Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ2026 ބަޖެޓް

ޖަނާބު ވިދާޅުވީ މި ދެއަހަރު އެއްވެސް ކަމެއް ނުކުރެވުނީ އަންނަ އަހަރުގެ ބަޖެޓު ފާސް ނުވާތީ ކަމަށް

17 ނޮވެމްބަރު 2025 | ހޯމަ 11:39

ދައުލަތުން ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ރިކޯޑު ބަޖެޓު ބޮޑުވުމުން ފަޚުރުވެރިވާ ކަމަށް

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 17 ނޮވެމްބަރު 2025 | ހޯމަ 11:39
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ އިބްރާހިމް މުހައްމަދު (ޖަނާބު)

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ އިބްރާހިމް މުހައްމަދު (ޖަނާބު)

މި ސަރުކާރަށް ދެ އަހަރު ވީއިރު އެއްވެސް ކަމެއް ނުކުރެވޭ ކަމަށާ އެއްވެސް ކަމެއް ނުކުރެވުނީ އަންނަ 2026 ގެ ބަޖެޓު ފާސްނުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ބަޖެޓަށް ބަހުސް ކުރައްވަމުން ޖަނާބު ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ 64.2 ބިލިއަން ރުފިޔާގެ ރިކޯޑު ބަޖެޓު ބޮޑުވުމުން އެކަމާ މެދު ފަޚުރުވެރިވާ ކަމަށެވެ.

Advertisement - newsAdvertisement

ބަޖެޓަކީ ބޮޑުވާން ޖެހޭ އެއްޗެއް ކަމަށާ، އަދި މިއަށް ވުރެ ވެސް ބަޖެޓް ބޮޑު ވެއްޖެ ނަމަ ރައްޔިތުންނަށް ރަނގަޅު ވާނެ ކަމަށް ޖަނާބު ވިދާޅުވި އެވެ. އޭގެ އިތުރުން، މި ސަރުކާރުގެ ދެ އަހަރު ކަމެއް ނުކުރެވުނު ކަން ގަބޫލު ކުރައްވާ ކަމަށާ އެކަންކަން ނުވެ ހުރީ އަންނަ އަހަރުގެ ބަޖެޓު ފާސް ނުވާތީ ކަމަށް ވެސް ޖަނާބު ވިދާޅުވި އެވެ.

ބައެއް ބޭފުޅުން މި ތަނުގަ ވާހަކަދައްކަވާއިރު މިވެނި ކަމެއް ނުވެއޭ، އެވެނި ކަމެއް ނުވެއޭ މިވެނި ރަށެއްގަ މިވެނި މަޝްރޫއެއް ނުނިމި ހުރި ވާހަކަ ފާހަގަކުރައްވައިފި. ތެދެއްމެ އެ ކަންކަން ނުވެ ހުރީ މި ހާރު މި ފާސްކުރަން އުޅޭ ބަޖެޓު އަދި ފާސް ނުވާތީ. މިއީ ފާސްކުރަން އުޅޭ ބަޖެޓެއް. އަދި ފާހެއް ނުވޭ.
ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި އުތުރު ދާއިރާގެ އިބްރާހިމް މުހައްމަދު (ޖަނާބު)

ޖަނާބު ވިދާޅުވީ އެހެންކަމުން ބައެއް މެންބަރު ރައްޔިތުންނަށް އޮޅޭ ގޮތަށް މި ސަރުކާރަށް އެއްވެސް ކަމެއް ނުކުރޭ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް ފަރުވާތެރިވާން ޖެހޭ ކަމަށެވެ. މިދިޔަ އަހަރު ވެސް މި އަހަރުގެ ބަޖެޓު ހުށަހެޅުމުން ބައެއް މެންބަރު މަޖިލީހުގެ ތަޅުމުގައި ބޮޑާހޭކި ކަމަށް މެންބަރު ވިދާޅުވި އެވެ.

މި ބަޖެޓު ފާސް ނުކުރުމަށް އިދިކޮޅު މެންބަރު އޭރު މަސައްކަތް ކުރަމުން ދިޔައިރު، މިއަދު ހުރިހާ ރަށެއްގައި އޭޓީއެމް ވެސް އެޅިގެން އެ ދިޔައީ ހަމަ އެ ބަޖެޓު ފާސްކުރުމުން ނޫންތޯ މެންބަރު ސުވާލު އުދެއްދެވި އެވެ.

މި ހިނގާ 2025 ވަނަ އަހަރާ މިދިޔަ 2024 ވަނަ އަހަރު އެއްވެސް ކަމެއް ނުކުރެވުނީ އަންނަ އަހަރުގެ ބަޖެޓު ފާސްނުވާތީ ކަމަށް މެންބަރު ވިދާޅުވުމުން ވަރަށް ގިނަ ބަޔަކު ދަނީ މަޖިލީހުގެ މެންބަރަކަށް ވެ ހުރެ ޖަނާބަށް ދައުލަތުގެ ކަންކަން ހިނގާ ގޮތް ނޭނގޭ ކަމަށް ބުނެ އޭނާ އަށް ފާޑުކިޔަމުންނެވެ.

އިބްރާހިމް މުހައްމަދު (ޖަނާބު)ރައްޔިތުންގެ މަޖިލިސް2026 ބަޖެޓް

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު

11 ޑިސެމްބަރު 2025
ސުލްހަވެރިކަމާ އެކު އިހުތިޖާޖު ކުރާ މަސްވެރިންނަށް ބިރު ދައްކައިގެން ހުއްޓުވޭނެ ކަމަށް ވިސްނުމަކީ ވަރަށް ބޮޑު ގޯހެއް: މައުރޫފް ޒާކިރު
09 ޑިސެމްބަރު 2025

ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް

09 ޑިސެމްބަރު 2025
ސަރވިސް ޗާޖު ޑޮލަރުން ދިނުން ލާޒިމު ކުރަން ގާނޫނަށް އިސްލާހެއް
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
06 ޑިސެމްބަރު 2025

ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި

06 ޑިސެމްބަރު 2025
ކުރީގެ ރައީސުންގެ އޮފީސް ޚަރަދު އުނިކޮށް، ނައިބު ރައީސުންނަށް 30،000 ރުފިޔާގެ އިނާޔަތް ދޭން ހުށަހެޅި ބިލު ތަސްދީގުކޮށްފި
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު

05 ޑިސެމްބަރު 2025
މަރުގެ އަަދަބު ކަނޑައަޅަނީ އަދަބު ދޭ ހިތަކުން ނޫން، އެއީ އޭރުން މީހުން ކުށް ކުރަން ފަސްޖެހޭނެތީ: ރައީސް މުއިއްޒު
04 ޑިސެމްބަރު 2025

މަސްތުވާތަކެތީ ގެ ބިލު: އުމުރަށް ޖަލަށްލުމުން މާފު ނުދެވޭ ގޮތަށް ހަދާ، އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތް ބަދަލުކޮށްފި

04 ޑިސެމްބަރު 2025
މަސްތުވާތަކެތީ ގެ ބިލު: އުމުރަށް ޖަލަށްލުމުން މާފު ނުދެވޭ ގޮތަށް ހަދާ، އުމުރަށް ޖަލަށްލުން މާނަ ކުރާ ގޮތް ބަދަލުކޮށްފި
04 ޑިސެމްބަރު 2025

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި

04 ޑިސެމްބަރު 2025
ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތް ކުރާ ކޮމިޓީ ގެ އިންތިޚާބު އަންނަ އަހަރު އޭޕްރިލް 4 ގައި
03 ޑިސެމްބަރު 2025

ޒަކާތު ގެ ބިލު މަޖިލީހުން ފާސްކޮށްފި

03 ޑިސެމްބަރު 2025
ޒަކާތު ގެ ބިލު މަޖިލީހުން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް