Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމޫސާ އަންވަރު

ސިއްހީ ދާއިރާއަށް ޚިދުމަތް ކުރުމުގެ އެންމެ މަތީ ޝަރަފު، އެ ދާއިރާއަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި އަންވަރަށް

11 ނޮވެމްބަރު 2025 | އަންގާރަ 07:18

މޫސާ އަންވަރު ސިއްހީ ދާއިރާއާ ގުޅިވަޑައިގެންނެވީ އައްޑުއަތޮޅު ގަމުގައި ހުރި ރީޖަނަލް މެޑިކަލް ސެންޓަރުގެ ތަރުޖަމާނެއްގެ ހައިސިއްޔަތުން

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 ނޮވެމްބަރު 2025 | އަންގާރަ 07:18
ރާއްޖޭގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު އެރުވި މޫސާ އަންވަރު

ރާއްޖޭގެ ސިއްހީ ދާއިރާއަށް ޚިދުމަތް ކުރުމުގެ އެންމެ މަތިވެރި ޝަރަފު އެރުވި މޫސާ އަންވަރު

ރާއްޖޭގެ ސިއްހީ ދާއިރާއަށް ޚިދުމަތްކުރުމުގެ އެންމެ މަތިވެރި ޝަރަފު، ގ. ބަރޯސާ، މޫސާ އަންވަރަށް އަރުވައިފި އެވެ.

ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި މޫސާ އަންވަރަށް މި އިއްޒަތް އަރުވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

Advertisement - newsAdvertisement

މޫސާ އަންވަރު ސިއްހީ ދާއިރާއާ ގުޅިވަޑައިގެންނެވީ އައްޑުއަތޮޅު ގަމުގައި އިނގިރޭސީން ތިބި ދުވަސްވަރު، ގަމުގައި ހުރި ރީޖަނަލް މެޑިކަލް ސެންޓަރުގެ ތަރުޖަމާނެއްގެ ހައިސިއްޔަތުންނެވެ. އެ ވަޒީފާގައި ހުންނަވައިގެން ދާއިރާއިން ލިބެންހުރި ތަމްރީންތައް މޫސާ އަންވަރު ހޯއްދަވަން ފެއްޓެވި އެވެ.

ދަތުގެ ފަރުވާއިން ފެށިގެން އޮޕަރޭޝަން ތިއޭޓަރުގެ މަސައްކަތްތައް ވެސް މޫސާ އަންވަރު ކުރެއްވި އެވެ. ގަން ރީޖަނަލް މެޑިކަލް ސެންޓަރުގައި ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އޭއާރްއޭއެފް އިން ދެއްވި އޭއޯސީގެ ކޮމެންޑޭޝަން 1975 ވަނަ އަހަރު މޫސާ އަންވަރަށް ލިބިވަޑައިގެންފައިވެ އެވެ.

1977 ވަނަ އަހަރު، އޭރުގެ ރައީސް އިބްރާހީމް ނާސީރުގެ އެދިވަޑައިގަތުމަކަށް މާލެ ވަޑައިގަތުމަށްފަހު އަންވަރު ވަނީ ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަނެފަ އެވެ.

އޭގެ އިތުރުން 1979 ވަނަ އަހަރު ދާއިރާއިން އިތުރު ތައުލީމު ހާސިލުކުރެއްވުމަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެން އެލައިޑް ހެލްތު ސަރވިސަސް ޓްރޭނިންގ ސެންޓަރުގެ ޓިއުޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. އެ ސެންޓަރުގެ އެސިސްޓެންޓް ޑިރެކްޓަރ އަދި ޑެޕިއުޓީ ޑިރެކްޓަރގެ މަގާމު ވެސް އަންވަރު ފުރުއްވި އެވެ.

އެއަށްފަހު ސަރުކާރުގެ ސިއްހީ ވުޒާރާއާ ގުޅިވަޑައިގެން އެ ވުޒާރާގެ އެކި މަގާމުތައް ފުރުއްވައި، ގިނަ ޚިދުމަތްތަކެއް ކުރެއްވި އެވެ. އަންވަރުގެ އެންމެ އަގުހުރި އެއް މަސައްކަތަކީ ތެލެސީމިއާ ފަރުވާގެ ޚިދުމަތް ރަނގަޅުކުރުމަށާއި ތެލެސީމިއާ އާ މެދު ހޭލުންތެރިކަން އިތުރު ކުރުމަށް ހިންގެވި މަސައްކަތްތަކުގައި އަދާކުރެއްވި ދައުރެވެ.

ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުން ތިބޭ މަރުކަޒަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރު ކޮށްދިނުމުގެ އިތުރުން ޑްރަގް ރިހެބިލިޓޭޝަން ސެންޓަރަށް ބޭނުންވާ ފަންނީ އެހީތެރިކަން ވެސް އަންވަރު ފޯރުކޮށްދެއްވި އެވެ.

މޫސާ އަންވަރު އެންމެފަހުން ޚިދުމަތް ކުރެއްވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގަ އެވެ.

މޫސާ އަންވަރު ރާއްޖޭގެ ސިއްހީ ދާއިރާއަށް 40 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވެ އެވެ. އޭގެތެރެއިން 30 އަހަރަށްވުރެ ގިނަ ދުވަސް، ހޭދަކުރެއްވީ ދައުލަތުގެ ޚިދުމަތުގަ އެވެ. އަންވަރު ދައުލަތުގެ ވަޒީފާއިން ރިޓަޔަރ ކުރެއްވީ 23 ޖުލައި 2009 ގަ އެވެ.

މޫސާ އަންވަރުރައީސް މުއިއްޒުސިއްހީ ދާއިރާޖުމްހޫރީ ދުވަސް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
05 ޑިސެމްބަރު 2025

ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް

05 ޑިސެމްބަރު 2025
ވާނުވާ ބަންދު އުވާލަން ގަދަބަސް ވިދާޅުވެ ވެރިކަމަށް އަރައިވަޑައިގެން ވިދާޅުވަނީ އެހެން ލަވައެއް
05 ޑިސެމްބަރު 2025

ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟

05 ޑިސެމްބަރު 2025
ރައްޔިތުންނަށް ވާނުވާ ނޭނގޭ ގޮތައް ފިސްކަލް ޒިންމާގެ ޗާޓަރު އެކުލަވާލަން ޖެހޭ ތާރީޚު ފަސްކުރީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް