Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ބީއޮންޑް

ބިއޯންޑް އިން 2030 ގައި 22 އެއަރކްރާފްޓަށް ފުޅާކުރަން ނިންމައިފި

2026 ވަނަ އަހަރު، ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު، ބިއޯންޑް އިން ނެޓްވާރކް ފުޅާކުރަން ވަނީ ހަމަޖެހިފަ އެވެ.

ބީއޮންޑް އިން 2030 ވަނަ އަހަރު ރާއްޖޭގައި ބޭސްކޮށްގެން 22 އެއަރކްރާފްޓަށް ފުޅާކުރުމާއި 30 އަށްވުރެ ގިނަ މަންޒިލަކަށް ފުރާ ހިންގުމަށް ނިންމައިފި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 18 ނޮވެމްބަރު 2025 | އަންގާރަ 11:51
ބިއޯންޑް އެއަރލައިން

ބިއޯންޑް އެއަރލައިން

ސިމްޑީ އާއި ދުބާއީގެ އެރޭބިކްސް ކުންފުނި ގުޅިގެން އުފައްދާފައިވާ ދުނިޔޭގެ ފުރަތަމަ ލަގްޒަރީ އެއާލައިން ބިއޯންޑު އިން 2030ގެ ނިޔަލަށް އެ އެއަރލައިންގް ފްލީޓް 22 ފްލައިޓަށް އިތުރުކުރަން ނިންމައިފި އެވެ.

ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެޝާރ އެއަރލައިން ކަމަށްވާ ބިއޯންޑް އިން ރާއްޖެއަށް ދިގު މުއްދަތަށް ދަތުރުފަތުގެ ޚިދުމަތް ދިނުމުގެ ޔަޤީންކަން އިތުރަށް ވަރުގަދަކޮށް، 2026 ވަނަ އަހަރު އައު ހަތަރު އާ މަންޒިލަކަށް ދަތުރުތައް ފެށުމަށް ވަނީ ނިންމާފަ އެވެ.

ބިއޯންޑްގެ ސްޓްރެޓެޖީގައި ފޯކަސް ކޮށްފައިވަނީ ދުނިޔޭގެ މައި ސިޓީތަކުން އަގުބޮޑު ފަތުރުވެރިން ގުޅުވައިދިނުމަށް އޯލް ޕްރިމިއަމް، ލައި-ފްލެޓް ތަޖުރިބާއެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް ކަމަށާއި މި އެއަރލައިނުން މެދުއިރުމަތީގެ ސަރަހައްދާއި ޔޫރަޕުން ރާއްޖެއަށް ފަތުރުވެރިކަން އިތުރުކުރުމަށް މަސައްކަތްކޮށްފައިވާނެ ކަމަށް އެކުންފުނިން ބުންޏެވެ.

ބިއޯންޑް އިން ރާއްޖޭގައި އެއަރ އޮޕަރޭޓަރ ސެޓްފިކެޓް (އޭއޯސީ) ބެހެއްޓުމަކީ އެކުންފުނިން ފަހުރެއްގެ ގޮތުގައި ދެކޭ ކަމެއް ކަމަށާއި، ކުންފުނީގެ ވިސްނުމަކީ ދުނިޔޭގެ އެކި ސަރަހައްދުތަކުން އޭއޯސީ ހޯދުމުގެ މަލްޓި-ޖުރިސްޑިކްޝަނަލް އެޕްރޯޗެއް ކަމަށް އެކުންފުނިން ބުންޏެވެ.

ބީއޮންޑްގެ ސީއީއޯ ޓެރޯ ޓާސްކިލާ ވިދާޅުވީ އަހަރެމެންގެ ފޯކަސްއަކީ ދުނިޔަވީ ފުޅާކުރުމާއި، ރާއްޖެއަށް އިތުރު ފަތުރުވެރިން ގެނައުން. އަހަރެމެން އިންވެސްޓްކުރަނީ އާ އެއަރކްރާފްޓް، އާ މާކެޓްތަކާއި އާ ޕާޓްނަރޝިޕްތަކަށް، މިއީ ރާއްޖޭގެ ދުނިޔަވީ ފޯރާ ވަރުގަދަކޮށް، މި މަންޒިލަށް އަހަރުތެރޭ އިތުރު ޕްރިމިއަމް ލެޝާރ ފަތުރުވެރިން ގެނައުމަށް. އަހަރެމެންގެ އަމާޒަކީ ރާއްޖެއަށް ފަތުރުވެރިކަމުގެ މުސްތަގުބަލު ރާވައި، ގައުމުގެ ދިގު މުއްދަތުގެ ޓޫރިޒަމް ކުރިއެރުމަށް ހިއްސާކުރުން،" ކަމަށެވެ.

2023 ވަނަ އަހަރު ކޮމާޝަލް އަށް ހާއްސަކޮށްގެން ފެށި ފްލައިޓްތަކަށް، ބީއޮންޑް އިން ރާއްޖެއަށް ފަތުރުވެރިން ދަތުރުކުރާ ގޮތް ބަދަލުކޮށްލައި، ސިންގަލް-އައިލް އެއަރކްރާފްޓްގައި އެވޯޑް ހޯދާފައިވާ ލައި-ފްލެޓް ލަގްޒަރީ ތަޖުރިބާ ފޯރުކޮށްދީ، ރާއްޖެއާއި އެހެނިހެން މާކެޓްތަކާ ދެމެދު ސީމްލެސް ގުޅުން ޤާއިމްކޮށްދީފައިވެ އެވެ.

ބިއޯންޑް އަކީ ބައިނަލްއަގްވާމީ އޭވިއޭޝަންގައި އެވޯޑް ހޯދާފައިވާ، ކުންފުންޏެކެވެ. އެއަރބަސް އޭ319 އާއި އޭ321 އެއަރކްރާފްޓްގައި އޯލް-ބިޒްނަސް-ކްލާސް ތަޖުރިބާ ފޯރުކޮށްދެ އެވެ. މިހާރު އެއަރލައިނުން ފުރާ ހިންގަނީ ޒިއުރިޚް، މިއުނިޚް، މިލާން، ރިޔާޒް، ރެޑް ސީ، ދުބާއީ އަދި ރާއްޖެއިންނެވެ. އާ މަންޒިލްތައް އިއުލާންކުރާނެއެވެ.

2026 ވަނަ އަހަރު، ރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު، ބިއޯންޑް އިން ނެޓްވާރކް ފުޅާކުރަން ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ޗައިނާ، ދެކުނު ކޮރެއާ، ވިއެޓްނާމް، ތައިލެންޑް، އިންޑިއާ، ފްރާންސް، އިޓަލީ އަދި ޔުނައިޓެޑް ކިންގްޑަމް ހިމެނެ އެވެ.

ބިއޯންޑް އަކީ ދުނިޔޭގެ ފުރަތަމަ ޕްރިމިއަމް ލެޝާރ އެއަރލައިންކަމަށްވާއިރު، ބިއޯންޑްގެ ދަތުރުތައް ކުރާނީ އެއަރބަސް އޭ319، އޭ320 އަދި އޭ321 ގެ ބޯޓުތައް ބޭނުންކޮށްގެންނެވެ. އަދި ބިއޯންޑް ގެ ފްލައިޓްތައް އެކުލަވާލާފައި ވަނީ ކުދި ކުދި ޑީޓެއިލްތަކަށް ޚާއްސަ ސަމާލުކަމެއް ދީގެންނެ އެވެ.

ބީއޮންޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕޮއިސްގެ ނަން މުޅި ރާއްޖޭގައި

ޕޮއިސްގެ ނަން މުޅި ރާއްޖޭގައި

30 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު