Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

އަޅުގަނޑުމެން މި ނުކުންނަނީ މިހާރު ވެރިކަމުގައި ހުރި އަނިޔާވެރި ވަލިއްޔުލްއަމްރު އަޒުލުކުރަން: މީކާއީލް

ލޫޓުވައިފި ލީޓުވައިފި އެއްވުމަކީ ވެރިކަމުގައި ހުރި ވަލިއްޔުލްއަމްރު އަޒުލުކުރަން ބާއްވާ އެއްވުމެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 3 އޮކްޓޯބަރު 2025 | ހުކުރު 16:51
ލޫޓުވައިފި ލޫޓުވައިފި އެއްވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ - 03 އޮކްޓޯބަރު 2025

ލޫޓުވައިފި ލޫޓުވައިފި އެއްވުމުގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވާހަކަ ދައްކަވަނީ - 03 އޮކްޓޯބަރު 2025

އެމްޑީޕީން އާޓިފިޝަލް ބީޗުގައި މިހާރު ކުރިޔަށް ގެންދާ "ލޫޓުވައިފި ލީޓުވައިފި" ބޮޑު އެއްވުމަކީ މިހާރު ވެރިކަމުގައި ހުރި އަނިޔާވެރި ވަލިއްޔުލްއަމްރު އަޒުލުކުރަން ބާއްވާ އެއްވުމުގެ ފަށުން ކަމަށް ގަލޮޅު ދެކުނުދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް އަހުމަދު ނަސީލް ވިދާޅުވެއްޖެ އެވެ.

މީކާއީލް މިފަދައިން ވިދާޅުވީ އެމްޑީޕީން އާޓިފިޝަލް ބީޗުގައި މިހާރު ކުރިޔަށް ގެންދާ އިދިކޮޅު ފަރާތްތަކުގެ ބޮޑު އެވުމުގައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މީކާއިލް ވިދާޅުވީ މި ގައުމުގައި މިހާރު މިއޮތް ސަރުކާރަކީ ރާއްޖޭގެ ފެހި ގާނޫނު އަސާސީ ވުޖޫދުވިފަހުން އެއްވެއުޅުމުގެ ހައްގުގެ ބޭނުންހިފައިގެން 20 އަހަރުގެ ޒުވާނުންތަކަކަށް ދައުވާއުފުލި ހަމައެކަނި ސަރުކާރު ކަމަށާއި އެހެން ކަމުން މިސާރުގެ ވެރިމީހާ ގެ ކިބައިން މިގައުމު ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ބޮޑުންގެ ދަރިންނާއި ވަޒީރުންގެ ދަރިން ޑިޕލޮމެޓް ޕާސްޕޮޓުގައި ރާއްޖެއަށް ވޭޕް އެތެރެކުރީމައި އޭނާގެ ވަނަވަރު ވަންހަނާކޮށް އާދައިގެ ނިކަމެތި މީހާ ފަލީހަތްކުރާ މި ބޭއިންސާފުގެ ވެރިޔާ އަށް ރައްޔިތުންގެ އިންސާފު މީޒާން ދައްކާލަން ޖެހޭ ކަމަށް ވެސް މީކާއިލް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ މުޅި މާލީ ނިޒާމް ޚަރާބުކޮށް ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ދިވެހި ރުފިޔާގެ އަގު ދަށް ނުވާވަރަށް އަގުދައްކޮށް، ވިޔަފާރިތަކުގެ ވިކުރާ ހުސްކޮށް، ދިވެހިރާއްޖޭގެ ސެންޓްރަލް ބޭންކާއި ބޭންކް އޮފް މޯލްޑިވްސް އަކީ ދިމްޔާތުގެ ސައިހޮޓަލަަށް ވުރެ އަގުދައް މިނިވަންކަމެއް ނެތް ތަނަކަށް ހެއްދެވި ވެރިމީހާ ވެރިކަމުން ބާލަން ޖެހޭ ކަމަށް މީކާއިލް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގައި، ދިވެހިރާއްޖޭގެ އެންމެމަތީ ކޯޓުގައި. މިހާތަނަށް ތާވަލް ކުރެވުނު އެންމެ މުހިންމު ތުސްތޫރީ މައްސަލަ ހިނގަހިނގާ އޮއްވައި، އެ މައްސަލަބަލަން ތިބި ފަނޑިޔާރުންގެ ތެރެއިން ފަނޑިޔާރުންތަކެއް ކަނޑާ އެއްލާ، ހަމަ އެ ފަނޑިޔާރު މީހާ ތިބޭފުޅުންގެ ޓެކުހުގެ މައްސަލަތަށް ބަލަން ޓެކްސް އެޕީލް ޓްރެބިއުނަލް އަށް ލާންއުޅޭ މި އުނބުގަނޑުގެ ކިބައިން ސަލާމަތްވާން ތައްޔާރުތޯ..
ގަލޮޅު ދެކުނުދާއިރާގެ މަޖިލިސް މެމްބަރު މީކާއީލް އަހުމަދު ނަސީލް

މީކާއިލް އިތުރަށް ވިދާޅުވީ މިރޭ އެއްވުމުގެ ބައިވެރިން ނުކުމެ މިތިބީ މިހާރު ވެރިކަމުގައި ހުރި ނުލަފާ ޖައްބާރު، ޚުދުމުހުތާރު ވެރިމީހާ އަޒުލުކުރަން ކަމަށެވެ.

މީކާއީލް އަހުމަދު ނަސީމްއެމްޑީޕީއާޓިފިޝަލް ބީޗުމާލީ އިދާރާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު