Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެގަތަރު-އީރާން

އިސްރާއީލަށް ކުރިމަތިލުމުގައި ގަތަރާއެކު އެންމެ ފަހު ވަގުތާ ޖެހެންދެން އީރާނުގެ ބާރުތައް ދެމި އޮންނާނެ ކަމަށް އީރާނުން ބުނެފި

އީރާނުގެ އެންމެ މަތީ ސިފައިންގެ ވެރިޔާ ވިދާޅުވެފައިވަނީ ޤަތަރަށް އިޒްރޭލުން ދިން ހަމަލާއަކީ އެމެރިކާގެ ބައިވެރިވުމާއެކު ކުރި ކަމެއްކަމަށާއި، އީރާނުން ޤަތަރުގެ ރައްޔިތުންނާއެކު އެންމެ ފަހަށް ދާންދެން ތިބޭނެކަމަށެވެ. ދެ ޤައުމުގެ ގުޅުން އުޚުއްވަތްތެރިކަމުގެ މައްޗަށް ބިނާވެފައިވާތީ، އީރާނުގެ ހަތިޔާރުވެރި ބާރުތަކުން ގަތަރަށް އެހީތެރިވުމުގައި ފަސްޖެހުމެއް ނުގެންގުޅޭނެ ކަމަށް ވިދާޅުވެފައިވެއެވެ.

ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2025 | ހުކުރު 02:44
އީރާނުގެ ސިފައިންގެ ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް އަބްދުލްރަހީމް މޫސަވީ އާއި ގަތަރުގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރު އޮފް ސްޓޭޓް ފޯ ޑިފެންސް އެފެއާޒް ސައުދު ބިން އަބްދުއްރަހްމާން އަލް ޘާނީ

އީރާނުގެ ސިފައިންގެ ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް އަބްދުލްރަހީމް މޫސަވީ އާއި ގަތަރުގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓަރު އޮފް ސްޓޭޓް ފޯ ޑިފެންސް އެފެއާޒް ސައުދު ބިން އަބްދުއްރަހްމާން އަލް ޘާނީ

އިސްރާއީލަށް ކުރިމަތިލުމުގައި ގަތަރާއެކު އެންމެ ފަހު ވަގުތާ ޖެހެންދެން ދެމި އޮންނާނެ ކަމަށް އީރާނުން ބުނެފި އެވެ.

އީރާނުގެ ސިފައިންގެ އެންމެ އިސް ވެރިޔާ ވިދާޅުވެފައި ވަނީ ގަތަރަށް އިސްރާއީލުން ދާދި ފަހުން ދިން ހަމަލާ އަކީ "އެމެރިކާގެ ރުހުމާއި ވިލަރެސްކުރުމާ" ނުލައި ހިނގާފައިވާ ކަމެއް ނޫން ކަމަށާއި، އީރާނާއި އެ ގައުމުގެ ހަތިޔާރުއެޅި ބާރުތައް "އެންމެ ފަހަށް" ދާންދެން ދޯހާ އާއެކު ދެމި ތިބޭނެ ކަމަށެވެ.

އީރާނުގެ ހަތިޔާރުއެޅި ބާރުތަކުގެ ޗީފް އޮފް ސްޓާފް، މޭޖަރ ޖެނެރަލް އަބްދުލްރަހީމް މޫސަވީ މިހެން ވިދާޅުވީ ގަތަރުގެ ބޮޑުވަޒީރުގެ ނައިބު އަދި ދިފާއީ ކަންކަމާ ހަވާލުވެ ހުންނެވި ދައުލަތުގެ ވަޒީރު ސައުދު ބިން އަބްދުއްރަހްމާން އަލް ޘާނީއާ ފޯނުން ވާހަކަ ދައްކަވަމުންނެވެ.

ގަތަރަށް ދާދިފަހުން ދެވުނު ޓެރަރިސްޓް ހަމަލާ ކުށްވެރި ކުރައްވަމުން، ޖެނެރަލް މޫސަވީ ވިދާޅުވީ އީރާނުގެ އިސްވެރިންނާއި ސިޔާސީ ފަރާތްތަކުން މި ހާދިސާ "ވަރަށް ބޮޑަށް" ކުށްވެރިކުރާ ކަމަށެވެ.

އަންގާރަ ދުވަހު އިސްރާއީލުގެ ހަނގުރާމަ މަތީ މަތިންދާ ބޯޓުތަކުން ގަތަރުގެ ވެރިރަށް ދޯހާގައި ހުރި ހަމާސް ޖަމާއަތުގެ މައި މަރުކަޒަށް ހަމަލާދިން ކަމަށް ބުނަމުން އިސްރާއީލުގެ މީޑިއާތަކުން މި ހަމަލާ ސިފަކޮށްފައިވަނީ ހަމާސްގެ ލީޑަރޝިޕް "ނައްތާލުމުގެ އޮޕަރޭޝަނެއް" ގެ ގޮތުގައެވެ.

މި ހަމަލާތައް ދެވުނީ ހަމާސްގެ ލީޑަރުން ޣައްޒާގައި ހަނގުރާމަ ހުއްޓުވުމަށް އެމެރިކާ އިން ހުށަހަޅާފައިވާ އެންމެ ފަހުގެ ހުށަހެޅުމާ މެދު މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބާއްވަމުން ދަނިކޮށެވެ.

ޖެނެރަލް މޫސަވީ އިތުރަށް ވިދާޅުވީ އީރާނުގެ ހަތިޔާރުއެޅި ބާރުތަކުން "ގަތަރަށް އެހީތެރިވުމުގައި ފަސްޖެހުމެއް ނުގެންގުޅޭނެ" ކަމަށެވެ. އެއީ "ދެ ގައުމާއި ދެ ޤައުމުގެ ރައްޔިތުންގެ ގުޅުން އަބަދު ވެސް ބިނާވެފައިވަނީ އުޚުއްވަތްތެރިކަމުގެ މައްޗަށް" ކަމަށް ވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ފާހަގަ ކުރެއްވީ ދުޝްމިނުންނާ ކުރިމަތިލާންޖެހޭ ހިނދު، ޚާއްޞަކޮށް ސަރަޙައްދުގައި "ހަމަޖެހުން ނެތުމުގެ މައިގަނޑު ސަބަބު" ކަމުގައިވާ ކުށްވެރި ޒަޔަނިސްޓް ދައުލަތާ ކުރިމަތިލާން ޖެހޭ ހިނދު، އީރާނުން ގަތަރުގެ ރައްޔިތުން އެކަނި ދޫކޮށް ނުލާނެ،" ކަމަށެވެ.

ގަތަރުގައި ހުންނަ ހަމާސް ހަރަކާތުގެ މައި މަރުކަޒަށް އިސްރާއީލުން ދިން ހަމަލާ އަށް ފަހު އެ އިމާރާތް ފެންނަ ގޮތް
ގަތަރުގައި ހުންނަ ހަމާސް ހަރަކާތުގެ މައި މަރުކަޒަށް އިސްރާއީލުން ދިން ހަމަލާ އަށް ފަހު އެ އިމާރާތް ފެންނަ ގޮތް

މަސްދަރު: ޕްރެސް ޓީވީ

އީރާން-އެމެރިކާޢަބްދުއް ރަޙީމް މޫސަވީސައުދު އަލް ތާނީދޯހާހަމާސްގަތަރު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ސައުދީ އާއި ޤަތަރު ހައި ސްޕީޑު ރޭލުން ގުޅާލަނީ

09 ޑިސެމްބަރު 2025
ސައުދީ އާއި ޤަތަރު ހައި ސްޕީޑު ރޭލުން ގުޅާލަނީ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު