Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީލަންކާ

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

ސްރީލަންކާ އަށް ކުރިމަތިވެފައިވާ ތޫފާން ދިތުވާ ގެ ސަބަބުން 56 މީހުން މަރުވެ 21 މީހުން ގެއްލި، 43،991 މީހުންނަށް އަސަރުކޮށް މުޅި ގައުމަށް ރެޑް އެލަޓް ނެރެފައިވެއެވެ. ފެންބޮޑުވެ، ގަސްތައް ވެއްޓި މަގުތަކަށް ބަންދު ވުމުގެ ސަބަބުން ދަތުރުފަތުރު، ކަރަންޓާއި ގުޅުން ކެނޑުން ފަދަ ކަންކަން ކުރިމަތިވެފައިވާއިރު ސަލާމަތީ އޮޕަރޭޝަންތަކަށް 20،500 ސިފައިން ހަރަކާތްތެރިވެއެވެ.

ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2025 | ހުކުރު 09:31
ލަންކާ ހުޅަނގުގައި ޕުޓަލަމްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ މަގެއްގެ ތެރެއިން ރައްޔިތުންތަކެއް ހަރަކާތްތެރިވަނީ

ލަންކާ ހުޅަނގުގައި ޕުޓަލަމްގައި ބޯކޮށް ވާރޭވެހި ފެންބޮޑުވެފައިވާ މަގެއްގެ ތެރެއިން ރައްޔިތުންތަކެއް ހަރަކާތްތެރިވަނީ

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. ބޯ ވިއްސާރަ އާއި ގަދަ ވައިގެ ސަބަބުން ސްރީލަންކާގެ އެތައް ސަރަހައްދެއްގެ ދިރިއުޅުމަށް ބޮޑެތި ބުރޫއެރުންތަކެއް ކުރިމަތިވެފައިވާއިރު، ފެންބޮޑުވުން އަދި ބިންގަނޑު ކަނޑައިގެންދިއުން ހުއްޓުމެއްނެތި ކުރިއަށްދާކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޅި ގައުމަށް ރެޑް އެލަޓް ނެރެފައިވާއިރު، ލަންކާގެ މީޑިއާ އިން ރިޕޯޓު ކޮށްފައިވަނީ އެ ގައުމަށް މިހާރު ކުރިމަތިވެފައިވަނީ ވަރަށް ބޮޑު ގައުމީ ކާރިސާއެކެވެ.

ފެންބޮޑުވެ، ކޯރުތައް ބަންޑުން ވުމުގެ ސަބަބުން ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ބުރޫއެރުންތައް ކުރިމަތިވެ، އެތައް ޑިސްޓްރިކްޓެއްގެ ދިރިއުޅުމަށް ވަނީ އަސަރުކޮށްފައެވެ. ސަރުކާރުން ބުނެފައިވަނީ ހާލަތު އަވަހަށް ބަދަލުވަމުންދާތީ، ރައްޔިތުން ހާލަތައް ވިސްނައިގެން، ހަމަޖެހިގެން ތިބުމާއި، ތައްޔާރުވެ ތިބުން މުހިންމު ކަމަށެވެ.

އެކި ކަންކޮޅުތަކުގައި ކަރަންޓުގެ ހިދުމަތަށް ބޮޑެތި ބުރޫއެރުންތައް ކުރިމަތިވެ، ގައުމުގެ އެކި ކަންކޮޅުތަކުން 65,000 އަށް ވުރެ ގިނަ ކަރަންޓު ކެނޑުމުގެ ހާދިސާ ރިޕޯޓުކޮށްފައިވެއެވެ.

ދިފާއީ މިނިސްޓްރީގެ ސެކްރެޓަރީ، އެއާރ ވައިސް މާޝަލް ސަމްޕަތު ތުޔާކޮންތާ ވިދާޅުވީ، ސައިކްލޯނިކް ސްޓޯމް ދިޓުވާގެ ސަބަބުން ކުރިމަތިވެފައިވާ ނުރައްކާތެރި މޫސުމީ ހާލަތުގައި ކުރިއަށްދާ ސަލާމަތީ އޮޕަރޭޝަންތަކަށް އެހީތެރިކަން ހޯދުމަށް ސްރީލަންކާއިން ވަނީ ކޮލޮމްބޯގައި މިހާރު ހަރަކާތްތެރިވާ އިންޑިއާގެ ހަނގުރާމަމަތީ ބޯޓުގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އެގޮތުން އެ ބޯޓުގެ މަތިންދާބޯޓު ބޭނުންކުރުމަށްވެސް އެދިފައިވާ ކަމަށް ވިދާޅުވިއެވެ.

ފުލުހުން ބުނި ގޮތުގައި، ގައުމުގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވެފައިވާ ނުރައްކާތެރި މޫސުމީ ހާލަތުގެ ސަބަބުން ކޮލޮމްބޯގެ އެތައް ސަރަހައްދަކަށް ވަނީ އަސަރުކޮށްފައެވެ. ފެންބޮޑުވުމާއި ގަސްތައް ވެއްޓުމުގެ ސަބަބުން މަގުތަކުން ދަތުރުފަތުރުކުރުމަށް ހުރަސް އެޅިފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރައީސް ޑިސެނަޔަކަ ވަނީ ގައުމުގެ އެކި ކަންކޮޅުތަކުގައި މިހާރު ކުރިމަތިވެފައިވާ ނުރައްކާތެރި މޫސުމީ ހާލަތުގެ ސަބަބުން އަސަރުކޮށްފައިވާ ފަރާތްތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިންނަށް އިރުޝާދު ދެއްވާފައެވެ. ސަލާމަތީ އޮޕަރޭޝަންތައް ހިންގުމަށް 20,500 އަށް ވުރެ ގިނަ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ. ހަމައެކަނި ހުކުރު ވިލޭރޭ ވެސް ސިފައިން ވަނީ ގާތްގަނޑަކަށް 3,790 މީހުން ސަލާމަތްކޮށް ރައްކާތެރި މަރުކަޒުތަކަށް ގެންގޮސްފައެވެ.

ސްރީލަންކަން އެއާލައިންސް އިން ވަނީ ދަތުރުފަތުރުގެ އިރުޝާދެއް ނެރެފައެވެ. ދަތުރުކުރުމަށް ހަމަޖެހިފައިވާ ފަސިންޖަރުން އެއާޕޯޓަށް ދިއުމުގެ ކުރިން ފްލައިޓްގެ އެންމެ ފަހުގެ މައުލޫމާތު ބަލާނެ ކަމަށް އެ އެއާލައިނުން އިލްތިމާސްކޮށްފައިވެއެވެ. އެ އެއާލައިނުން ފަސިންޖަރުންނަށް އެދިފައިވަނީ އެއާލައިންގެ ރަސްމީ ވެބްސައިޓުގެ 'ފްލައިޓް ސްޓޭޓަސް' ބަލައިގެން ދަތުރު ރޭވުމަށެވެ.

ސަރުކާރުން ވަނީ ކާރިސާއަށް އެހީވުމުގެ ހިދުމަތްތަކަށް 1.2 ބިލިއަން ސްރީލަންކަން ރުޕީސް ހާއްސަކޮށްފައިވާ ކަމަށް އޮފިޝަލުން ކަށަވަރުކޮށްދީފައެވެ.

މެޓިއޮރޮލޮޖީ ޑިޕާޓްމަންޓުން ހާމަ ކުރި ގޮތުގައި ސައިކްލޯނިކް ސްޓޯމް ދިތުވާ މިހާރު ހުރީ ޓްރިންކޮމާލީގެ ދެކުނުން ގާތްގަނޑަކަށް 50 ކިލޯމީޓަރު ދުރުގައެވެ. ޑިޕާޓްމަންޓުން ބުނި ގޮތުގައި، ކުރިއަށް އޮތް ގަޑިތަކުގައި މި ސިސްޓަމް އިރު އުތުރާ ދިމާލަށް ދަތުރުކުރުމުގެ ފުރުސަތު ބޮޑެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުނި ގޮތުގައި، ތޫފާން ދިތުވާގެ ސަބަބުން ދިމާވި ހާދިސާތަކުގައި ޖުމްލަ 56 މީހުން މަރުވެފައިވާއިރު، 21 މީހުން ވަނީ ގެއްލިފައެވެ. އަދި 14 މީހުންނަށް އަނިޔާވެފައިވެއެވެ.

ޑީއެމްސީ ރިޕޯޓުކުރާ ގޮތުގައި، ގަދަ މޫސުމީ ހާލަތުގެ ސަބަބުން 12,313 އާއިލާގެ 43,991 މީހުންނަށް ވަނީ އަސަރުކޮށްފައެވެ. މި ތޫފާނުގެ ސަބަބުން ހަތަރު ގެ އެއްކޮށް ހަލާކުވެފައިވާއިރު، އެތައް ޑިސްޓްރިކްޓެއްގައި 666 ގެއަށް ވަނީ ދޭތެރެދޭތެރެއިން ގެއްލުންވެފައެވެ.

ލަންކާ އަށް ކުރިމަތިވެފައިވާ މޫސުމީ ހާލަތުގެ ސަބަބުން ގިނަ އަދަދެއްގެ ފްލައިޓުތައް ބަންޑާރަނައިކެ އިންޓަރނޭޝަނަލް އެއަރޕޯޓުން ޑައިވާޓް ކުރި ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.

ސްރީލަންކާތޫފާން ޑިތުވާފެންބޮޑުވުންރައީސް ޑިސަނާޔަކަކޮލޮމްބޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

އިންޑޮނީޝިއާ ގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން 900ށް ވުރެ ގިނަ މީހުން މަރުވެއްޖެ

06 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު