Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކައުންސިލުތައް

ލާމަރުކަޒީ ޤާނޫނު އަދިވެސް ކޮށަނީ: ބަހަނާ އަކީ ތަރައްޤީ އަށް މަގުފަހިކުރުން!

ލާމަރުކަޒީ ޤާނޫނު އަދިވެސް ކޮށާ މަށަނީ އެވެ. ސަރުކާރުގެ ބަހަނާ އަކީ ތަރައްޤީ އަށް މަގުފަހިކުރުމެވެ. އެކަމަކު ފެންނަނީ ބާރުތައް ޖަމާކުރާ މަންޒަރެވެ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2025 | ހުކުރު 15:17
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުއިއްޒު، މީގެ ކުރިން ވެސް ލާމަރުކަޒީ ނިޒާމާ ދެކޮޅަށް އެތައް ކަމެއް ކުރެއްވި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުއިއްޒު، މީގެ ކުރިން ވެސް ލާމަރުކަޒީ ނިޒާމާ ދެކޮޅަށް އެތައް ކަމެއް ކުރެއްވި

ވެރިކަަމަށް އައީއްސުރެ ރައީސް މުއިއްޒު ކުރައްވާ ކަމަކީ ލާމަރުކަޒީ ނިޒާމް ކޮށާ މަށާ ބޭނުންވާ ބަދަލުތަކެއް އެ ނިޒާމަށް ގެންނެވުމެވެ. ސާފުކޮށް މި ނިޒާމާއި މެދު އެ މަނިކުފާނު ގެ ނުރުހުން އޮތް މިންވަރު އޮތީ ފެންނާށެވެ. މިހާރު މި ފެންނަނީ އަނެއްކާވެސް އޭގެ އިތުރު ބޮޅެކެވެ.

މިހާރު ވެސްސަރުކާރު ގެ ފަރާތުން ލާމަރުކަޒީ ޤާނޫނަށް އިސްލާހުތަކެއް އެ ވަނީ ހުށަހަޅާފަ އެވެ. ސަރުކާރުން ބުނާ ގޮތުން ނަމަ ތަރައްޤީ ގެ ޕްލޭންތައް ކައުންސިލްތަކަށް އަވަހަށް ނިންމުމަށް މަގުފަހިކުރަން ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނައުން ނޫން ގޮތެއް ހަމަ ނެތެވެ. އަދި އަވަހަށް މަސައްކަތް ފެށުމަށް މަގުފަހިވާނީ ވެސް މި އިސްލާހު ގެނެސްގެން ކަމަށް ބަންޑާރަނައިބު ވެސް އެބަ ވިދާޅުވެ އެވެ.

އެ މަނިކުފާނު ވިދާޅުވަނީ ކައުންސިލަރުންގެ އަދަދު މަދުކުރާ އިރު މިހާރު އެ އަދަދު އޮންނަ ގޮތުން ނިންމުންތައް ބނުނިމި ލަސްވާ ކަމަށެވެ. ފަހަރުގައި އެ ވިދާޅުވާ ލަސްވުމަކީ ކޮންޓްރޯލް ގެ ލަސްވުން ކަމަށް ވެދާނެ އެވެ. ދެން ވިދާޅުވީ އަދަދު މަދު ކުރަނީ ޚަރަދު ބޮޑުވާތީ ކަމަށެވެ. އަޖައިބު އަންތަރީސް ނުވޭތޯ އެވެ. ހާހުން ގުނާލެވޭ ސިޔާސީ ބޭފުޅުން މަދު ނުކޮށް ކައުންސިލަރުން ގެ ގައިގައި އަތްލަން މި އުޅުއްވަނީ ރައްޔިތުންނަށް ކޮން ހެވެއް އެދިގެން، ކޮން ޚަރަދެއް ކުޑަ ކުރަންތޯ އެވެ.

ދައްކަވާ ބަހަނާ އަކީ ތަރައްޤީ ގެ ވާހަކަ އެވެ. ރައްޔިތުން ގާތު އަހާ ނުލާ ރައްޔިތުން ގެ ކައުންސިލަރުން ގެ އަދަދު ބޭނުންވާ ގޮތަށް މަހާ ކުދި ކޮށްލަނީ އެވެ. ތަފާތު ގޮތަކަށް ބުނާ ނަމަ ކައުންސިލްތައް ސައިޒު ކުރަނީ އޭ ވެސް ބުނެވިދާނެ އެވެ.

ހަގީގަތަކީ މި ސަރުކާރުން ލާމަރުކަޒީ ޤާނޫނު އަދިވެސް ކޮށާ މަށަނީ އެވެ. ސަރުކާރު ގެ ބަހަނާ އަކީ ތަރައްޤީ އަށް މަގުފަހިކުރުމެވެ. އެކަމަކު ފެންނަނީ ބާރުތައް ޖަމާކުރާ މަންޒަރެވެ. މިކަން ކުރަނީ ރައްޔިތުންނަށް ހެޔޮ އެދިގެން ތަރައްޤީ ނުވެގެން ކަމަށް ބުނުމަކީ ދިވެހިންނަކީ މޮޔައިން ކަމަށް ހީކުރުމެވެ. ވެރި މީހާ ބުނީމަ ބޮޑު ކަތީބާއި ކުޑަ ކަތީބު ރަށު ގެ ކަންކަން ނިންމި ޒަމާން ދިވެހިން ބޭނުން ނަމަ ޑިމޮކްރަސީ އެއް ނުގެންނާނެ އެވެ.

ހަގީގަތަކީ މިހާރު މި ގައުމު ގެ ބާރުތައް ވަކިވުމާއި ލާމަރުކަޒީ ނިޒާމް ގެ ބާރު ކިލަނބުކަމެވެ. ފަހަރަކު ބާރެއް ނަގަމުން ގޮސް ކައުންސިލްތަކަށް އޮންނާނެހާ ވެސް ކަމަކީ ވިހާ މަރުވާ މީހުން ގެ ތަފްސީލް ބެލެހެއްޓުމެވެ. އެއީ ތަރައްޤީ ކަމަށް ބަލާނަމަ އެ ތަރައްޤީ މިނާ ނާޅި އެއް ވިސްނާ ވިސްނާ ވެސް ނޭނގުނެވެ. ހަމަގައިމު ވެސް ޑިމޮކްރަސީ ދަން ގޮތަކީ ގިނަ އަޑުތައް އަހާ ގިނަ މީހުން ގެ ބަސް ހިމެނޭހެން ނިންމުންތައް ނިންމުމެވެ. ދުނިޔެ ދަންނަ ލާމަރުކަޒީ އުސޫލަކީ ވެސް އެއީ އެވެ.

ރައީސް މުއިއްޒުލާމަރުކަޒީ ނިޒާމުލާމަރުކަޒީ ގާނޫނުކައުންސިލުތައް

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު