Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިސްލާމިކް ސޮލިޑާރިޓީ ގޭމްސް

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ރަފާ އާއި އިމްއާން

ރާއްޖޭން އެންމެ ފަހުން ބައިވެރިވެފައިވަނީ 2022 ވަނަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ޤައުމީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމާއި ޤައުމީ ފެތުންތެރިޔާ އަލީ އިމްއާން

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 7 ނޮވެމްބަރު 2025 | ހުކުރު 14:08
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ލިބުނު ރަފާ އަދި އިމްއާން

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލުމުގެ ޝަރަފު ލިބުނު ރަފާ އަދި އިމްއާން

ސަޢޫދީ ޢަރަބިއްޔާގެ ރިޔާދްގައި ހުކުރު ދުވަހު ރަސްމީކޮށް ފަށާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް (އައިއެސްޖީ) ގައި ރާއްޖޭގެ ދިދަ ވިހުރުވާލާނެ އެތުލީޓުންގެ ގޮތުގައި ޤައުމީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ، އައިޝަތު ރަފާ ނާޒިމާއި ޤައުމީ ފެތުންތެރިޔާ، އަލީ އިމްއާން ހަމަޖައްސައިފިއެވެ.

ރިޔާދުގެ އެތުލީޓްސް ވިލެޖްގައި ބޭއްވި ޚާއްސަ އިވެންޓެއްގައި މި ދެ އެތުލީޓުންނަށް ރާއްޖޭގެ ދިދަ ހަވާލުކޮށްދެއްވީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ ރައީސް، މުޙައްމަދު ޢަބްދުލް ސައްތާރު (ޗަމްޕީ) އެވެ. މިއީ ބައިނަލްއަގުވާމީ މުބާރާތެއްގައި މި ދެ ކުޅުންތެރިން ވެސް ޤައުމީ ދިދަ އުފުލުމުގެ ޝަރަފު ހޯދި ފުރަތަމަ ފަހަރެވެ.

ރަފާ އާއި އިމްއާން ވަނީ މީގެކުރީން ބޭއްވި ބައިނަލްއަގުވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް މެޑެލް ހާސިލްކޮށްފައެވެ. ދިވެހި ކުޅިވަރުގެ ދާއިރާގައި މި ދެ ކުޅުންތެރިން ވަނީ އެކި ފަހަރު މަތިން ރާއްޖެއަށް ފަޚުރުވެރި ކާމިޔާބީތައް ހޯދައިދީފައެވެ.

އެތުލީޓުންނަށް ރާއްޖޭގެ ދިދަ ހަވާލުކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން
އެތުލީޓުންނަށް ރާއްޖޭގެ ދިދަ ހަވާލުކުރުމަށް ބޭއްވި އިވެންޓްގެ ތެރެއިން

ޤައުމީ ދިދަ ހަވާލު ކޮށްދެއްވުމަށްފަހު، ޢަބްދުލް ސައްތާރު ވިދާޅުވީ، މިފަދަ ބޮޑު ގޭމްސް އެއްގައި ދިވެހިރާއްޖޭގެ ހުރިހާ އެތުލީޓުންގެ ފަރާތުން ދިދަ އުފުލާލަން ލިބުމަކީ ވަރަށް ފަހުރުވެރިވާންޖެހޭ ކަމެއް ކަމަށެވެ. އަދި މިއީ ކޮންމެ ކުޅުންތެރިންއަކަށް ލިބޭނެ ޝަރަފެއް ނޫން ކަމަށާއި، ކޮންމެ އެތުލީޓަކުވެސް މަސައްކަތްކުރަންވީ މޮޅު ކުޅުންތެރިއަކަށްވެ، ޤައުމީ ދިދަ އުފުލާލުމުގެ ޝަރަފު ލިބިގަތުމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމްއޯސީގެ ރައީސް ވަނީ ދިދަ އުފުލާލާ ދެ އެތުލީޓުންނަށް ހިތްވަރު ދެއްވައި، މި ފަހަރުގެ ގޭމްސްގައި އެންމެ މޮޅު ނަތީޖާ ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުމަށް އިލްތިމާސްކުރައްވައިފައެވެ. އިސްލާމީ ދުނިޔޭގެ ގައުމުތަކުން ބައިވެރިވާ މި ބޮޑު މުބާރާތުގައި ރާއްޖެއިން ބައިވެރިވާ ހުރިހާ އެތުލީޓުންނަށް ވެސް އޭނާ ވަނީ ހިތްވަރު ދެއްވާފައެވެ.

ހުކުރު ދުވަހުން ފެށިގެން މި މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިފަހަރުގެ ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭން ވާދަކުރަނީ، ހޭންޑްބޯޅަ އާއި އެތުލެޓިކްސްގެ އިތުރުން ފެތުމާއި ޓޭބަލް ޓެނިސްގެ އިވެންޓުގައެވެ. މި ހަތަރު ކުޅިވަރުގައި ރާއްޖޭގެ އެތުލީޓުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން ތަމްރީނުކޮށް، މި ފަހަރުގެ މުބާރާތަށް ތައްޔާރުވެފައެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ މި ފަހަރުގެ ރާއްޖޭގެ ކޮންޓިންޖެންޓްގެ ޗެފް ޑި މިޝަން އަކީ، މުޙައްމަދު ޖައުޝަން ޝަރީފް އެވެ. ރާއްޖޭގެ ކޮންޓިންޖެންޓުގައި 73 މެންބަރުން ހިމެނެއެވެ. މި ކޮންޓިންޖެންޓުގައި އެތުލީޓުންނާއި ކޯޗުންނާއި އޮފިޝަލުން ހިމެނެއެވެ.

ރާއްޖޭން އެންމެ ފަހުން ބައިވެރިވެފައިވަނީ 2022 ވަނަ އަހަރު ތުރުކީގެ ކޮންޏާގައި ބޭއްވި އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައެވެ. އެ ފަހަރުގެ ގޭމްސްގައި ރާއްޖޭން ބައިވެރިވީ، ޓީޓީ އާއި ފެތުމުގެ އިތުރުން ބާސްކެޓްބޯޅަ ތުރީއޮންތުރީ އަދި އެތުލެޓިކްސް ގައެވެ.

އިސްލާމިކް ސޮލިޑާރިޓީ ގޭމްސް އަކީ އިސްލާމީ ދުނިޔޭގެ ގައުމުތަކުން ބައިވެރިވާ ބޮޑު ކުޅިވަރު މުބާރާތެކެވެ. މި މުބާރާތުގައި އިސްލާމީ ގައުމުތަކުގެ އެތުލީޓުން ބައިވެރިވެ، އެކި ކުޅިވަރުތަކުގައި ވާދަކުރެއެވެ. މި ފަހަރުގެ މުބާރާތުގައި 50 އަށްވުރެ ގިނަ ގައުމުތަކުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ.

އައިޝަތު ރަފާ ނާޒިމްއަލީ އިމްއާންއިސްލާމިކް ސޮލިޑާރިޓީ ގޭމްސް

އިތުރަށް ކިޔާލަން

24 ނޮވެމްބަރު 2025

ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި

24 ނޮވެމްބަރު 2025
ދިވެހި ގައުމީ ހޭންޑްބޯލް ޓީމު އުމްރާވުމަށް މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕުން އެހީތެރިވެ ދީފި
31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
16 ޖެނުއަރީ 2023

ޓީޓީ ތަރި ރަފާ އަށް އަރުތަ ޕްރޮގްރާމް އިން ފުރުސަތު ދީފި

16 ޖެނުއަރީ 2023
ޓީޓީ ތަރި ރަފާ އަށް އަރުތަ ޕްރޮގްރާމް އިން ފުރުސަތު ދީފި
26 އެޕްރީލު 2022

މޫދަށް ފުންމާލީ މަޖަލަކަށް، އެކަމަކު މިހާރު އެއީ ޗެމްޕިއަނެއް!

26 އެޕްރީލު 2022
މޫދަށް ފުންމާލީ މަޖަލަކަށް، އެކަމަކު މިހާރު އެއީ ޗެމްޕިއަނެއް!
24 އެޕްރީލު 2022

އަންނަ މަހު އޮންނަ ޓީޓީ މުބާރާތަކީ، ދީމާއާއި ރަފާ ހޯދައިދިން ރަން ވަނަތަކުގެ އަގުވަަޒަންކުރަން އޮތް ފުރުސަތެއް- މިނިސްޓަރ މަހުލޫފް

24 އެޕްރީލު 2022
އަންނަ މަހު އޮންނަ ޓީޓީ މުބާރާތަކީ، ދީމާއާއި ރަފާ ހޯދައިދިން ރަން ވަނަތަކުގެ އަގުވަަޒަންކުރަން އޮތް ފުރުސަތެއް- މިނިސްޓަރ މަހުލޫފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު