Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ-ޤަތަރު

އިސްރާއީލްގެ ހަމަލާއާ ގުޅިގެން، ޤަތަރުގެ ބޮޑު ވަޒީރު ޓްރަމްޕްއާ ބައްދަލު ކުރައްވަނީ

ޤަތަރުގެ ބޮޑު ވަޒީރު އެމެރިކާ އަށް ވަޑައިގެން، އެ ޤައުމުގެ ރައީސް ޓްރަމްޕް އަދި ނައިބު ރައީސް ޖޭޑީ ވޭންސްއާ ބައްދަލު ކުރައްވާނެ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. ހަމަ އެހެންމެ، ޓްރަމްޕްގެ ފަރާތުން މެދު އިރު މައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ޤަތަރުގެ ބޮޑުވަޒީރު އިސްރާއީލުން ދޯހާއަށް ދިން ހަމަލާއާ ގުޅިގެން ޓްރަމްޕް އަދި އެމެރިކާގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވަން ވައިޓް ހައުސްއަށް ޒިޔާރަތްކުރައްވާ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ސެޕްޓެމްބަރު 2025 | ހުކުރު 07:34
ޤަތަރުގެ ބޮޑު ވަޒީރު ޝެއިޚް މުޙައްމަދު ބިން ޢަބްދުއް ރަޙުމާން އަލް ޘާނީ

ޤަތަރުގެ ބޮޑު ވަޒީރު ޝެއިޚް މުޙައްމަދު ބިން ޢަބްދުއް ރަޙުމާން އަލް ޘާނީ

އިސްރާއީލް އިން ޤަތަރަށް ދިން ހަމަލާއާ ގުޅިގެން، ޤަތަރުގެ ބޮޑު ވަޒީރު ޝެއިޚް މުޙައްމަދު ބިން ޢަބްދުއް ރަޙުމާން އަލް ޘާނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އެމެރިކާ ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވަން ނިންމަވައިފި އެވެ.

ހުކުރު ދުވަހު ޤަތަރުގެ ބޮޑު ވަޒީރު އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އަށް ވަޑައިގަންނަވާނެ އެވެ. މި ދަތުރު ކުރެއްވުމަށް ހަމަޖެހިފައި ވަނީ، ޤަތަރުގައި ތިބި ހަމާސް ޖަމާއަތުގެ ސިޔާސީ އިސްވެރިންނަށް އަމާޒުކޮށް އިސްރާއީލް އިން ދިން ހަމަލާއާ ގުޅިގެންނެވެ.

ޤަތަރުގެ ބޮޑު ވަޒީރު އެމެރިކާ އަށް ވަޑައިގެން، އެ ޤައުމުގެ ރައީސް ޓްރަމްޕް އަދި ނައިބު ރައީސް ޖޭޑީ ވޭންސްއާ ބައްދަލު ކުރައްވާނެ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ހަމަ އެހެންމެ، ޓްރަމްޕްގެ ފަރާތުން މެދު އިރު މައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްސަ މަންދޫބު ސްޓީވް ވިކްޓޮފް އަދި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއާ ވެސް ބައްދަލު ކުރައްވާނެ ކަމަށް ވަނީ ބުނެފަ އެވެ.

މެދު އިރުމަތީގެ މަޝްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައި، އިސްރާއީލް އިން ޤަތަރަށް ދިން ހަމަލާގެ ސަބަބުން އެ ސަރަހައްދުގެ ޙާލަތު އިތުރަށް ގޯސްވެދާނެ ކަމަށް ބައެއް ފަރާތްތަކުން އަންނަނީ ފާހަގަ ކުރަމުންނެވެ. އިސްރާއީލް އިން ޤަތަރަށް ދިން ހަމަލާގެ ސަބަބުން، ގިނަ ޤައުމު ތަކަކުން ވަނީ އެ ހަމަލާ ކުށްވެރި ވެސް ކޮށްފަ އެވެ.

އިސްރާއީލްގެ ހަމަލާތައް ކުށްވެރިކޮށް އދ ގެ ސަލާމަތީ މަޖިލީހުން ވެެސް ބަޔާނެއް ނެރެފައިވާއިރު، އެ ބަޔާނަށް އެމެރިކާ އިން ވެސް ތާއީދު ކޮށްފައިވެ އެވެ. ނަމަވެސް، އެ ބަޔާނުގައި އިސްރާއީލްގައި ނަން ހިމަނާފައި ނުވާކަން ފާހަގަ ކުރެވެ އެވެ.

އެމެރިކާ އާއި ޤަތަރަކީ މިހާތަނަށް އައިއިރު ވެސް، ވަރަށް ގާތް ގުޅުމެއް ބާއްވަމުން އަންނަ ދެ ޤައުމެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ މިއަހަރުގެ ތެރޭގައި ޤަތަރަށް ވަޑައިގެންފަ އެވެ. އަދި ޤަތަރަކީ ޣައްޒާ ހަނގުރާމަ ނިންމުމަކަށް ގެނައުމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުން އައި ޤައުމެވެ. އޭގެ ތެރޭގައި ހަނގުރާމަ ހުއްޓާލުމާއި، ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި އިސްރާއީލްގެ ރައްޔިތުން މިނިވަން ކުރުމުގެ މަސައްކަތް ވެސް ހިމެނެ އެވެ.

އަނެއްކޮޅުން އެމެރިކާ އަކީ އިސްރާއީލަށް ވަރަށް ބޮޑަށް ވާގިވެރި ވަމުން އަންނަ ޤައުމެކެވެ. ނަމަވެސް، އިސްރާއީލް އިން ޤަތަރަށް ހަމަލާ ދިނުމާ ގުޅިގެން، އެމެރިކާ އިން ވަނީ ނުރުހުން ފާޅު ކޮށްފަ އެވެ. އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވެފައި ވަނީ، ޤަތަރަށް ހަމަލާ ދިނުމަށް ނިންމީ އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ކަމަށާއި، އެކަމުގައި އެމެރިކާގެ އެއްވެސް ބައިވެރިވުމެއް ނޯންނާނެ ކަމަށެވެ.

މަސްދަރު: އަލް އަރަބިއްޔާ

ހަމާސް-އިސްރާއީލްޑޮނަލްޑް ޓްރަމްޕްޝެއިޚް މުހައްމަދު އަލްތާނީވައިޓް ހައުސްޣައްޒާ ހަނގުރާމަދޯހާ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު