Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހުޅުމާލެ

ބަޖެޓު 2026 ގައި ސިއްހީ ދާއިރާއަށް 8.8 ބިލިޔަން ރުފިޔާ، އެކަމަކު ހުޅުމާލޭގައި ހޮސްޕިޓަލެއް އަޅަން ފަންޑު ނެތިގެން އެހީ ހޯދަނީ

މި ސަރުކާރުގެ ސިޔާސަތަކީ ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށް ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2025 | ހުކުރު 14:22
ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް

ހެލްތު މިނިސްޓަރު އަބްދުالله ނާޒިމް

އަންނަ 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސިއްހީ ދައިރާއަށް 8.8 ބިލިޔަން ރުފިޔާ ކަނޑައަޅާފައި ވީ ނަމަވެސް ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އަޅަން ފަންޑު ހޯދަމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުގެ ސިޔާސަތަކީ ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުން ކަމަށެވެ.

Advertisement - newsAdvertisement

އަދި އެކަން ކުރުމަށްޓަކައި ފައިނޭންސް އުސޫލުން މަޝްރޫއު ކުރިއަށް ގެންދާނެ ބަޔަކު ހޯދަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އިންޓަނޭޝަނަލް ޑޯނާއަކަށް ނުވަތަ އިންޓަނޭޝަނަލް ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ގެންދާ ޕޮރެޖެކްޓެއްގެ ގޮތުގައި ގެންދަން ރޭވިފައި ވަނީ. އެ މަޝްވަރާތައް ކުރިއަށް އެބަ ގެންދޭ.
ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް

ކޮންޓްރެކްޓަރ ފައިނޭންސް އުސޫލުން ހުޅުމާލޭގައި އިތުރު ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ކުރަމުން ދާ ކަމަށް މިނިސްޓަރު ވިދާޅުވި އިރު މިއީ މީގެ ކުރިން ސަރުކާރުން އިއުލާންކުރި މަޝްރޫއުއެއް ނޫނެވެ.

މި ސަރުކާރުން ފާސް ކުރި ދެ ބަޖެޓުގައި ވެސް އެއްވެސް މަޝްރޫއެއް ގެ ތަފްސީލު ހިމަނާފަ އެއް ނުވެ އެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކުރަމުންދާއިރު އެންމެ ބޮޑު އަދަދެއް ބަޖެޓުން ކަނޑައަޅާފައިވާ ސިއްހީ ދާއިރާ އަށް ކުރަން ނިންމާފައިވާ ކަންކަމަކީ ކޮބައިތޯ ވެސް ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

މަޝްރޫއު ތަކުގެ ތަފްސީލު ހިއްސާ ކުރުމަށް ގިނަ ބަޔަކު ގޮވާލަމުން ދަނިކޮށް މިނިސްޓަރު މި ވަނީ އެންމެ ބޮޑު އިންސައްތައެއް އެ ދާއިރާ އަކަށް ކަނޑައަޅާފައިވާ ސިއްހީ ދާއިރާގެ މަޝްރޫއެއް ކުރިއަށް ގެންދިއުމަށް ފަންޑު ހޯދުމަށް މަޝްވަރާ ކުރަމުންދާ ކަން ހާމަ ކުރައްވާފަ އެވެ.

މިއާއެކު ސިއްހީ ދާއިރާ އަށް ބަޖެޓުން ކަނޑައަޅާފައިވާ 8.8 ބިލިއަން ރުފިޔާ އިން ސަރުކާރުން ކުރަން ނިންމާފައި ވަނީ ކޮން ކަމެއްތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. 2026 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ބޭސްފަރުވާގެ އެހީއާއި، ސިއްހީ އާލާތްތައް ހޯދުމަށްޓަކައި 1.15 ބިލިޔަން ރުފިޔާވަނީ ހިމަނާފަ އެވެ. އަދި ސިއްހީ ދާއިރާއިން އެކި ދިރާސާތައް ކުރުމަށްވަނީ 15 މިލިޔަން ރުފިޔާ ކަނޑައަޅާފަ އެވެ.

ޕީއެސްއައިޕީގެ ތެރެއިން ސިއްހީ ދާއިރާގެ ތަރައްގީ އަށް ވެސް ބޮޑު ބަޖެޓެއްވަނީ ކަނޑައަޅާފަ އެވެ. އެގޮތުން ސިއްހީ ދާއިރާގެ ޕީއެސްއައިޕީ މަޝްރޫއުތަކަށް 917 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. މީގެތެރެ އިން ވެސް ހޮސްޕިޓަލް ތައް ތަރައްގީ ކުރުމަށް 430 މިލިއަނަށް ވުރެ ގިނަ ރުފިޔާވަނީ ކަނޑައަޅާފަ އެވެ.

ސިއްހީ ދާއިރާހުޅުމާލެއަބްދުﷲ ނާޒިމްހޮސްޕިޓަލްރައްޔިތުންގެ މަޖިލިސް2026 ބަޖެޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު