Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ހަނގުރާމަ ހުއްޓާލުމަށް ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް: ރައީސް ޒެލެންސްކީ

ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވީ ޓްރަމްޕްގެ ހަނގުރާމަ ހުއްޓުވުމުގެ ޕްލޭނާ ގުޅިގެން ޔޫކްރެއިނަށް ކުރިމަތިވެފައިވަނީ މިނިވަންކަން ގެއްލުން ނުވަތަ އެމެރިކާގެ އެހީތެރިކަން ގެއްލުމާ ކުރިމަތިލާން ޖެހޭ ފަދަ ވަރަށް އުނދަގޫ ނިންމުމެއް ކަމަށް.

ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2025 | ހޮނިހިރު 08:32
ޔޫކްރެއިން ގެ ރައީސް ވުލޮޑޮމިއަރ ޒެލެންސްކީ

ޔޫކްރެއިން ގެ ރައީސް ވުލޮޑޮމިއަރ ޒެލެންސްކީ

ހަނގުރާމަ ހުއްޓާލުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސް ނަންގަވައިގެން ހުށަހެޅި ޕްލޭން އާ ގުޅިގެން ޔޫކްރެއިން ގެ ކުރިމަތީގައި ވަނީ ވަރަށް އުނދަގޫ ނިންމުމެއް ކަމަށް ރައީސް ވުލޮޑޮމިއަރ ޒެލެންސްކީ ވިދާޅުވެއްޖެ އެވެ.

ރައީސް ވޮލޮޑިމީރް ޒެލެންސްކީ ހުކުރު ދުވަހު ގައުމާ މުޚާތަބު ކުރައްވާ ވިދާޅުވީ، އެމެރިކާއިން ހުށަހަޅާފައިވާ 28 ޕޮއިންޓް ގެ ޕްލޭނާ ގުޅިގެން ޔޫކްރެއިނަށް ކުރިމަތިވެފައިވަނީ އެ ޤައުމަށް ކުރިމަތިވެފައި ވަނީ އެ ގައުމުގެ މިނިވަންކަން ގެއްލުން ނުވަތަ ނުވަތަ އެމެރިކާގެ އެހީތެރިކަން ގެއްލުން ކަމުގައެވެ.

މި ޕްލޭނަކީ ރަޝިޔާގެ މުހިންމު ޑިމާންޑްތަކަށް މަގުފަހިވާ ޕްލޭނެއްގެ ގޮތުގައި ބެލެވިފައި ވާއިރު، މި ޕްލޭނަށް އަންނަ ބުރާސްފަތީގެ ކުރިން ކީވް އިން އެއްބަސްވާން ޖެހޭނެ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް ވެސް ޒެލެންސްކީ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ފޮކްސް ނިއުސް ރޭޑިއޯ އަށް ވިދާޅުވީ، އަންނަ ބުރާސްފަތި ދުވަހަކީ ކީވް އިން މި ޕްލޭނަށް އެއްބަސްވުމަށް އެކަށީގެންވާ ސުންގަޑިއެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

ޤައުމާ މުޚާޠަބުކުރައްވައި، މޮޅިވެރި ރާގެއް ގައި ހުކުރު ދުވަހު ދެއްވި ޚިޠާބެއްގައި ޒެލެންސްކީ ވަނީ ޔޫކްރެއިންގެ ރައްޔިތުންނަށް އެއްބައިވަންތަވުމަށް ގޮވާލައްވައި، ޔޫކްރެއިނަށް އެއްވެސް އިރެއްގައި ޚިޔާނާތްތެރިވެވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެފައެވެ. މި ޚިޠާބު ދެއްވީ އެމަނިކުފާނުގެ ރަސްމީ އޮފީސް ހުންނަ އިމާރާތުގެ ބޭރުގައި، މަގުމަތީގައި ހުންނަވައިގެންނެވެ. މިއީ ބޮޑެތި ޚިޠާބުތައް ދެއްވުމަށް ޒެލެންސްކީ ވަރަށް މަދު ހާލަތެއްގައި ނޫނީ ބޭނުން ކުރައްވާ ތަނެއް ނޫނެވެ.

'ވަރަށް އުނދަގޫ ނިންމުމެއް' މިއީ އަޅުގަނޑުމެންގެ ތާރީޚުގައި އެންމެ ދަތި ވަގުތުކޮޅުތަކުގެ ތެރެއިން އެއް ވަގުތުކޮޅު،" ކަމަށް ޒެލެންސްކީ ވިދާޅުވި އެވެ.

ޒެލެންސްކީ ވިދާޅުވީ، ޔޫކްރެއިން ވަރަށް ބޮޑު ޕްރެޝަރެއް ކުރިމަތިވެފައިވާ ކަމަށާއި، ވަރަށް އުނދަގޫ އިޚްތިޔާރީ ކަންތައްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

"މި ޕްލޭންގައިވާ މަދުވެގެން ދެ ނުކުތާއެއް — ޔޫކްރެއިން ރައްޔިތުންގެ ގަދަރާއި މިނިވަންކަން — ކަށަވަރުކުރުމަށް 24/7 މަސައްކަތްކުރާނަން،" ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ.

ވޮޝިންޓަނުން ވަނީ 28 ނުކުތާގެ ޕްލޭނެއް ކީވް އަށް ހުށަހަޅާފައެވެ. މި ޕްލޭންގައި ޔޫކްރެއިނުން ބިން ދޫކޮށްލުމަށާއި، އެ ޤައުމުގެ އަސްކަރިއްޔާ ކުޑަކުރުމަށާއި، އަދި ނޭޓޯއާ ގުޅުމުގެ އުންމީދު މުޅިން ދޫކޮށްލުމަށް ގޮވާލާފައިވެއެވެ.

ނަން ހާމަނުކުރުމަށް ޝަރުޠުކޮށް، މަޝްވަރާތަކުގެ ތަފްޞީލު ހާމަކުރި ދެ މަސްދަރުން ބުނީ، މި އެއްބަސްވުން ޤަބޫލުނުކޮށްފިނަމަ، އެމެރިކާއިން ޔޫކްރެއިނަށް ސްޓްރެޓިޖިކް މަޢުލޫމާތު ދިނުމާއި ހަތިޔާރު ފޯރުކޮށްދިނުން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާ އިން ދީފައިވާ ކަމަށެވެ.

އެހެން ނަމަވެސް ރޮއިޓާސް އަށް އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވީ، އެމެރިކާއިން ސްޓްރެޓިޖިކް މަޢުލޫމާތު ނުދީ ހިފަހައްޓާނެ ކަމަށް އިންޒާރުދިން ކަމަށް ބުނުމަކީ ޞައްޙަ ވާހަކައެއް ނޫން ކަމަށެވެ.

އެމެރިކާގެ އަސްކަރީ ވަފުދެއް ބުރާސްފަތި ދުވަހު ކީވްގައި ޒެލެންސްކީއާ ބައްދަލުކުރިއެވެ. މި ވަފުދުގައި ހިމެނިވަޑައިގެންނެވި އެމެރިކާގެ ސަފީރާއި، އަސްކަރިއްޔާގެ ޕަބްލިކް އެފެއާޒްގެ ވެރިޔާ ވިދާޅުވީ، އެ ބައްދަލުވުމަކީ ކާމިޔާބު ބައްދަލުވުމެއް ކަމަށާއި، އެމެރިކާ އާއި ޔޫކްރެއިނާ ދެމެދު ލިޔުމެއްގައި ސޮއިކުރުމަށް "އަވަސް ތާވަލެއް" ވޮޝިންޓަނުން ބޭނުންވާ ކަމަށެވެ.

މަސްދަރު: ރޮއިޓާސް

ޑޮނަލްޑް ޓްރަމްޕްވުލެޑިމިއަރ ޒެލެންސްކީޔުކްރެއިންއެމެރިކާ-ޔޫކްރެއިންޔުކްރެއިން - ރަޝިޔާ ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ

09 ޑިސެމްބަރު 2025
ހެގްސެތުގެ ދަތުރުފަތުރު ބަޖެޓުގެ 75 އިންސައްތަ ހިފެހެއްޓުމަށް ކޮންގްރެސް އިން ނިންމަނީ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު