Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޓިކްޓޮކް

ކުޑަކުދިންނަށް ގެއްލުން ދޭ ކަމަށް ބުނެ ޓިކްޓޮކް އަށް ދައުވާކުރަނީ

މި ދަޢުވާތަކުގައި، ކުންފުނިން ގަސްތުގައި ކުޑަކުދިން ވީހާވެސް ގިނަ ވަގުތު މި އެޕްލިކޭޝަން ބޭނުންކުރުމަށް ނުރައްކާތެރި ގޮތަކަށް ދެވިހިފާ ސޮފްޓްވެއަރއެއް ބޭނުންކުރާކަމަށް ތުހުމަތުކޮށްފައިވެއެވެ. މީގެ އިތުރުން، ކޮންޓެންޓް މޮޑަރޭޝަންގެ ހަރުދަނާކަމާމެދު ޢާންމުންނަށް އޮޅުވާލާފައިވާކަމަށްވެސް މި ދަޢުވާތަކުގައި ފާހަގަކޮށްފައިވެއެވެ

ނިއުސް ޓީމް
ނިއުސް ޓީމް, ރާއްޖެ އެމްވީ | 9 އޮކްޓޯބަރު 2024 | ބުދަ 11:40
ކުޑަކުއްޖަކު ޓިކްޓޮކް އެޕްލިކޭޝަން ހުޅުވަނީ

ކުޑަކުއްޖަކު ޓިކްޓޮކް އެޕްލިކޭޝަން ހުޅުވަނީ

މަޤްބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމް ޓިކްޓޮކްއިން ކުޑަކުދިންނަށް ގެއްލުން ދިނުމާއި އަދި އެމީހުން ރައްކާތެރިކުރުމަށް ފެއިލްވެފައިވާކަމަށް ބުނެ، އެމެރިކާ އިން އަނެއްކާވެސް ދައުވާތަކެއް ކޮށްފިއެވެ.

އަންގާރަ ދުވަހު ނިއުޔޯކް، ކެލިފޯނިއާ އަދި އެމެރިކާގެ އިތުރު 11 ސްޓޭޓެއްގެ އިތުރުން ޑިސްޓްރިކްޓް އޮފް ކޮލަމްބިއާގައި ހުށަހެޅުނު މި ދަޢުވާތަކަކީ، ޗައިނާގެ މިލްކިއްޔާތުގައިވާ މި ކުންފުނިންޏަށް ކުރިމަތިވެފައިވާ ޤާނޫނީ ގޮންޖެހުންތަކަށް އިތުރުވެގެންދިޔަ ދަޢުވާތަކެކެވެ.

މި ދަޢުވާތަކުގައި، ކުންފުނިން ގަސްތުގައި ކުޑަކުދިން ވީހާވެސް ގިނަ ވަގުތު މި އެޕްލިކޭޝަން ބޭނުންކުރުމަށް ނުރައްކާތެރި ގޮތަކަށް ދެވިހިފާ ސޮފްޓްވެއަރއެއް ބޭނުންކުރާކަމަށް ތުހުމަތުކޮށްފައިވެއެވެ. މީގެ އިތުރުން، ކޮންޓެންޓް މޮޑަރޭޝަންގެ ހަރުދަނާކަމާމެދު ޢާންމުންނަށް އޮޅުވާލާފައިވާކަމަށްވެސް މި ދަޢުވާތަކުގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން، އިޝްތިހާރުތައް ދެއްކުމަށްޓަކައި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތައް ވީހާވެސް ގިނަ ވަގުތު އެޕްލިކޭޝަންގައި ހޭދަކުރުވުމަށް މަސައްކަތްކުރާ ކަމަށް ދައުވާގައި ފާހަގަކޮށްފައިވެއެވެ.

މި މައްސަލައާ ގުޅޭ ގޮތުން ކެލިފޯނިއާގެ އެޓަރނީ ޖެނެރަލް ރޮބް ބޮންޓާ ވިދާޅުވެފައިވަނީ، "ކުންފުނީގެ ފައިދާ އިތުރުކުރުމަށްޓަކައި، ޓިކްޓޮކުން އިޖުތިމާޢީ މީޑިއާގެ ވަބާއަށް މީހުން ހުށަހަޅާ ކަމަށާއި، ގަސްތުގައި ކުޑަކުދިން ޓާގެޓްކުރަނީ، ކުޑަކުދިންނަކީ އެޑިކްޓިވް ކޮންޓެންޓާ ދެކޮޅަށް ދިފާޢުވުމުގެ ޤާބިލުކަން ނުވަތަ އޭގެ ބޭނުންކުރުމުގައި ހަރުދަނާ އުުސޫލުތަކެއް ގެންގުޅުމުގެ ޤާބިލުކަން ނެތް ބައެއްކަން އެނގޭތީ،" ކަމަށެވެ.

ވޮޝިންގްޓަންގެ ދައުވާގައި ބުނެފައިވާ ގޮތުގައި، ޓިކްޓޮކްގެ ލައިވް ސްޓްރީމިންގ އަދި ވާރޗުއަލް ފައިސާގެ ނިޒާމު ޑިޒައިންކޮށްފައި ހުންނަނީ 'ވަކި އުމުރުފުރައަކަށް ބެލުމެއް ނެތި، އެއްވެސް ހަނިކުރުމެއް ނެތް، ސްޓްރިޕް ކްލަބެއްގެ ގޮތުގައި' އެވެ.

ގިނަ ތުހުމަތުތަކަކީ 'ނުބައި އަދި އޮޅުވާލުންތަކެއް ހިމެނޭ' ކަންކަން ކަމަށް ބުނެ ޓިކްޓޮކް އިން ވަނީ ތުހުމަތުތައް ދޮގުކޮށްފައެވެ. އަދި މުޅި ސިނާޢަތަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެކުގައި މަސައްކަތްކުރުމުގެ ބަދަލުގައި، ސްޓޭޓްތަކުން ދަޢުވާކުރުމަށް ނިންމާފައިވާތީ ހިތާމަކުރާ ކަމުގައި ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ޓިކްޓޮކްގެ މައި ކުންފުނިކަމުގައިވާ ބައިޓްޑާންސްއިން އަންނަނީ އެމެރިކާގައި މި އެޕްލިކޭޝަން މަނާކުރުމަށް ހުށަހެޅިފައިވާ މައްސަލައާ ދެކޮޅަށްވެސް މަސައްކަތްކުރަމުންނެވެ. މި މައްސަލައާ ގުޅޭ ގޮތުން އެކުންފުނިން ބުނެފައިވަނީ، ކުޑަކުދިން ރައްކާތެރިކުރުމަށް އެކަށީގެންވާ ފިޔަވަޅުތައް ނާޅާކަމަށް ކުރެވޭ ތުހުމަތުތަކަށް ދެކޮޅުހަދާ ކަމަށެވެ. އަދި ޒުވާނުންނާއި ބެލެނިވެރިންނަށް ހާއްސަކޮށް ރައްކާތެރިކަމުގެ 'ވަރުގަދަ ފިޔަވަޅުތަކެއް' އެޕްލިކޭޝަނުގައި ހިމަނާފައިވާކަމަށްވެސް ކުންފުނިން ބުނެފައިވެއެވެ.

އެހެންނަމަވެސް، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން ހުށަހަޅާފައިވާ ބިލުގައި ބުނެފައިވަނީ، ޓިކްޓޮކް މެދުވެރިކޮށް މި އެޕްލިކޭޝަން ބޭނުންކުރާ ފަރާތްތަކުގެ މަޢުލޫމާތު ޗައިނާ ސަރުކާރަށް ލިބޭ ކަމަށާއި، އަދި އޭގެ މަޤްބޫލު އެލްގޮރިދަމް މެދުވެރިކޮށް އެމެރިކާގެ ރައްޔިތުންނަށް ނުފޫޒު ފޯރުވުމުގެ ފުރުޞަތު އޮތްކަމަށެވެ. މި ބިލަށް ވައިޓް ހައުސްއިން ވަނީ ތާއީދުކޮށްފައެވެ.

ނަމަވެސް، އެމެރިކާގައި ޓިކްޓޮކް ބޭނުންކުރާ 170 މިލިއަން މީހީހުން މި ބިލަށް ދެކޮޅު ހަދައެވެ. މި އަދަދަކީ ގާތްގަނޑަކަށް އެމެރިކާގެ އާބާދީގެ ދެބައިކުޅަ އެއްބައެވެ. މީގެ އިތުރުން، މަދަނީ މިނިވަންކަމަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި ޑިޖިޓަލް ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުންވެސް ބުނަނީ، މި އެޕްލިކޭޝަން މަނާކުރުމަކީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށެވެ.

ޓިކްޓޮކްއެމެރިކާ

ކޮމެންޓް

އިތުރަށް ކިޔާލަން

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
އިނގިރޭސި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފި

އިނގިރޭސި ސަރުކާރުގެ ޑިވައިސްތަކުން ޓިކްޓޮކް މަނާ ކޮށްފައި ވަނިކޮށް، ބޮޑު ވަޒީރު ސްޓާމާ ޓިކްޓޮކް ބޭނުން ކުރައްވަން ފައްޓަވައިފި

10 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

އެމެރިކާ އަށް އެތެރެވުން މަނާ ގައުމުތަކުގެ ލިސްޓުގައި އިތުރު ގައުމުތައް ހިމަނަނީ

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 މެއި
2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް
20251 އަހަރު ކުރިން
ރާއްޖެ

2023 ވަނަ އަހަރު ޑިފެންސް މިނިސްޓްރީ އިން ހަރަދުކޮށްފައިވަނީ މާލިއްޔާތު ގާނޫނާ އެއްގޮތަށް

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ފަލަސްތީނުގައި ޔަހޫދީން ހިންގަމުން ގެންދާ ގަތުލުއާންމަކީ ދެގައުމެއްގެ ދޭތެރޭގައި އޮތް ދާހިލި މައްސަލައެއްގެ ގޮތުގައި ޕީއެންސީން ސިފަކޮށްފި

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ބޭހެއް ނުކަން، ޖަހާލީ ކުޅަނދުރު ކައްޓެއް. އަނެއް ދުވަހު ހެނދުނު ރަނގަޅުވެއްޖެ"

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް
20224 އަހަރު ކުރިން
ރާއްޖެ

އަސޭލާ ލައްވާ ކުރީގެ ރައީސް ޔާމީން ފާލު ބެލިކަން ހާމަވާ އިތުރުވާހަކަތަކެއް

މުއިއްޒުގެ ޢިއްޒަތް
20215 އަހަރު ކުރިން
ކޮލަމް

މުއިއްޒުގެ ޢިއްޒަތް

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟
20197 އަހަރު ކުރިން
ރިޕޯޓު

ނަޝީދު ކުޅުއްވީ ޑްރާމާއެއްތަ؟

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް
20188 އަހަރު ކުރިން
ރާއްޖެ

އާރަށުގައި ދިގުކޮށް ކިޔަވާތީ ތިން މުދިމުން ބަދަލުކޮށްފި: މަހްލޫފް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު