Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ބާސެލޯނާ

ޑި ޔޯން، ބާސެލޯނާގެ އެއްބަސްވުން އައު ކޮށްފި

ބާސެލޯނާގެ އެއްބަސްވުން އައު ކުރުމަށް ފަހު ވާހަކަ ދައްކަމުން ޑި ޔޯން ބުނެފައި ވަނީ، ބާސެލޯނާގައި ހުރުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނަކަށް ވާއިރު، އޭނާ ބޭނުން ވަނީ އިތުރު އަހަރުތަކެއް އެ ކުލަބުގައި ހޭދަ ކުރަން ކަމަށެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2025 | ބުރާސްފަތި 04:18
ބާސެލޯނާ އަށް ކުޅެމުން އަންނަ ފްރެންކީ ޑި ޔޯން

ބާސެލޯނާ އަށް ކުޅެމުން އަންނަ ފްރެންކީ ޑި ޔޯން

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފްރެންކީ ޑި ޔޯން، އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފި އެވެ.

އުމުރުން 28 އަހަރުގެ ކުޅުންތެރިޔާ ބާސެލޯނާ އަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އަޔެކްސް ދޫކޮށްލުމަށް ފަހު އަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އޭނާ ބާސެލޯނާ އަށް ބަދަލުވީއިރު، އެ ކުލަބުގައި އޭނާ މޮޅު ކުޅުމެއް ދެއްކި އެވެ. ބާސެލޯނާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ޑި ޔޯން އެހެން ކުލަބަކަށް ބަދަލުވާން އުޅޭ ކަމުގެ ވާހަކަތައް ވެސް އޮތީ ފެތުރިފަ އެވެ.

ނަމަވެސް، ބާސެލޯނާ އިން ޑި ޔޯން ބަހައްޓަން ބޭނުންވާތީވެ، އޭނާއާ އެކު އައު އެއްބަސްވުމެއްގެ މަޝްވަރާތައް ކުރަމުން އަންނަތާ ވެސް ދުވަސް ކޮޅެއް ވެއްޖެ އެވެ. އެ މަޝްވަރާތަކަށް ފަހު ޑި ޔޯން ވަނީ، ބާސެލޯނާގެ އެއްބަސްވުން އިތުރު ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށް އައު ކޮށްފަ އެވެ. އެހެންކަމުން، 2029 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އޭނާ ބާސެލޯނާގައި ހުންނާނެ އެވެ.

ބާސެލޯނާގެ އެއްބަސްވުން އައު ކުރުމަށް ފަހު ވާހަކަ ދައްކަމުން ޑި ޔޯން ބުނެފައި ވަނީ، ބާސެލޯނާގައި ހުރުމަކީ އޭނާގެ ވަރަށް ބޮޑު ހުވަފެނަކަށް ވާއިރު، އޭނާ ބޭނުން ވަނީ އިތުރު އަހަރުތަކެއް އެ ކުލަބުގައި ހޭދަ ކުރަން ކަމަށެވެ. ޚާއްސަކޮށް ބާސެލޯނާގެ އެއްބަސްވުން އައު ކުރެވެން އޮތް އެންމެ ދިގު މުއްދަތެއް ވަންދެން އައު ކުރަން އަދި ވެސް ބޭނުންވާ ކަމަށް ޑި ޔޯން ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ޑި ޔޯން ބުނެފައި ވަނީ މިހާތަނަށް ބާސެލޯނާގައި ގިނަ ދުވަސް ތަކެއް ހޭދަ ކޮށްފައިވާއިރު، އެ ކުލަބާ އެކު ހޭދަވެފައިވާ ކޮންމެ ވަގުތަކީ ވެސް ވަރަށް އަގު ހުރި ހަނދާން ތަކެއް ކަމަށެވެ. އޭނާ ބުނީ ބާސެލޯނާ އާއެކު އަދި ވެސް ޙާސިލު ކުރަން ބޭނުންވާ ގިނަ ކާމިޔާބީ ތަކެއް ހުރި ކަމަށާއި، އެ ކުލަބުގައި އޭނާގެ ފެންވަރު ސާބިތު ކޮށްދޭން އަދި ވެސް ބޭނުންވާ ކަމަށެވެ.

ހަމަ އެހެންމެ، ބާސެލޯނާގައި އޭނާ އަށް ލިބޭ މުސާރައާ ގުޅޭ ގޮތުން ދޮގު ވާހަކަ ތަކެއް ފެތުރެމުން އަންނަކަން ފާހަގަކޮށް ޑި ޔޯން ބުނީ، މުސާރައާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކަން އޭނާ ބޭނުން ނުވާ ކަމަށެވެ. އޭނާ ބުނީ މިހާތަނަށް އޭނާ އަށް ލިބެމުން އަންނަ މުސާރައާ ގުޅޭ ގޮތުން ދެކެވިފައިވާ ވާހަކަ ތަކާއި، އެ އަދަދު ތަކަކީ ޞައްޙަ އަދަދު ތަކެއް ނޫން ކަމަށެވެ.

ބާސެލޯނާގައި މިހާތަނަށް ހޭދަ ކޮށްފައިވާ މުއްދަތުގެ ތެރޭގައި ޑި ޔޯންް ވަނީ އެ ކުލަބަށް 267 މެޗު ކުޅެދީ 19 ލަނޑު ޖަހައިފަ އެވެ. އަދި ބާސެލޯނާ އާއެކު އޭނާ ވަނީ ހަ ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ދެ ފަހަރު، ކޮޕާ ޑެލް ރޭ ދެ ފަހަރު އަދި ސްޕެނިޝް ސުޕަ ކަޕް ދެ ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

ބާސެލޯނާފްރެންކީ ޑި ޔޮން

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

14 އެޕްރީލު
ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"
20251 އަހަރު ކުރިން
ރާއްޖެ

ޒަހަމްވި މާނިއުގެ މަންމަ: "ސަރުކާރުން ހަދަނީ ދޮގު، އެއްވެސް އެހީތެރިކަމެއް ނުދޭ"

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"
20242 އަހަރު ކުރިން
ތަފާތު ޚަބަރު

"މާތް ﷲގެ އިރާދަފުޅުން، އަދި އެ ދުވަސް އަނބުރާ ލިބޭނެ"

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި
20233 އަހަރު ކުރިން
ކުޅިވަރު

އަޝްރަފް ހަކީމީގެ މުދާ މަންމަގެ ނަންމަތީގައި، ކުރީގެ އަނބިމީހާއަށް ލަނޑުދީފި

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"
20224 އަހަރު ކުރިން
ރިޕޯޓު

"ވަގުތަށް ކަމޭހިތުމުގެ ބައި ފަރީލާގެ ނެތް"

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު
20215 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ލިބުނީ ނާކާމިޔާބީއެއްކަމަށް ބުނެ މީޑިއާތަކުން ދައްކާވާހަކަ އެމްޑީޕީއިން މިފަހަރު ދޮގުކުރީ ހެއްކާއެކު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެކައުންޓުން ކެނޑިފައިވާ ފައިސާ އަކީ ލިންޗްޕިންއަށް ދައްކަންޖެހޭ ފައިސާ: ބީއެމްއެލް

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟
20188 އަހަރު ކުރިން
ރިޕޯޓު

އަބްދުއްރަހީމަށް ދުންޔާ ދެއްވަން އޮތް ޖަވާބަކީ އިމޯޖީއެއް؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު