Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޤަތަރު

އިސްރާއީލުން ގަތަރުގެ ވެރިރަށް ދޯހާ އަށް ބޮން އަޅައިފި

މި ހަމަލާއަކީ ދޯހާގައި ތިބި ހަމާސްގެ އިސް އޮފިޝަލުންނަށް އަމާޒުކޮށް ދިން ހަމަލާއެއް ކަމަށް އިސްރާއީލުން ބުނެފައިވެއެވެ. އިސްރާއީލުން ދޯހާގައި ދިން ބޮމުގެ ހަމަލާގައި ހަމާސްގެ އިސް ނިގޯޝިއޭޓަރު ޚަލީލް އަލް-ހައްޔާ ޝަހީދުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރާއްޖެ އެމްވީ | 9 ސެޕްޓެމްބަރު 2025 | އަންގާރަ 13:44
ދޯހާ ގައި އިސްރާއީލުން ބޮން އެޅި ސަރަހައްދުން ބޯ ދުން އަރަނީ

ދޯހާ ގައި އިސްރާއީލުން ބޮން އެޅި ސަރަހައްދުން ބޯ ދުން އަރަނީ

އިސްރާއީލުން އަންގާރަ ދުވަހު ޤަތަރުގެ ވެރިރަށް ދޯހާ އަށް ބޮން އަޅައިފިއެވެ.

އިސްރާއީލުން ބުނީ އެ ހަމަލާގެ އަމާޒަކީ ދޯހާ ގައި ތިބި ހަމާސްގެ އިސް އޮފިޝަލުން ކަމަށެވެ.

އަލް އަރަބިއްޔާ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޤަތަރުގައި އިސްރާއީލުން ދިން ހަމަލާގައި ހަމާސްގެ އިސް ނިގޯޝިއޭޓަރު ޚަލީލް އަލް-ހައްޔާ ވަނީ ޝަހީދުވެފައެވެ.

އަލް-ޖަޒީރާ އިން ހަމާސް އާ ހަވާލާދީ ބުނެފައިވަނީ ހަމަލާގައި ގްރޫޕުގެ އެއްވެސް މެމްބަރަކު މަރުވެފައި ނުވާ ކަމަށެވެ.

ހަމާސް ގެ މަސްދަރަކާ ހަވާލާދީ އަލް-ޖަޒީރާ އިން ބުނެފައިވަނީ ހަމަލާ ދިނީ ހަނގުރާމަ ހުއްޓާލުމާ ބެހޭ ޕްރޮޕޯސަލް އަކާ ބެހޭ ގޮތުން މަޝްވަރާ ކުރަން ތިއްބާ ކަމުގައެވެ.

އިސްރާއީލުގެ ސިފައިންގެ ފަރާތުން ވެސް ވަނީ ހަމާސްގެ އިސް ލީޑަރުންނަށް އަމާޒުކޮށް ހަމަލާދިން ކަމަށް ބުނެފައެވެ.

ޤަޠަރުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މާޖިދު އަލް އަންސާރީ ބަޔާނެއްގައި ވިދާޅުވެފައިވަނީ، ޤަޠަރުން "އެންމެ ހަރުކަށި އިބާރާތުން" މި ހަމަލާ ކުށްވެރިކުރާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި މި ހަމަލާ އަމާޒުކުރެވިފައިވަނީ ހަމާސްގެ ސިޔާސީ ބިއުރޯގެ އެތައް މެންބަރުންނެއް ދިރިއުޅޭ އިމާރާތްތަކަށެވެ.

ގަތަރުން ބުނެފައިވަނީ ސަރަޙައްދީ ސަލާމަތާ ނުރައްކާ ކޮށް، އޭޣެ އިތުރުން ޤަޠަރުގެ ސަލާމަތާއި މިނިވަންކަމަށް އަމާޒުކޮށް ހިންގާ އެއްވެސް އަމަލެއް ބަލައި ނުގަންނާނެ ކަމަށެވެ.

ގަތަރު މެދުވެރިވެގެން ދޯހާގައި ހިނގަމުންދާ ކަމަކީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެންމެ ފަހުގެ ޕްރޮޕޯސަލް އާ ބެހޭ ގޮތުން ހަމާސްގެ ވަފުދު ބައްދަލުވުންތަކެއް ބާއްވަމުން ގެންދިއުމެވެ.

މި މަޝްވަރާތައް ކުރިއަށް ދާ އިރުވެސް އިސްރާއީލުގެ ސިފައިން ގެންދަނީ ޣައްޒާ ހިސޯރު ކުރުމުގެ އަސްކަރީ އޮޕަރޭޝަން ކުރިއަށް ގެންދަމުންނެވެ.

މެޑިކަލް މަސްދަރުތަކުން ބުނާ ގޮތުގައި، އަންގާރަ ދުވަހު ޣައްޒާ ސްޓްރިޕްގެ އެކި ސަރަޙައްދުތަކުގައި އިސްރާއީލީ ބާރުތަކުން މަދުވެގެން 35 މީހުން ޝަހީދު ކޮށްލާފައިވެއެވެ. މީގެ ތެރޭގައި އެހީ ހޯދަން އުޅުނު 7 މީހުން ހިމެނެއެވެ.

ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި އިސްރާއީލުން ވަނީ އަރަބި 6 ގައުމަކަށް ބޮން އަޅާފައެވެ.

ދޯހާ އަށް އިސްރާއީލުން ދިން ހަމަލާ އާ ބެހޭ ގޮތުން، އިސްރާއީލުގެ އެންމެ ގާތް އެކުވެރިޔާ އެމެރިކާ އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

މަސްދަރު: އަލް އަރަބިއްޔާ

އިސްރާއީލް-ހަމާސްގަތަރުދޯހާޚަލީލް އަލް ހައްޔާއިސްރާއީލް އަސްކަރިއްޔާޣައްޒާ ހަނގުރާމަ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި

13 ޑިސެމްބަރު 2025
ހަމާސް ގެ ސީނިއާ ކޮމާންޑަރަކު ޣައްޒާ ގައި ޝަހީދު ކޮށްލައިފި
09 ޑިސެމްބަރު 2025

ސައުދީ އާއި ޤަތަރު ހައި ސްޕީޑު ރޭލުން ގުޅާލަނީ

09 ޑިސެމްބަރު 2025
ސައުދީ އާއި ޤަތަރު ހައި ސްޕީޑު ރޭލުން ގުޅާލަނީ
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
06 ޑިސެމްބަރު 2025

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި
05 ޑިސެމްބަރު 2025

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު