Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައްްޑޫ ސިޓީ

އައްޑޫ ވަކިވަކި ކައުންސިލްތައް ހަދަން ނަގާ ވޯޓަކީ ކަނޑައެޅިގެން ޤާނޫނުއަސާސީ އާއި ޚިލާފު ވޯޓެއް: ޑރ. އަޙްމަދު އަބްދުالله ދީދީ

މި ވޯޓަކީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) ގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ރައީސް މުޢިއްޒު ނެރުއްވި ގަރާރަކުން ނަގާ ވޯޓެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 24 އޮކްޓޯބަރު 2025 | ހުކުރު 08:35
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ: ވިދާޅުވީ އައްޑޫ ވޯޓު ނަގަން ނެރުއްވީ ޣައިރު ދުސްތޫރީ ގަރާރެއް ކަމަށް

ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ: ވިދާޅުވީ އައްޑޫ ވޯޓު ނަގަން ނެރުއްވީ ޣައިރު ދުސްތޫރީ ގަރާރެއް ކަމަށް

އައްޑޫ ސިޓީގެ ފޭދޫ، މީދޫ އަދި ހުޅުދޫގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން އަންނަ ހޮނިހިރު ދުވަހު ނެގުމަށް ހަމަޖެހިފައިވާ ފެންނަ ނުފެންނަ ވޯޓަކީ ކަނޑައެޅިގެން ޤާނޫނުއަސާސީއާ ޚިލާފަށް ނަގާ ވޯޓެއްކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލް އެއް ކައުންސިލެއްގެ ގޮތުގައި ބޭއްވުމާއި މެދު ސުވާލު އުފައްދާ ސަރުކާރުން ދަނީ ޚިޔާލު ހޯދުމުގެ ވޯޓެއް ނެގުމަށް ތައްޔާރު ވަމުންނެވެ. އެއް ކައުންސިލެއްގެ ގޮތުގައި އައްޑޫ ކައުންސިލް އޮތުމުގެ ބަދަލުގައި ވަކިވަކި ބައެއް ރަށްރަށުގައި ކައުންސިލްތައް ޤާއިމް ކުރުމާއި މެދު ގޮތެއް ނިންމުމަށް އެ ވޯޓު ނަގަން ނިންމީ މި ސަރުކާރުންނެވެ.

Advertisement - newsAdvertisement

އައްޑޫ ސިޓީ ކައުންސިލް ބައިބައިކޮށް ވަކިކޮށްލުމާއި މެދު އާއްމުންގެ ޚިޔާލު ހޯދުމުގެ ވޯޓު އަވަސް އަރުވާލައިގެން ބާއްވާ ކަމަށް ބުނެ އައްޑޫ ރައްޔިތުން ދަނީ ވަރަށް ބޮޑަށް މިކަމަށް ފާޑުކިޔަމުންނެވެ. އެގޮތުން އެކަމުގެ އެންމެ އެކަށީގެންވާ މައުލޫމާތު އައްޑޫގެ ރައްޔިތުންނަށް ނުލިބޭ ކަމަށާއި އަވަސް އަރުވާލައިގެން އެ މަރުހަލާ ކުރިއަށް ގެންދިއުމަށް ސަރުކާރުން އީސީ އަށް ނުފޫޒު ފޯރުވާ ކަމަށް ވެސް އައްޑޫ ރައްޔިތުން ދަނީ ބުނަމުންނެވެ.

މިކަމަށް ރައްދުދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބްދުﷲ ދީދީ ވިދާޅުވީ އައްޑޫ ބައިބައި ކޮށްލަން ނަގާ މި ވޯޓަކީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) ގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނެރުއްވި ގަރާރަކުން ނަގާ ވޯޓެއް ކަމަށެވެ.

އަބްދުﷲ ދީދީ ވިދާޅުވީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) ގައި ބަޔާންކޮށްފައިވަނީ، ޤައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންނަށް ފެންނަ ގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ. އޭނާ ފާހަގަ ކުރެއްވި ގޮތުގައި ޤައުމީ މުހިންމު މައްސަލަތަކުގެ ގޮތުގައި ހިމެނެނީ ދައުލަތުގެ ސިޔާދަތާއި، ޤައުމީ ސަލާމަތާއި، ޚާރިޖީ ސިޔާސަތާއި ދުސްތޫރީ ބޮޑެތި ބަދަލުތަކާއި އިޞްލާޙުތައް ފަދަ މައްސަލަތަކެވެ.

މުޅި ދައުލަތް އޭގައި ޝާމިލުނުވާ، ވަކި އިދާރީ ދާއިރާއަކާ ގުޅިފައިވާ އިދާރީ މައްސަލަތަކަކީ ޤައުމީ މުހިންމު މައްސަލައެއްކަމަށް ބަލައި، އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި ނަގާ ވޯޓަކީ ޣައިރު ދުސްތޫރީ ބާރުގެ ބޭނުންކޮށްގެން ނަގާ ވޯޓެއްކަމަށް އަބްދުﷲ ދީދީ ވިދާޅުވިއެވެ.

އަބްދުﷲ ދިދީ ވިދާޅުވީ އައްޑޫގައި ޚިޔާލު ހޯދުމުގެ ވޯޓު ނަގާ ގޮތަށް ރައީސް ނެރުއްވި ގަރާރުތަކަކީ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ދުސްތޫރީ ބާރުގެ އިމުން ބޭރުން ނެރުއްވި ގަރާރުތަކެއް ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ގަރާރުތައް ކަމާބެހޭ މުސްތަގިއްލު ކޯޓުން ބަލައި ބާތިލް ކުރަންޖެހޭ ކަމަށް ދެކެވަޑައިގަންނަވާ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށްބަދަލުގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫ އާއި މީދޫ އާއި، އަދި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލުހޯދުމުގެ ޢާންމު ވޯޓު ނެގުމާބެހޭ ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 27/2025 އާއި އެ ޤަރާރު އިޞްލާޙުކުރެވުނު، ޤަރާރު ނަންބަރު 31/2025 ގެ ދަށުން އައްޑުއަތޮޅުގެ ބުނެވުނު ދާއިރާތަކުގައި ނުވަތަ ރަށްތަކުގައި، މިހިނގާ އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ނެގުމަށް ނިންމާފައިވާ ޢާންމު ވޯޓު ނުވަތަ ރެފެރެންޑަމްއަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 15 ވަނަ މާއްދާގެ (ޏ) އާއި ޚިލާފަށް ރައީސުލްޖުމްހޫރިއްޔާ ނެރެފައިވާ ޢައިރުދުސްތޫރީ ޤަރާރެއްގެ ދަށުން ނަގާ ވޯޓެއްކަމަށް ދެކެމެވެ؛
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ

އިތުރަށް އަބްދުﷲ ދީދީ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ގާނޫނުގައި ކަނޑައަޅައިފައިވާ ގޮތުގެ މަތިން އިދާރީ ދާއިރާތަކާއި، މަގާމުތަކާއި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތައް އުފެއްދުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ އައްޑުއަތޮޅަކީ ސިޓީއެއް ކަމަށް މީލާދީން 2011 ވަނަ އަހަރު ޢިޢުލާންކުރެވުމަށް ފަހު އައްޑޫސިޓީ ލާމަރުކަޒީ އުސޫލުން ހިންގުމަށް ސިޓީ ކައުންސިލެއް އުފެދިގެން ދިއުމުން، އައްޑޫ ސިޓީ ކައުންސިލްގެ އިޚްތިސާސް އެ ސިޓީގައި ޝާމިލްވާ އެންމެހައި އިދާރީ ޔުނިޓްތަކުގެ މައްޗަށް ހިނގަންޖެހޭނެކަމާމެދު ޝައްކު ނުކުރައްވާ ކަމަށެވެ.

އެހެންކަމުން، އައްޑޫ ސިޓީއަށް ނިސްބަތްވާ ވަކި ޔުނިޓަކަށް އައްޑޫ ސިޓީ ކައުންސިލްގެ އިޚްތިސާސުން ބޭރުވެ، ވަކި ކައުންސިލެއް އުފެއްދުމުގެ ބާރު ދުސްތޫރީގޮތުންނާއި ގާނޫނީ ގޮތުން ލިބިގެން ނުވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އައްޑުއަތޮޅަކީ ސިޓީއެއް ކަމަށް މީލާދީން 2011 ވަނަ އަހަރު ޢިޢުލާންކުރެވުމަށް ފަހު އައްޑޫސިޓީ ލާމަރުކަޒީ އުސޫލުން ހިންގުމަށް ސިޓީ ކައުންސިލެއް އުފެދިގެން ދިއުމުން، އައްޑޫ ސިޓީ ކައުންސިލްގެ އިހްތިސާސް އެ ސިޓީގައި ޝާމިލްވާ އެންމެހައި އިދާރީ ޔުނިޓްތަކުގެ މައްޗަށް ހިނގަންޖެހޭނެކަމާމެދު އެއްވެސް ޝައްކެއް ނެތް، އެހެންކަމުން، އައްޑޫ ސިޓީއަށް ނިސްބަތްވާ ވަކި ޔުނިޓަކަށް އައްޑޫ ސިޓީ ކައުންސިލްގެ އިޚްތިސާސުން ބޭރުވެ، ވަކި ކައުންސިލެއް އުފެއްދުމުގެ ބާރު ދުސްތޫރީގޮތުންނާއި ގާނޫނީ ގޮތުން ލިބިގެން ނުވޭ.
ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު އަބްދުﷲ ދީދީ

އަބްދުﷲ ދީދީ ވިދާޅުވީ ރާއްޖޭގައި ލާމަރުކަޒީ ދާއިރާތައް ކަނޑައެޅުމާއި އެ ދާއިރާތައް ހިންގަން ކައުންސިލްތައް އުފައްދަން ވާނީ ގާނޫނުއަސާސީ އާއި ގާނޫނުގައި ވާގޮތުގެ މަތިންކަން އެނގެން އެބައޮތް ކަމަށް ވެސް ފާހަގަ ކުރެއްވިއެވެ.

ނަމަވެސް، ފޭދޫ، މީދޫ އަދި ހުޅުދޫގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް، ޤާނޫނުއަސާސީ އާއި ޤާނޫނުގެ ތެރެއިން، އައްޑޫ ސިޓީ ކައުންސިލްގެ އިޚްތިޞާޞަށް އަސަރު ނުކުރާނެ ގޮތަށް ޙައްލު ހޯދިދާނެކަމަށް އަބްދުﷲ ދީދީ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ސަބް ކައުންސިލްތަކެއް ޤާއިމުކުރުން ހިމެނޭ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.

އައްޑޫގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭގޮތުން ނަގާ ވޯޓާ ގުޅިގެން އިދިކޮޅު މައި ޕާޓީ، އެމްޑީޕީއާއި ޓްރާންސްޕޭރެންސީ މޯލްޑިވްސް، މޯލްޑިވްސް ލޯކަލް ކައުންސިލްސް އެސޯސިއޭޝަން ފަދަ ޖަމްޢިއްޔާތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި މި ވޯޓާއި ގުޅިގެން މުޅި އައްޑޫ ސިޓީގެ އެންމެންނަށް އެކަމުގެ އަސަރު ކުރާނެ އެވެ. އަދި އައްޑޫ ސިޓީ ބައިބައިވެ މުޅިން ރޫޅިގެން ގޮސް ކުރިން އޮތް ހަމަޖެހުން ވެސް ގެއްލިގެން ދާނޭ ކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އައްްޑޫ ސިޓީޑރ. އަހުމަދު އަބްދުﷲ ދީދީފޭދޫ-މީދޫ-ހުޅުދޫޚިޔާލު ހޯދުމުގެ ވޯޓުލާމަރުކަޒީ ނިޒާމުރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

ވޭތުވެދިޔަ 2 އަހަރު 110 ބިލިއަން ރުފިޔާ ގެ ބަޖެޓެއް ހުސްވެއްޖެ, އަތޮޅުތެރޭގެ ރަށްރަށަށް ވީ އެއްވެސް ކަމެއް ނެތް: މޭޔަރު އާތިފް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު