Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސިވިލާތް-އިންޑިއާ

އިނގިރޭސިވިލާތާއި އިންޑިއާ އާއި ދެމެދު 468 މިލިއަން ޑޮލަރުގެ މިސައިލް ޑީލެއް

ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުން ހާމަ ކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތާއި އިންޑިއާއާ ދެމެދު ސޮއި ކޮށްފައި ވަނީ 350 މިލިއަން ޕައުންޑު ނުވަތަ، 468 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި. މިއީ ދެ ޤައުމުގެ ދެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދާނެ އެއްބަސްވުމެއްގެ ގޮތުގައި ވަނީ ސިފަ ކޮށްފައި.

އިނގިރޭސިވިލާތުން އިންޑިޔާގެ އަސްކަރިއްޔާއަށް 350 މިލިއަން ޕައުންޑްގެ މިސައިލް ސަޕްލައިކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެވިއްޖެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2025 | ހުކުރު 08:22
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ

އިނގިރޭސިވިލާތާއި އިންޑިއާއާ ދެމެދު ހަނގުރާމައިގެ ބާރުވެރި މިސައިލް ފޯރުކޮށްދިނުމަށް 468 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގަ އެވެ. ބުދަ ދުވަހު ސްޓާމާ އިންޑިއާ އަށް ވަޑައިގެންފައިވާއިރު، ބުރާސްފަތި ދުވަހު ވަނީ އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއާ ބައްދަލު ކުރައްވައިފަ އެވެ.

ބުރާސްފަތި ދުވަހު ސްޓާމާ އާއި މޯދީއާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވާއިރު، ދެ ލީޑަރުން ވަނީ ޖޮއިންޓް ސްޓޭޓްމަންޓެއް ވެސް ދެއްވައިފަ އެވެ. އަދި ދެ ޤައުމުގެ ދެ މެދުގައި ވަނީ މުހިންމު ދާއިރާ ތަކުން އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފައިވެ އެވެ.

އިނގިރޭސިވިލާތާއި އިންޑިއާއާ ދެމެދުގައި އިތުރަށް ވަރުގަދަ ކުރަމުން އަންނަ ސްޓްރެޓެޖިކް ގުޅުމުގެ ތެރެއިން އިންޑިއާގެ އަސްކަރިއްޔާ އަށް ލުއި ބަރުދަނުގެ މަލްޓިރޯލް މިސައިލް ސަޕްލައި ކޮށްދިނުމަށް ވަނީ އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ.

ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުން ހާމަ ކޮށްފައިވާ ގޮތުގައި އިނގިރޭސިވިލާތާއި އިންޑިއާއާ ދެމެދު ސޮއި ކޮށްފައި ވަނީ 350 މިލިއަން ޕައުންޑު ނުވަތަ، 468 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގަ އެވެ. މިއީ ދެ ޤައުމުގެ ދެ މެދުގައި އޮންނަ ގުޅުން އިތުރަށް ވަރުގަދަ ވެގެން ދާނެ އެއްބަސްވުމެއްގެ ގޮތުގައި ވަނީ ސިފަ ކޮށްފަ އެވެ.

އިނގިރޭސިވިލާތާއި އިންޑިއާއާ ދެމެދު ސޮއި ކޮށްފައިވާ އެއްބަސްވުމުގެ ދަށުން ސަޕްލައި ކުރުމަށް ހަމަޖެހިފައިވާ މިސައިލްތައް އުފައްދާނީ އުތުރު އަޔަލެންޑުގަ އެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ދިފާއީ އަދި ސަލާމަތީ ގުޅުން އިތުރަށް ޚަރުދަނާ ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ވެސް ވަނީ ސިފަ ކޮށްފަ އެވެ.

ފާއިތުވި އަހަރު ތަކަށް ބަލާއިރު، އިނގިރޭސިވިލާތާއި އިންޑިއާއާ ދެމެދު ވަނީ ދިފާއީ އަދި ސަލާމަތީ ދާއިރާގެ އެއްބާރުލުން އިތުރު ކޮށްފަ އެވެ. މިފަހަރު ސޮއި ކުރެވުނު އެއްބަސްވުމަކީ އަސްކަރީ ބާރު އިތުރު ކުރުމަށާއި، އިންޑޯ-ޕެސިފިކް ސަރަހައްދުގައި ސަލާމަތީ ގޮތުން އިތުރު ބާރެއް ހޯދުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ސަލާމަތީ ދާއިރާގެ މާހިރުން އަންނަނީ ފާހަގަ ކުރަމުންނެވެ.

މިއަހަރުގެ ޖުލައި މަަހުގެ ތެރޭގައި އިންޑިއާގެ ބޮޑު ވަޒީރު މޯދީ ވަނީ އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ. އެ ދަތުރުފުޅުގައި ދެ ޤައުމުގައި ދެ މެދުގައި ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ. އެ އެއްބަސްވުމުގެ ދަށުން ޓެކްސްޓައިލްސް، ވިސްކީ އަދި ކާރު ފަދަ އުފެއްދުންތަކުގެ ޓެރިފް ކުޑަކޮށް، ވިޔަފާރީތަކަށް މާކެޓަށް ވަނުމުގެ ފުރުސަތު ފަހި ކޮށްދޭނެ އެވެ.

އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެ އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެފައި ވަނީ، އިންޑިއާ އާއެކު ސޮއި ކޮށްފައިވާ މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ ހަަމައެކަނި ކަރުދާހުގެ އެއްބަސްވުމެއް ނޫން ކަމަށެވެ. ސްޓާމާ ވިދާޅުވީ އެ އެއްބަސްވުމުގެ ސަބަބުން ކުރި އެރުމަށް އިތުރު ފުރުސަތު ތަކެއް ވެސް ލިބިގެން ދާނެ ކަމަށެވެ.

ހަމަ އެހެންމެ، 2028 ވަނަ އަހަރާ ހަމައަށް އިންޑިއާ އަކީ ދުނިޔޭގެ ތިން ވަނަ އަށް އެންމެ ބޮޑު އިޤްތިޞާދަށް ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް ވެސް ސްޓާމާ ވިދާޅުވެފައިވެ އެވެ. އެ އެއްބަސްވުމުގެ ދަށުން 2040 ވަނަ އަހަރާ ހަމައަށް ދެ ޤައުމުގެ ދެ މެދުގައި ވިޔަފާރި 25.5 ބިލިއަން ޕައުންޑަށް އިތުރު ވާނެ ކަމަށް ލަފާ ކުރެވެ އެވެ.

އިންޑިއާ އަށް ސްޓާމާ ކުރެއްވި މި ދަތުރުފުޅުގައި ބޮޑު ވަޒީރު ކަމުގެ މަޤާމަށް ވަޑައިގެންނެވި ފަހުން، އިންޑިއާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

މަސްދަރު: ރޮއިޓާސް

އިންޑިއާއިނގިރޭސިވިލާތްކެއި ސްޓާމާ (އިނގިރޭސި ބޮޑު ވަޒީރު)ޔޫކޭ-އިންޑިއާ ގުޅުންއިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ

ކޮމެންޓް

އިތުރަށް ކިޔާލަން

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

އަޚްލާގީ ޕްރޮގްރާމު ފުރިހަމަ ކުރަންދެން ދަރިވަރު ސަސްޕެންޑް ކޮށްފި

11 ޑިސެމްބަރު 2025
އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

އިސްތިއުފާ ދެއްވި ރޭނާ އެނބުރި ކެބިނެޓަށް އަންނާނެ ކަމަށް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވެއްޖެ

10 ޑިސެމްބަރު 2025
އިނގިރޭސި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފި

އިނގިރޭސި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފި

10 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ފެބުރުއަރީ
އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

އިންޑިއާގެ މަޖިލީހުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާތީ އަބްދުއްރަހީމް ތައުރީފް ކުރައްވާ ރާއްޖޭގެ މަޖިލިސް ޑިޖިޓައިޒް ކުރުމަށް އެހީ އަށް އެދިވަޑައިގެންފި

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް
20242 އަހަރު ކުރިން
ރާއްޖެ

ޢަލީ ރަސްގެފާނުގެ ޖިހާދު މީޑިޔާއާ އެބަ މުޚާޠަބުކުރޭ، ޤައުމާ އެއްކޮޅަށް ޚަބަރުތައް ގެންނަން އެބަ ނަސޭހަތްދޭ: ރައީސް

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި
20233 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ވައިގެ ސަރަހައްދުން ފެނުނު ގޮތް ނޭނގޭ އެއްޗެއް، ފައިޓަރ ޗެޓް ބޭނުންކޮށްގެން ވައްޓާލައިފި

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ސެލެބްރިޓީ ރޭހުގެ މިފަހަރުގެ ބައިވެރިން

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ފިރުޝާނާ: ސިފައިންގެ ދުނިޔޭގައި ފިޔަޖަހާލި ދިވެހި އަންހެން ތަރިއެއް

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް
20197 އަހަރު ކުރިން
ރިޕޯޓު

ދިވެހި ބޭސް ހެދުމުގެ ނަމޫނާ ބޭސްވެރިއެއް

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!
20188 އަހަރު ކުރިން
ރިޕޯޓު

ދެވަންސޫރަ: އޮލިމްޕަސް އޯޑިއެންސާ ބީރައްޓެހި، ނަމަވެސް ކޮންމެހެން ބަލަންޖެހޭ ފިލްމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު