Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޚިޔާލު ހޯދުމުގެ ވޯޓު

އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓު: މިސްރާބު ވަކިވެގަނެ ނިކަމެތިކަމަށް؟

މި މަހު 25ގައި ބާއްވާ އައްޑޫ ޚިޔާލު ހޯދުމުގެ ވޯޓުގައި މުޅި އައްޑޫ ބައިވެރި ނުކުރުމަކީ ސުވާލު އުފެދޭ ކަމެކެވެ. ބައެއް މީހުން ބުނާ ގޮތުން މިކަމުގެ ބޭނުމަކީ އައްޑޫ ބައިބައިކޮށްލުމެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2025 | ހޮނިހިރު 14:23
ދިވެހިރާއްޖޭގައި މާލެސިޓީ ނެގުމަށްފަހު އެންމެ އާބާދީ ބޮޑީ އައްޑޫ ސިޓީ

ދިވެހިރާއްޖޭގައި މާލެސިޓީ ނެގުމަށްފަހު އެންމެ އާބާދީ ބޮޑީ އައްޑޫ ސިޓީ

ސަރުކާރަށް ސަނާ ކިޔާ ދޫތަކުން މި ދުވަސްކޮޅު އެންމެ ބޮޑަށް ދައްކާ ވާހަކަ އަކީ މާ ވަރުގަދަ އަށް މި ސަރުކާރުން އާއްމުންގެ ޚިޔާލު ހޯދާ ވާހަކައެވެ. ބުނަނީ އާއްމުންގެ ޚިޔާލު އިންތިހާ އަށް، ތަންމިނަށް ހޯދާ ތަން ފެންނަ ކަމަށެވެ. އަދި އާއްމު މީހާގެ ކަންކަން ނިންމަން އާއްމު މީހާ އަށް ފުރުސަތު ދޭ ކަމަށް ބުނެ ގައުމުގެ ވެރި މީހާ އަށް ނުކުރާކަށް ހުޝާމަދެއް ނެތެވެ.

ވެގެން މި އުޅޭ ގޮތަކީ އައްޑޫ ސިޓީގައި ކައުންސިލް އޮންނަންވީ ގޮތާ ގުޅޭ ގޮތުން އާއްމުންގެ ޚިޔާލު ހޯދުމަށް ވޯޓަށް އަހަނީއެވެ. ރާއްޖޭގެ ދެވަނަ އަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ކައުންސިލަށް ބަދަލު ގެނައުމާއި މެދު މި ވޯޓާއި އެކު ގޮތެއް ނިންމޭނެއެވެ.

ކަން މިހެން އޮތް އިރު މިއީ އާއްމުންގެ ޚިޔާލު ހޯދުމުގައި ހަގީގަތުގައި ވެސް ކުރިއަށް އަޅާ ފިޔަވަޅެއްތޯ ވިސްނާލުން މުހިންމެވެ. ތިން ރަށެއްގައި އެކަނި ވޯޓަށް އަހާ އިރު މި ވޯޓުން އަސަރު ކުރަނީ ހަމައެކަނި އެ ތިން ރަށަކަށް ނޫނެވެ.

ޚިޔާލު ހޯދުމުގައި މުހިންމު ބަޔަކު އިސްތިސްނާ ކުރުމަކީ އިންސާފުވެރި ގޮތެއް ނޫން ކަމަށް ހަތަރު ޖަމިއްޔާއަކުން ހޮނިހިރު ދުވަހު އެކަނި ވެސް ބުނެފައި އެބަ އޮތެވެ. މި ކަމާއި މެދު ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާ އާއްމުންނާއި ސިޔާސީ މީހުންގެ ވާހަކަ އިހަށް ބާއްވާށެވެ. ޖަމިއްޔާތަކުގެ ބަހަށް ބަލާލާނަމެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް، ޕްރޮޖެކްޓް ތިމާވެށި، ލޯކަލް ކައުންސިލްސް އެސޯސިއޭޝަން އަދި ޒީރޯ ވޭސްޓް މޯލްޑިވްސް އިން މިވަނީ މިކަމާއި ގުޅޭ ގޮތުން ބަޔާނެއް ނެރެފައެވެ.

މިހާރު ވޯޓު ނަގާ ގޮތް އިންސާފުވެރި ނޫން ކަަމަށް މި ޖަމިއްޔާތަކުން އެ ދަނީ ހަރު އަޑުން ބުނަމުންނެވެ. އެ ވޯޓުގައި ސިޓީގެ އެންމެން ބައިވެރި ނުކުރާތީ ޖަމިއްޔާ ޖަމާއަތްތަކުން އަޑު އުފުލަމުން ދިޔަ ނަމަވެސް އެ އަޑު ސަރުކާރުގެ ބީރު ކަންފަތަކަށް ނީވެއެވެ. ޚިޔާލާއި ފިކުރަށް އިހުތިރާމް ކުރެވޭނީ މިހާވަރަކަށް ނޫންތޯއެވެ؟ ޖަމިއްޔާ ޖަމާއަތްތަކުގެ ރައުޔަށް ނުކުރި އިހުތިރާމެއް ވަކި ވަކި ފަރުދުންގެ ޚިޔާލަށް ކޮށްފާނެ ކަމަށް ވިސްނުމަކީ މޮޔަކަމަކަށް ނޫނީ ނުވާނެ ނޫންތޯއެވެ.

ކައުންސިލް އޮންނާނެ ގޮތަކާ މެދު ވޯޓެއް ނަގަނީ ރައްޔިތުން ބޭނުންވެގެންނޭ ބުނާތީ އަޑު އެހީމެވެ. އެކަމަކު މާ ސިންގާ ސިޓީ އެއް ރޫޅާލަނީ މައިނޯރިޓީ އެއްގެ ކިބައިގައި އެކަނި އަހައިގެން ކަމަށް ވާ ނަމަ މިީ ކޮން ކަހަލަ ޑިމޮކްރަސީ އެއްތޯއެވެ.

ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަން ހާމަކުރެއްވީ ރައީސް މީހާއެވެ. މިދިޔަ މަހު 17 ވަނަ ދުވަހު އެކަން އިއުލާން ކުރައްވާ އެ އިންތިޚާބު އަވަސް އަރުވާލައިގެން ބާއްވާ އިރު އެކަމާއި އައްޑޫ ސިޓީ ކައުންސިލާއި ކުރި މަޝްވަރާ އެއް ނެތެވެ. އައްޑޫގެ މޭޔަރު ކައިރީގައި ވެސް ހޭ ވެސް އަހާލި މީހަކު ނެތެވެ. އެކަމަކު މިހާރު ވެރިއަކަށް ހުންނަ ބޭފުޅާ އަކީ ލާމަރުކަޒީ ޗެމްޕިއަނެއް ކަމަށް މި ސަރުކާރުގެ ސިޔާސީ ވެރިން ނިކަން ފަރިތަކޮށް އެބަ ބުނެއެވެ. ކަން ހިނގާ ގޮތަށް ބަލާ އިރު އެ ޓައިޓަލް އާއި މި ވެރި މީހާ އަދި ވަރަށް ބީރައްޓެހި ކަމަށް އަޅުގަނޑަށް ފާހަގަކުރެވެއެވެ.

މި މަހުގެ 25ގައި އިންތިޚާބު ބާއްވަން އިއުލާންކޮށް އީސީން ވަނީ އެ މަސައްކަތް މެކުހަށް ޖަހާފައެވެ. ފޭދޫ އާއި ހުޅުދޫ އާއި މީދޫގެ ރައްޔިތުންގެ ޚިޔާލަށް އަހަން އެވަނީ ތައްޔާރުވެފައވެެ. އެ ތިން ރަށުގައި ވަކި ކައުންސިލެއް ހޮވުމަށް ފެންނަތޯ އަހާ އިރު މިއީ މުޅި އައްޑޫ ކައުންސިލަށް އަންނާނެ ބޮޑު ބަދަލެކެވެ.

ގޮތް ނިންމަނީ ހަމައެކަނި މި ތިން ރަށަކަށް ނޫނެވެ. ގޮތް ނިންމަނީ މުޅި އައްޑޫ އަށެވެ. އައްޑޫގެ ވަކި ދާއިރާތަކަކަށް ވޯޓުލުން ހަނިކޮށްފައި ބާއްވައިގެން މި ނަގާ ވޯޓުގެ ބޭނުމަކީ އައްޑޫ ބައިބައިކޮށްލުން ކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ.

މި ވޯޓުގެ ނަތީޖާއިން މުޅި އައްޑޫ އަތޮޅުގެ ހިންގުމަށް ބޮޑު އަސަރެއް ކުރާނެ ކަން ސާފު ނުވާ އެކަކު ވެސް ލާމަރުކަޒީ ނިޒާމް ދަންނަ މީހުންގެ ތެރޭގައި ހުންނާނެ ހެނެއް ހިއެއް ނުވެއެވެ. އެހެންކަމަށް ވާއިރު ވޯޓުގައި އައްޑޫގެ އެންމެ ބޮޑު އާބާދީ އެއް އޮތް ހިތަދޫ، މަރަދޫ އަދި މަރަދޫފޭދުގެ ރައްޔިތުން ނުހިމެނުމަކީ ކޮން ހަމައެއްތޯ ސުވާލު ނުއުފައްދާ ދޫކޮށްލެވޭކަށް ނެތެވެ.

ޚިޔާލު ހޯދުމަކީ ރުހޭ ބަޔަކަށް އެކަނި ޚިޔާލު ފާޅުކުރަން ދިނުމެއް ނޫނެވެ. އެއީ ހުރިހާ ފަރާތްތަކެއް ހިމެނުމާއި، ބައިވެރި ކުރުމެވެ. ޚާއްސަކޮށް ނިންމުމަކުން އަސަރު ކުރާނެ މީހުންނަށް އެކަމުގައި ބަސްބުނުމުގެ ހައްގު ލިބެން ވާނެއެވެ. މީގެ އިތުރުން ހަމައެކަނި މާލެއާއި އައްޑޫގައި ވޯޓު ފޮށި ބަހައްޓަން ނިންމުމަކީ މިއީ އަމާބުނާތީ ފަރަށްދާ އުސޫލުން ވޯޓު ބޭއްވުން ކަހަލަ ކަމެކެވެ.

އެހެން ރަށްތައް، ރިސޯޓްތައް އަދި ބޭރު ގައުމުތަކުގައި ދިރިއުޅޭ މީހުންގެ ބަހެއް ވެސް މުހިންމު ނުވީތާއެވެ. މި ނޫނަސް ސުވާލު އުފެދޭ އެތައް ކަމެއް އެބަ އޮތެވެ. ވޯޓުގެ ނަތީޖާ އަށް ހޭލުންތެރިވުމަށް އެކަށީގެންވާ ވަގުތު ތިން ކަމަށް ބުނެވޭނެ އެއްވެސް ހަމަ އެއް ނެތެވެ. ވޯޓުނެގުމުގެ އިންސާފުވެރިކަމާއި ހާމަކަން ކުޑަ ވާނެ ސަބަބަކަށް މި ސަބަބު އެކަނި ފުދެއެވެ.

އައްޑޫ ސިޓީގެ ހިންގުމާއި އިދާރީ އޮނގަނޑާއި ރައްޔިތުން ތަމްސީލު ކުރާނެ ގޮތް ނިންމާ ނިންމުމެއްގައި އެތެރޭގެ ތަޅާފޮޅުމަކަށް ދާން ދޫކޮށްލާ ގޮތަށް ކަންކަން ރާވާ އިންތިޒާމް ކުރާ ސަރުކާރަކަށް ޚިޔާލު ހޯދުމާއި މެދު ދެއްކޭނީ ކޮން ވާހަކަ އެއްތޯއެވެ. ވަސީލަތްތައް ބެހިގެންދާގޮތަށް މި ކަމުން އަންނާނެ ބަދަލުތައް ސަރުކާރަށް ވެސް އާއްމު މީހާ އަށް ވެސް ސާފެވެ. އަދި މާލީ އިންތިޒާމުތަކުން ފެށިގެން އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް މިކަމުން ބޮޑު އަސަރެއް ކުރާނެއެވެ.

އެހެންވީމަ މިއީ އަނެއްކާ ވެސް ރޭވުންތެރި ނިންމުމެއް ނޫންތޯ ބައެއް އާއްމުން ސުވާލު އުފައްދައެވެ. މިއީ އައްޑޫ އަށް ވީ ވައުދުތައް ނުފުއްދޭނެކަން ޔަޤީން ވުމުން ބާރުތައް އިތުރަށް ވެރި މީހާގެ މުށު ތެރެއަށް ކަހާލުމަށް ޖައްސަވާ މަޅި އެއް ކަމަށް ބުނާ އާއްމުން ވެސް މަދެއް ނޫނެވެ.

އައްްޑޫ ސިޓީރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުލާމަރުކަޒީ ނިޒާމުއިލެކްޝަންސް ކޮމިޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލާއެކު ހިންގުމުގެ ނިޒާމު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ވައްޓާލާނެ: ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު

މިސަރުކާރުން ލާމަރުކަޒީ ނިޒާމަށް ގެނެސްފައިވާ ބަދަލާއެކު ހިންގުމުގެ ނިޒާމު އޮޅުން ބޮޅުން ގަނޑެއްގެ ތެރެއަށް ވައްޓާލާނެ: ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު

06 ޑިސެމްބަރު 2025
ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

ރަޖިސްޓްރީ ކޮށްފައިވާ 9 ޕާޓީގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުން ފައިސާ ލިބޭނީ 4 ޕާޓީ އަށް

06 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު