Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ގަތަރު-އިސްރާއީލު

ގަތަރަށް އިސްރާއީލުން ދިން ހަމަލާ އާ ގުޅިގެން ކުއްލި އަރަބި-އިސްލާމީ ސަމިޓެއް ބާއްވާނީ

ޤަތަރުން އިސްރާއީލުގެ ހަމަލާ އާ ގުޅިގެން އަރަބި-އިސްލާމީ ސަމިޓެއް ބޭއްވުމަށް ނިންމައިފި. ޤަތަރުން ހަމާސް އަށް ރައްކާތެރިކަން ދޭ ކަމަށް ބުނެ އިސްރާއީލުން ދިން އިންޒާރާއި ގުޅިގެން، ޤަތަރުން އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި.

ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2025 | ހުކުރު 02:15
ދޯހާ، ގަތަރު - ސެޕްޓެމްބަރު 9: ގަތަރުގެ ދޯހާގައި ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށްގެން އިސްރާއީލުން ހަމަލާ ދިން ވަގުތު ނަގާފައިވާ ސެކިއުރިޓީ ފޫޓޭޖްތަކުގެ ސްކްރީން އިމޭޖެއް

ދޯހާ، ގަތަރު - ސެޕްޓެމްބަރު 9: ގަތަރުގެ ދޯހާގައި ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށްގެން އިސްރާއީލުން ހަމަލާ ދިން ވަގުތު ނަގާފައިވާ ސެކިއުރިޓީ ފޫޓޭޖްތަކުގެ ސްކްރީން އިމޭޖެއް

އިސްރާއީލުން ގަތަރުގެ ވެރިރަށް ދޯހާގައި ތިބި ހަމާސްގެ ލީޑަރޝިޕް އަށް އަމާޒުކޮށް ދިން ނުބައި ހަމަލާއާ ގުޅިގެން އަންނަ ހަފްތާގެ ކުރީކޮޅު ކުއްލި އަރަބި-އިސްލާމީ ސަމިޓެއް ބާއްވާނެ ކަމަށް ގަތަރުން އިއުލާނު ކޮށްފިއެވެ.

ޤަތަރުގެ ރަސްމީ ނިއުސް އެޖެންސީ (ކިއުއެންއޭ) އިން ފޮރިން މިނިސްޓްރީ އާ ހަވާލާދީ ބުރާސްފަތު ދުވަހު ރިޕޯޓުކުރި ގޮތުގައި، މި ކުއްލި ސަމިޓުގެ ކުރިން އާދީއްތަ ދުވަހު ފޮރިން މިނިސްޓަރުންގެ ތައްޔާރީ ބައްދަލުވުމެއް ބޭއްވުމަށްފަހު، "ސެޕްޓެމްބަރ 14-15 ގައި ދޯހާގައި، ގަތަރަށް އިސްރާއީލުން ދިން ހަމަލާ އާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކުއްލި އަރަބި-އިސްލާމީ ސަމިޓެއް" ބޭއްވޭނެއެވެ.

އަންގާރަ ދުވަހު ގަތަރުގައި ތިބި ހަމާސްގެ އިސް ލީޑަރުން އަވަހާރަކޮށްލުމަށް އިސްރާއީލުން ނުރައްކާތެރި ކުއްލި ވައިގެ ހަމަލާއެއް ދިނުމާ ގުޅިގެން މުޅި ދުނިޔޭން އެ ހަމަލާ ވަނީ ކުށްވެރިކޮށްފައެވެ.

ބުދަ ދުވަހު ދޯހާއިން ވަނީ، އިސްރާއީލުގެ ބޮޑުވަޒީރު އެދުވަހުގެ ކުރީކޮޅު ދެއްކި ވާހަކައިގައި ހަމާސްގެ އޮފިޝަލުން ބޭރު ކުރުމަށް ނުވަތަ "އިންސާފުގެ ކުރިމައްޗަށް ގެނައުމަށް" ގަތަރަށް އިންޒާރުދީ، އެހެން ނޫނީ، އަދިވެސް ހަމަލާ ދޭނަމޭ" ބުނި ބުނުމާ މެދު ހަރުކަށި ބަޔާނެއް ނެރެފައެވެ.

ނަތަންޔާހޫ ވަނީ ގަތަރުން ހަމާސް އަށް ރައްކާތެރިކަން ދީ، މާލީ އެހީތެރިކަންދޭ ކަމަށް ވެސް ތުހުމަތުކޮށްފައެވެ. މިކަމާ ގުޅިގެން ދޯހާ އިން ވަނީ ހަރުކަށި ރައްދެއް ދީފައެވެ.

އެކްސްގައި ހިއްސާ ކުރި ބަޔާނެއްގައި، ގަތަރުގެ ފޮރިން މިނިސްޓްރީން ވަނީ ނަތަންޔާހޫ "ގަތަރުގެ ސިޔާދަތަށް ކުރިމަގުގައި ގެއްލުން ދިނުމުގެ ސާފު އިންޒާރުތައް" ކުށްވެރިކޮށްފައެވެ.

"ހަމާސް ގެ އޮފީސް ގާއިމު ކޮށްފައި ވަނީ އެމެރިކާ އާއި އިސްރާއީލުން އެދިގެން ގަތަރުން އަދާ ކުރަމުން ގެންދާ މެދުވެރިއެއްގެ މަސައްކަތްތަކުގެ ތެރެއިން ކަން ނަތަންޔާހޫ އަށް ވަރަށް ރަނގަޅަށް އެނގޭ،" ކަމަށް މިނިސްޓްރީން ބުންޏެވެ.

ގަތަރުގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ، އިސްރާއީލާއި ހަމާސް އާ ދެމެދު "މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވަނީ އަބަދުވެސް ރަސްމީކޮށް އަދި ހާމަކަން ބޮޑު ގޮތެއްގައި، ބައިނަލްއަޤްވާމީ އެހީތެރި ކަމާއެކު އަދި އެމެރިކާ އާއި އިސްރާއީލުގެ ވަފުދުތައް ހާޒިރުވެ ތިބެގެންނެވެ. ހަމާސްގެ ވަފުދު ސިއްރުން ފޮރުވައިގެން ބޭތިއްބި ކަމަށް ނަތަންޔާހޫ ދައްކާ ވާހަކައަކީ މުޅި ދުނިޔެ ކުށްވެރިކުރާ ކުށްތަކެއް ފޮރުވަން ކުރާ ނާކާމިޔާބު މަސައްކަތެކެވެ."

މަސްދަރު: ރޮއިޓާރސް

ހަމާސް-އިސްރާއީލްހަމާސްދޯހާއަރަބި-އިސްލާމީ ސަމިޓްމެދު އިރުމަތިގަތަރު

ކޮމެންޓް

އިތުރަށް ކިޔާލަން

ސައުދީ އާއި ޤަތަރު ހައި ސްޕީޑު ރޭލުން ގުޅާލަނީ

ސައުދީ އާއި ޤަތަރު ހައި ސްޕީޑު ރޭލުން ގުޅާލަނީ

09 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

ހަމާސް އިން ޣައްޒާ ގެ ވެރިކަން ކުރާކަށް ބޭނުމެއް ނޫން ކަމަށް ބުނެފި

06 ޑިސެމްބަރު 2025
ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

ޣައްޒާ ގައި ހަމާސް އާ ދެކޮޅަށް ހަރަކާތްތެރިވާ ހަތިޔާރުއެޅި ފަލަސްތީނުގެ ޖަމާޢަތެއްގެ ވެރިޔާ މަރާލައިފި

05 ޑިސެމްބަރު 2025
ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވުމަށްފަހު، ފާއިތުވި 44 ދުވަހުގެ ތެރޭގައި އިޒްރޭލުން މަދުވެގެން 497 ފަހަރު އެ އެއްބަސްވުމާ ޚިލާފުވެއްޖެ

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 އެޕްރީލު
އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި
20251 އަހަރު ކުރިން
ރާއްޖެ

އެއަރޕޯޓަށް ހަތިޔާރާއެކު 10 އަސްކަރީ އުޅަނދު ބާލައިފި، ޓްރެއިނަރުންނާއި އޮޕަރޭޓަރުންވެސް ގެނެސްފި

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު
20242 އަހަރު ކުރިން
ރާއްޖެ

ފުލުހުންގެ އޮޕަރޭޝަންތައް ވަކި ގޮތަކަށް ކުރިއަށްގެންދިއުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން: ހަމީދު

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ބްރިޖް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"
20224 އަހަރު ކުރިން
ރިޕޯޓު

ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސްގެ ދެވަނަ އެޕިސޯޑު: "ހުސްދޮގު، ތީހަމަ ހުސް ދޮގު"

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް
20215 އަހަރު ކުރިން
ދުނިޔެ

ޖަނާޒާގައި ބައިވެރިވުމަށް ޕްރިންސް ހެރީ އިނގިރޭސިވިލާތަށް

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟
20197 އަހަރު ކުރިން
ރިޕޯޓު

ވެލާގެ އިހުތިޖާޖު، ތަރަށްގީއަށް ދެއްކި އަގަކީ މިއީ ތޯ؟

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

މަސް ނުކިރުވިގެން، ކަނޑަށް މަސް އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު