުއްޓުނީ މަޝްރޫއު ހަވާލު ކުރި ކުންފުންޏަށް ދައްކަން ޖެހޭ ފައިސާ މުއިއްޒު ސަރުކާރުން ނުދެއްކުމުގެ ސަބަބުން ކަމަށެވެ. އެގޮތުން އެ ކުންފުންޏަށް ދައްކަން ޖެހޭ ބިލުތައް ދައްކާފައި ނުވާތީ ކުންފުނިން މަޝްރޫއުގެ މަސައްކަތް ހުއްޓާލީ ކަމަށް ވެސް ރާނިޔާ ވިދާޅުވި އެވެ. 

އޭގެ ފަހުން އިތުރު ބަޔަކާ މަޝްރޫއު ހަވާލު ކޮށްފައި ނުވާ ކަމަށް ވެސް ރާނިޔާ ވިދާޅުވި އެވެ. އެހެންކަމުން  18 ޑިސެމްބަރު 2022 ގައި ކޮންޓްރެކްޓަރާ ހަވާލު ކުރި މި މަޝްރޫއު ގެ މަސައްކަތް ނިމޭނެ ކަން ވެސް ނުވަތަ ނިމޭނަމަ އެ ތާރީޚެއް ވެސް ނޭނގޭ  ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ރަށަށް ވަޑައިގެންފަ އެވެ. އެ ރަށަށް ވަޑައިގަތުމަށް ފަހު ރައީސް ވިދާޅުވީ  ފީއަލީ ގައި ހުއްޓިފައި ހުރި މަޝްރޫއުތައް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި އިންޑޯ ވޮލީ ކޯޓުގެ މަޝްރޫއު އެހެން ކުންފުންޏަކާ ހަވާލު ކޮށްގެން ކުރިއަށް ގެންދާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ވެސް އެ މަސައްކަތް އިތުރު ބަޔަކާ ސަރުކާރުން ހަވާލު ކޮށްފައިވާ ކަން ކައުންސިލް އަށް އަންގާފައި ނުވާ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.

މުއިއްޒު ވެރިކަމަށް ވަޑައިގަތީ ފަށާފައިވާ އެއްވެސް މަޝްރޫއެއް ހުއްޓާ ނުލައްވާނޭ ކަމަށް ވައުދުވެގެން ކަމަށް ވިޔަސް ރާއްޖޭގެ އެކި ހިސާބުގައި ކުރިން ފަށާފައިވާ އެތައް މަޝްރޫއެއް ހުއްޓިފައި ހުރިކަން ފާހަގަ ކުރެވެ އެވެ. 

ފީއަލިއިންޑޯ ވޮލީ ކޯޓް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

30 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި

30 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓުން ބޭރުކޮށްލައިފި
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
28 ޖެނުއަރީ 2017

މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!

28 ޖެނުއަރީ 2017
މަހްލޫފްގެ މައްޗަށް އިއްވާފައިވާ ހުކުމެއް ތަންފީޒުކޮށް ނިމުމުއިރު ވެސް އިސްއުނާފް މައްސަލަ ކޯޓުގައި!
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
10 ޖެނުއަރީ 2017

ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!

10 ޖެނުއަރީ 2017
  ބަޖެޓް ކުޑަވުމުން ކްރިމިނަލް ކޯޓުގެ މުވައްޒަފުންގެ މުސާރަ ކުޑަވަނީ!
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް