Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
2026 ބަޖެޓް

2026 ގެ ބަޖެޓަކީ އިގްތިސާދީ ދިރުމެއް ނެތް، ވިހާއިރު ވެސް މަރުވެފައި އޮންނާނެ ބަޖެޓެއް: މެންބަރު ޣަފޫރު

މި އަހަރު ހިންގުނު ބޮޑު އެންމެ މަޝްރޫއެއް ވެސް ނެތް ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2025 | ހޯމަ 08:33
މަޖްލިސް ޖަލްސާ އެއް ގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވާހަކަ ދައްކަވަނީ

މަޖްލިސް ޖަލްސާ އެއް ގައި ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލް ޣަފޫރު މޫސާ ވާހަކަ ދައްކަވަނީ

އަންނަ 2026 ވަނަ އަހަރުގެ ބަޖެޓަކީ އިގްތިސާދީ ދިރުމެއް ނެތް، ވިހާއިރު ވެސް މަރުވެފައި އޮންނާނެ ބަޖެޓެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަނީ 2026 ވަނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހެޅި 64.2 ބިލިއަން ރުފިޔާގެ ބަޖެޓް، މަޖިލީހުގެ ބަޖެޓް ކޮމިޓީ އިން ފާސްކުރި ގޮތުގެ ރިޕޯޓުގެ ބަހުސް ފަށާފަ އެވެ.

Advertisement - newsAdvertisement

ކޮމިޓި ރިޕޯޓަށް ބަހުސް ކުރައްވަމުން ޣަފޫރު ވިދާޅުވީ 2025 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުމުން އެ ބަޖެޓަކީ ވެސް ރައްޔިތުންނަށް އެކަށީގެންވާ ކުރިއެރުމެއް އަންނާނެ ބަޖެޓެއް ނޫން ކަމަށް ވިދާޅުވި ކަމަށެވެ. އަދި މިއަހަރު ފެނުނީ ވެސް އެ މަންޒަރު ކަމަށް ޣަފޫރު ވިދާޅުވި އެވެ.

މި އަހަރު ހިންގުނު ބޮޑު އެންމެ މަޝްރޫއެއް ވެސް ނެތް ކަމަށާ އެފަދަ އެންމެ މަޝްރޫއެއް ވެސް ސަރުކާރަށް ނުދެއްކޭނެ ކަމަށް ޣަފޫރު ވިދާޅުވި އެވެ.

އަޅުގަނޑުމެން ބުނިން 2025 ވަނަ އަހަރުގެ ބަޖެޓް ފާސް ކުރިއިރު ވެސް ރައްޔިތުންނަށް އެކަށީގެންވާ ކުރި އެރުމެއް މި ބަޖެޓުން ނުލިބޭނެ އޭ. ނެތް ލިބިފަ އެއް. ރަނގަޅު. ރަށްރަށުގަ އުނދޯލިގެއާ ފުޓްސަލް ދަނޑު ނޭޅޭ ވާހަކައެއް ނޫން އަޅުގަނޑު މި ދައްކަނީ. އެއީ އާންމު ފަރުދަކަށް ވެސް ކުރެވޭނެ ވަރު. ކޮން ބޮޑު ޕްރޮޖެކްޓެއް ކޮން ރަށެއްގައި ހިނގަނީ. އެބަ ހިނގާތޯ. އެއްވެސް ކަމެއް ނުހިނގާ. މިކަން އޮތީ މިހެން،
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ޣަފޫރު ވިދާޅުވީ މިދިޔަ އަހަރު ވެސް ދައުލަތުގެ އާމްދަނީ އަށް ޓެކްސް އަދި ކަސްޓަމްސް ޑިއުޓީގެ ގޮތުގައި ލިބެންޖެހޭ އަދަދު 5 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ. ޓީޖީއެސްޓީ ބޮޑު ކޮށްގެން ދައުލަތުގެ އާމްދަނީ ބޮޑުވި ނަމަވެސް އެއީ އެތެރޭގެ އިގްތިސާދު ހުއްޓާލައިގެން ލިބުނު ބޮޑު ގެއްލުމެއް ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.

2026 ވަނަ އަހަރަކީ ވެސް ރައްޔިތުންނަށް ކުރި އެރުން ލިބޭނެ އަހަރެއް ނޫން ކަމަށް ޣަފޫރު ވިދާޅުވި އެވެ. އެކަން ވަރަށް ސާފު ކޮށް ފެންނަން އެބައޮތް ކަމަށް މެންބަރު ވިދާޅުވި އެވެ.

މި ސަރުކާރު ވެރިކަމަށް އައި ފަހުން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ ދަށަށް ގޮސްފައިވާ ކަމަށާ އިންސާނީ ހައްގުތައް ރައްކާތެރިކުރަން ކުރެވުނު އެއްވެސް މަސައްކަތެއް ފެންނަން ނެތް ކަމަށް ވެސް ޣަފޫރު ވިދާޅުވި އެވެ. އޭގެ އިތުރުން މެންބަރު ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ވެސް ދަށަށް ގޮސްފައިވާ ކަން ފާހަގަކުރައްވާ އިންފްލޭޝަން ދުވަހަކު ވެސް ރާއްޖޭގަ ނާރާ ވަރަށް އަރާފައިވާއިރު ޑޮލަރުގެ އަގު ދުވަހަކު ވެސް ނުދާ ވަރަށް ގޮސްފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ޣަފޫރު ވިދާޅުވީ މިއީ ގައުމެއްގެ އިގްތިސާދީ ދުވެލި ދެނެގަނެވޭނެ އިންޑިކޭޓަރުތައް ކަމަށެވެ. އަދި މިއިން އެއްވެސް ކަމެއް ހައްލު ނުކޮށް މި ގައުމުގެ އިގްތިސާދު ކުރިއަށް ނުދާނެ ކަމަށާ އެކަން އެގޮތަށް ނުވެސް ވާނެ ކަމަށް މެންބަރު ވިދާޅުވި އެވެ.

ހިތްވަރު ހުރިއްޔާ މި ދެންނެވި ކަންތައްތައް ތިރިއަށް ޖައްސާލަބަލަ. ޖައްސާލާފަ ބުނެބަލަ މިއޮތީ އިގްތިސާދު ރަނގަޅު ކޮށްފައޭ. މިކަންކަން ރަނގަޅު ނުވެ އިގްތިސާދު ރަނގަޅެއް ނުވާނެ. މިއަންނަ އަހަރަކީ ރައްޔިތުންނަށް އިންތިހާ އަށް ބުރަ އަދި ތަކުލީފު އޮތް އަހަރެއް،
ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ

ޣަފޫރު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައީ ވެސް ދޮގާ މަކަރުން ކަމަށެވެ. އަދި މިހާރު ވެސް އެންމެ ބާރު ސްޕީޑުގައި ކުރަމުންދާ އެއް ކަމަކީ ރައްޔިތުންނަށް އޮޅުވާލުން ކަމަށެވެ.

މެންބަރު ވިދާޅުވީ އަންނަ އަހަރު ވެސް ވާނީ މި އަހަރު ގޮތަށް ސަރުކާރު ހިތު ހުރި ގޮތަކަށް ރައްޔިތުންގެ ފައިސާ ތަޅާ ބުރުވާލާނެ، ރައްޔިތުންނަށް ބުރަ އަހަރަކަށް ކަމަށެވެ.

2026 ބަޖެޓްއަބްދުލްގަފޫރު މޫސާރައްޔިތުންގެ މަޖިލިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

18 ފެބުރުއަރީ
ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަރުކާރުން ދޫކުރާ މަސްދަޅުތަކަށް 64 މިލިއަނަށް ވުރެ ގިނަ ރުފިޔާ، އަދިއެއްކޮށް ޕޭމަންޓު ދައްކާފައިނުވޭ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ
20242 އަހަރު ކުރިން
ރާއްޖެ

ވައުދުވީ ޑޮލަރުން މަސްވެރިންނަށް ފައިސާދޭން، ކުޑަމިނުން ރުފިޔާއިން ވެސް ފައިސާނުދޭތާ 3 މަސް ވަނީ

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!
20233 އަހަރު ކުރިން
ރިޕޯޓު

12 ދުވަސް ވީ ތަނެއް ނޭނގި: އާސިރަށް ވީ ގޮތާއި އޭގެ ހަގީގަތް!

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ
20224 އަހަރު ކުރިން
ރާއްޖެ

ހިޔާވަހި ހައުސިން މަޝްރޫއު: ރީތި ގަސް އެޕާޓްމެންޓަށް ނަން ބަދަލުކޮށް، ދެއަހަރުގެ ތެރޭގައި މަސައްކަތް ނިންމަނީ

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"
20215 އަހަރު ކުރިން
ރިޕޯޓު

ދުނިޔޭގައި ހުންނާނެކަމުގެ އުންމީދު ކަނޑާލި، ހަމައެކަނި އުންމީދަކަށްވީ \"އާއިލާ\"

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏
20197 އަހަރު ކުރިން
އިސްލާމް

‏ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟‏

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!
20188 އަހަރު ކުރިން
ރިޕޯޓު

އުއްތަމަ ފަނޑިޔާރުގެ ބައްޕާފުޅުގެ ބަސް: ދަރިފުޅު ކުރީ ކުރަންޖެހޭ ކަމެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު