Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީ ލަންކާ

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

ސްރީ ލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހޮނިހިރު ދުވަހު އާންމު ކޮށްފައިވާ ގޮތުގައި މި ވިއްސާރައިގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 123 އަށް އަރައިފަ އެވެ. އަދި 130 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ވެސް އެ އިދާރާ އިން ވަނީ ހާމަ ކޮށްފަ އެވެ.

ސައިކްލޯން ޑިޓްވާގެ ސަބަބުން ސްރީލަންކާގައި 123 މީހުން މަރުވެ 130 މީހުން ގެއްލިފައިވާއިރު 43،995 މީހުން ރައްކާތެރިކަމުގެ މަރުކަޒުތަކަށް ބަދަލުކޮށްފައިވެއެވެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2025 | ހޮނިހިރު 08:31
ފެންބޮޑުވެފައިވާ ސަރަހައްދެއްގައި އާންމުންގެ ބަޔަކު ޙަރަކާތްތެރި ވަނީ

ފެންބޮޑުވެފައިވާ ސަރަހައްދެއްގައި އާންމުންގެ ބަޔަކު ޙަރަކާތްތެރި ވަނީ

ސްރީ ލަންކާ އަށް މިހާރު ކުރިމަތިވެފައިވާ ބޯ ވިއްސާރަ އާއި، ވާރޭ ވެހުމުގެ ސަބަބުން މިހާތަނަށް 123 މީހުން މަރުވެފައިވާ ކަމަށް ހާމަ ކޮށްފި އެވެ.

ސްރީ ލަންކާގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހޮނިހިރު ދުވަހު އާންމު ކޮށްފައިވާ ގޮތުގައި މި ވިއްސާރައިގެ ސަބަބުން މަރުވެފައިވާ މީހުންގެ އަދަދު މިހާރު ވަނީ 123 އަށް އަރައިފަ އެވެ. އަދި 130 އަށް ވުރެ ގިނަ މީހުން ގެއްލިފައިވާ ކަމަށް ވެސް އެ އިދާރާ އިން ވަނީ ހާމަ ކޮށްފަ އެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ސަމްޕަތު ކޮޓުވެގޯޑާ ވިދާޅުވީ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެތައް ބައެއްގެ ގެދޮރަށް ގެއްލުންވެފައިވާ ކަމަށެވެ. އަދި ސަރުކާރުން ހިންގާ ރައްކާތެރި ކަމުގެ މަރުކަޒު ތަކަށް މިހާތަނަށް 43،995 އަށް ވުރެ ގިނަ މީހުން ބަދަލު ކޮށްފައިވާ ކަމަށާއި، ރިފީލް އޮޕަރޭޝަންތައް ކުރިއަށްދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސްރީ ލަންކާ އަށް ކުރިމަތިވި ވިއްސާރައިގެ އަސަރު މިހާރު އެ ޤައުމާ ދުރަށް ދަތުރު ކުރަމުން ގޮސް، އިންޑިއާއާ ދިމާލަށް ދަތުރު ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. ނަމަވެސް މި ވިއްސާރާއިގެ ސަބަބުން ސްރީ ލަންކާ އަށް ވަރަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ ކަމަށް އިދާރާ ތަކުން ހާމަ ކޮށްފައިވެ އެވެ.

ވެރި ރަށް ކޮލަމްބޯގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ކޮޓުވެގޯޑާ ވިދާޅުވީ، އަސްކަރިއްޔާގެ އެހީތެރިކަމާ އެކު ރިލީފް އޮޕަރޭޝަންތައް ކުރިއަށް ގެންދަމުން އަންނަ ކަމަށާއި، އެކަމުގައި ހުރިހާ ވަސީލަތް ތަކެއް ބޭނުން ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މޫސުމީ ޙާލަތުގެ އަސަރު މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުރަމުން އައިއިރު، ބުދަ ދުވަހު ސައިކްލޯން ވަނީ ސްރީ ލަންކާ އަށް ކުރިމަތިވެ ޤައުމުގެ އެކި ހިސާބު ތަކުގައި ރެކޯޑު މިންވަރަކަށް ވާރޭ ވެހިފަ އެވެ. ދަށް ފަންތީގެ ސަރަހައްދު ތަކުގައި ވިއްސާރައިގެ ޙާލަތު ހޮނިހިރު ދުވަހު އިތުރަށް ގޯސްވުމާ އެކު، ކޮލަމްބޯ އިން ހިންދު ކަނޑަށް ފައިބާ ކެލާނީ ކޯރުގެ ކައިރީގައި ދިރިއުޅޭ މީހުން ބަދަލު ކުރުމަށް ވެސް އިދާރާ ތަކުން ވަނީ އަންގައިފަ އެވެ.

މިވަގުތަށް ބަލާއިރު ވެރި ރަށް ކޮލަމްބޯ އާއި ބައެއް އެހެން ސަރަހައްދު ތަކުގައި ވާރޭ ވެހުން މަޑު ޖެހިފައިވާއިރު، ބައެއް ސަރަހައްދު ތަކަށް ވާރޭ ވެހެމުން އަންނަ ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ. މި ހާދިސާގައި ލަންކާ އަށް ބޮޑެތި ގެއްލުން ތަކެއް ލިބެމުން އަންނައިރު، އެ ޤައުމުން ވަނީ ބައިނަލްއަޤުވާމީ އެހީތެރި ކަމަށް ވެސް އެދިފަ އެވެ.

މި ހާދިސާއާ ގުޅިގެން ހޮނިހިރު ދުވަހު އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވެސް ވަނީ ހިތާމަފާޅު ކުރައްވައި، ސްރީ ލަންކާގެ ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވައިފަ އެވެ. އަދި ސްރީ ލަންކާ އަށް ބޭނުންވާ އެހީތެރިކަން ދިނުމަށް ނިންމައި، އެ ޤައުމާ އެކު އިންޑިއާ ސަރުކާރު އޮތް ކަމަށް ވެސް ވަނީ ހާމަ ކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން ސްރީ ލަންކާގެ ސަރުކާރުން ވަނީ ޤައުމުގެ ހުރިހާ ހިސާބެއްގައި ރެސްކިއު އަދި ރިލީފް އޮޕަރޭޝަންތައް ވަރުގަދަ ކުރުމަށް އަސްކަރިއްޔާ ޙަރަކާތްތެރި ކޮށްފަ އެވެ. ފެން ބޮޑުވުން ހުއްޓުނު ސަރަހައްދު ތަކުން މީހުން ހޯދައި، ސަލާމަތް ކުރުމަށް އަސްކަރީ ހެލިކޮޕްޓަރުތަކާއި، އުޅަނދުތައް ވެސް އަންނަނީ ބޭނުން ކުރަމުންނެވެ.

ސްރީ ލަންކާ އަށް ކުރިމަތިވި އެންމެ ބޮޑު ވިއްސާރައިގެ ހާދިސާ އަކީ 2003 ވަނަ އަހަރު ކުރިމަތިވި ހާދިސާ ކަމަށް ރިޕޯޓު ކޮށްފައިވާއިރު، އެފަހަރުގެ ހާދިސާގައި 254 މީހުން މަރުވެފައިވާ ކަމަށް ވަނީ ރެކޯޑު ކުރެވިފަ އެވެ.

މަސްދަރު: އޭއެފްޕީ

ސްރީލަންކާތޫފާން ޑިތުވާބިންގަނޑު ކަނޑައިގެން ދިޔުންކޮލޮމްބޯފެންބޮޑުވުން

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ފެބުރުއަރީ
"ޝިމާންގެ ބޮލުގައި ކްލޮޓެއް އުފެދުމުން ވާހަކަނުދެއްކޭ. އުމުރަށް ނުކުޅެދިދާނެކަމުގެ ބިރު އެބައޮތް"
20251 އަހަރު ކުރިން
ރިޕޯޓު

"ޝިމާންގެ ބޮލުގައި ކްލޮޓެއް އުފެދުމުން ވާހަކަނުދެއްކޭ. އުމުރަށް ނުކުޅެދިދާނެކަމުގެ ބިރު އެބައޮތް"

ނަމާދަށް ރައްކާތެރިވެ، ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ނަމާދަށް ރައްކާތެރިވެ، ނެތިމޮށުމާއި މީހުންގެ އަބުރާ ބެހުމުގެ އަމަލުތަކުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީފް ކިޔާދެއްވައިފި
20233 އަހަރު ކުރިން
ރާއްޖެ

އެއާޕޯޓުން "މަސްތުވާތަކެތި" ގެއްލުނުކަމަށް ބުނާ މައްސަލައިގައި ކަން ހިނގި ގޮތް ޝަރީފް ކިޔާދެއްވައިފި

ބީޗް ފްރަންޓްގެ 26 ބިން، އެންމެ އަގުބޮޑުކޮށް ބިޑްހުށަހެޅި ފަރާތްތަކަށް ދީފި
20224 އަހަރު ކުރިން
ރާއްޖެ

ބީޗް ފްރަންޓްގެ 26 ބިން، އެންމެ އަގުބޮޑުކޮށް ބިޑްހުށަހެޅި ފަރާތްތަކަށް ދީފި

2 އަހަރުތެރޭ ގްރޫޕް މާރާމާރީއެއްގައި ފުރަތަމަ މަރު: މާމެންދޫ 17 އަހަރުގެ ކުއްޖެއް!
20215 އަހަރު ކުރިން
ރާއްޖެ

2 އަހަރުތެރޭ ގްރޫޕް މާރާމާރީއެއްގައި ފުރަތަމަ މަރު: މާމެންދޫ 17 އަހަރުގެ ކުއްޖެއް!

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު
20197 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ނޫން އެހެން ޕާޓީއެއްގެ ކެނޑިޑޭޓުންނަށް ރައީސް ތާއީދެއް ނުކުރައްވާނެ : ރައީސް ނަޝީދު

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ފާރިސްގެ މައްސަލައިގައި ދޮގު ހެކި ބަސް ދިނުމަށް އެދި ރިޝްވަތު ހުށަހަޅާ ކަމަށް ބުނާ އޯޑިއޯއެއް ލީކުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު