Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ޔުކްރެއިން ހަނގުރާމައިގެ ސުލްޙަ ޤާއިމު ކުރުމަށް ވަކި ވަގުތެއް ކަނޑައެޅިފައި ނެތް: ޓްރަމްޕް

ފްލޮރިޑާ އަށް ދަތުރު ކުުރުމަށް އެއާ ފޯސް ވަންގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އެމެރިކާގެ ވަފުދަކުން ރަޝިޔާ އަދި ޔުކްރެއިންގައި މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަ ކަމަށާއި، އެ މަޝްވަރާ ތަކުން ކުރިއެރުން ތަކެއް ވެސް ލިބިފައިވާ ކަމަށެވެ. އަދި ރަޝިޔާ އިން ބައެއް ކަންކަމުގައި ލުއި ދީފައިވާ ކަމަށް ވެސް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ.

ޓްރަމްޕް ވިދާޅުވީ ޔޫކްރެއިން ރަޝިއާ ސުލްހައިގެ މަޝްވަރާތަކުން ކުރިއެރުންތަކެއް ލިބެމުންދާ ކަމަށާއި މޮސްކޯއިން ބައެއް ކަންކަމުގައި ލުއިދީފައިވާ ކަމަށެވެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 26 ނޮވެމްބަރު 2025 | ބުދަ 08:08
އެއާ ފޯސް ވަންގައި ހުންނަވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

އެއާ ފޯސް ވަންގައި ހުންނަވައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ

ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ކުރަމުން އަންނަ މަސައްކަތުގައި، ސުލްޙައިގެ އެއްބަސްވުމެއް ޤާއިމު ކުރުމަށް ވަކި ވަގުތެއް ކަނޑައެޅިފައި ނެތް ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ފްލޮރިޑާ އަށް ދަތުރު ކުުރުމަށް އެއާ ފޯސް ވަންގައި ހުންނަވައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އެމެރިކާގެ ވަފުދަކުން ރަޝިޔާ އަދި ޔުކްރެއިންގައި މަޝްވަރާތައް ކުރިއަށް ގެންދަމުން އަންނަ ކަމަށާއި، އެ މަޝްވަރާ ތަކުން ކުރިއެރުން ތަކެއް ވެސް ލިބިފައިވާ ކަމަށެވެ. އަދި ރަޝިޔާ އިން ބައެއް ކަންކަމުގައި ލުއި ދީފައިވާ ކަމަށް ވެސް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ.

އެހެން ނަމަވެސް، އެކަން ކަމުގެ އިތުރު އެއްވެސް ތަފްސީލެއް ޓްރަމްޕް ދެއްވާފައި ނުވެ އެވެ. ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާ އާއި ޔޫރަޕުގެ ޤައުމު ތަކުން ވަރަށް ބޮަޑަށް ބާރު އަޅަމުން އަންނައިރު، ރަޝިޔާ އިން ވަނީ ހަރުކަށި ޝަރުތު ތަކެއް ކުރިމަތި ކޮށްފަ އެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އެމެރިކާ އިން ވަނީ ހަނގުރާމަ ހުއްޓާލައި، ސުލްޙަ ޤާއިމު ކުރުމަށް ޕްލޭނެއް ހުށަހަޅައިފަ އެވެ. އެ ޕްލޭން އަކީ ރަޝިޔާ އަށް ވަރަށް ބޮޑެތި ފައިދާ ތަކެއް ލިބިދޭ ގޮތަށް ހުށަހަޅާފައިވާ އަދި ޔުކްރެއިން އަށް ބަލިކަށި ޕްލޭނެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ޕްލޭނާ މެދު ކަންބޮޑުވުން ވެސް ފާޅު ކޮށްފަ އެވެ.

ހަނގުރާމަ ހުއްޓާލުމަށް ކުރައްވަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އޭނާގެ ޚާއްސަ މަންދޫބު އަންނަ ހަފުތާގެ ތެރޭގައި ރަޝިޔާ އަށް ވަޑައިގަންނަވާނެ ކަަމަށެވެ. އަދި އެ ދަތުރުފުޅުގައި ވިކްޓޮފް، ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިންއާ ބައްދަލު ކުރައްވާނެ ކަމަށް ވެސް ހާމަ ކުރައްވާފައިވެ އެވެ. ވިކްޓޮފްގެ އިތުރުން އެ މަސައްކަތުގައި އޭނާގެ ދަނބި ދަރިކަލުން ޖެރާޑް ކުޝްނާ ވެސް ބައިވެރި ވާނެ ކަމުގައި ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ ވަކި މުއްދަތެއްގެ ކުރިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމުކޮށް، އެކަން ތަންފީޒު ކުރަން ބޭނުންފުޅުވާ ކަމަށެވެ. އެހެން ނަމަވެސް، އެކަމަށް މިހާރު ވަކި ތާރީޚެއް ނުވަތަ ވަގުތެއް ނެތްކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވެފައި ވަނީ، އެކަން ޙާސިލު ވަންދެން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ބްލޫމްބާގް ނިއުސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހު ޕުޓިންގެ އިސް އެޑްވައިޒަރެއް ކަމަށްވާ ޔޫރޯ އުޝަޮވް އާއި ވިކްޓޮފް ކުރެއްވި ފޯނު ކޯލެއްގައި، ޔުކްރެއިން އަށް ހުއްޓުން ގެނުވާނެ ޕްލޭނަށް އެކުގައި މަސައްކަތް ކުރުމަށާއި، އެކަން ޕުޓިންގެ ފަރާތުން ޓްރަމްޕްއާ ހިއްސާ ކުރުމަށް ވިކްޓޮފް ވިދާޅުވެފައިވާ ކަމަށެވެ.

މީގެ އިތުރުން ބްލޫމްބާގް އިން ބުނެފައި ވަނީ ޒެލެންސްކީ ވައިޓް ހައުސް އަށް ވަޑައިގެންނެވުމުގެ ކުރިން، ޓްރަމްޕް އާއި ޕުޓިން ފޯނުން ގުޅުއްވައި މަޝްވަރާ ކުރުމަށް ރާވަން ޖެހޭ ކަމަށް ވިކްޓޮފް ލަފާ ދެއްވާފައިވާ ކަމަށެވެ. އެ ފޯނު ކޯލުގެ ފަހުން، ޒެލެންސްކީ ވައިޓް ހައުސް އަށް ވަޑައިގެންފައި ވަނީ އޮގަސްޓު މަހުގެ 18 ވަނަ ދުވަހު އެވެ.

އެ ރިޕޯޓާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވެފައި ވަނީ އެކަމާ ހައިރާން ނުވާ ކަމަށެވެ. އަދި އެކަމަކީ "ޑީލްމޭކަރަކު" ކުރާ ކަމެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއީ ވެސް މަޝްވަރާ ކުރަން ޖެހޭ ކަންކަން ކަމަށާއި، އެކަމާ އޭނާ ކަންބޮޑު ނުވާ ކަމަށެވެ.

އިތުރަށް ޓްރަމްޕް ވިދާޅުވެފައި ވަނީ ހަނގުރާމައިގައި ރަޝިޔާ އަށް ބާރު ގަދަ އަތެއް ލިބިފައިވާ ކަމަށް ފެންނަ ކަމަށާއި، އެއްބަސްވުމަކަށް ވާސިލުވުމަކީ ޔުކްރެއިން އަށް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ. އަދި ޔުކްރެއިންގެ ބައެއް ސަރަހައްދުތައް ކުރިއަށް އޮތް ދެ މަސް، ނުވަތަ ތިން މަސް ދުވަހުގެ ތެރޭގައި ރަޝިޔާ އަށް ލިބިދާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.

މަސްދަރު: ރޮއިޓާސް

ޑޮނަލްޑް ޓްރަމްޕްޔޫކްރެއިން-ރަޝިޔާވްލަޑިމިއަރ ޕުޓިންވޮލޮޑިމިރް ޒެލެންސްކީރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު