Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގައުމީ ދުވަސް 1444

ބޮޑުތިލަދުންމަތި: އިއްޔެގެ ބަދަލަކީ ބޮޑުތަކުރުފާނުގެ ޖިހާދު، މިއަދުގެ ބަދަލަކީ ރަށެއް ބާކީކޮށްފައި ނެތުން

ދަރިންނަށް އެކަށޭނަ ރަނގަޅު ސިއްހަތާއި ފުރިހަމަ ތަޢުލީމެއް ހޯދޭނެ ފުރުސަތު ފަހިކުރުމަކީ ގައުމަށްޓަކައި ކުރާކަމެއް

ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2022 | އަންގާރަ 13:16
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނައިވާދޫ އަދި ފިނޭއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނައިވާދޫ އަދި ފިނޭއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ދިވެހި ތާރީޚުގެ އެންމެ މުހިއްމު ސަފުހާތަކާއި ދިވެހި ގައުމިއްޔަތުގެ އެންމެ އަގުހުރި މިސާލުކަމުގައިވާ މުޙައްމަދު ތަކުރުފާނުގެ ރަށް ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގެ އެންމެ މުހިއްމު ބަޔަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގައުމާ މުޚާތަބުކުރައްވައި ދެއްކެވި ވާހަކަފުޅެކެވެ. އެމަނިކުފާނުގެ މުޅި ސްޕީޗް ބިނާކުރެއްވީ ގައުމިއްޔަތުގެ މައްޗަށެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި، ދިވެހި ގައުމުން މިއަދު ފެންނަ އިޖްތިމާއީ ބޮޑެތި ހުރިހާ މައްސަލަ ތަކެއްގެ ފެށުން ގުޅެނީ، ގައުމިއްޔަތުގެ ސިފަތަކާ އޮތްގުޅުން ކުޑަވުމާއެވެ.

ދިވެހިރާއްޖެއާއި ދިވެހިންގެ މާޒީގެ ކާމިޔާބާއި މުސްތަގުބަލުގެ އާރޯކަން ގުޅިފައި އޮތީވެސް ގައުމިއްޔަތާކަން ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތުންނަށް ހަނދާންކޮށްދެއްވިއެވެ.

އެމަނިކުފާނު ގައުމިއްޔަތު ސިފަކުރެއްވީ މިފަދައިންނެވެ.

މުޙައްމަދު ތަކުރުފާނުގެ ޒިކުރާ އާކުރައްވައި ތައުރީފުކުރައްވަމުން ރައީސްގެ ގައުމީ ދުވަހުގެ ޚިޠާބު ކުރިއަށް ގެންދެވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދުނިޔޭގެ ގަދަފަދަ ބާރަކުން، މުޅި ސަރަޙައްދު އޮތީ، އިސްތިޢުމާރު ކޮށްފައި ކަމަށާއި މީސްގިނަ ބޮޑެތި ބައްރުތަށް އޮތީ، ކުރުގެޅި، އިނދަޖެހި، ހިރިނުލެވިފައި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި މިނިވަންކަމާއި ސިޔާދަތާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް، ފުރަތަމަ އެނގެން ޖެހެނީ، އަމިއްލަ ތާރީޚެވެ. އެކަމަށްޓަކައި ތާރީޚާއި ސަގާފަތާއި އާސާރުތައް ދެމެހެއްޓެން ޖެހޭކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދަރިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރެވިގެން މެނުވީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، "މާދަމާގެ ދިވެހިރާއްޖެ ބާއްޖަވެރިއެއް ނުވާނެ" އެވެ

ގައުމީ ދުވަހާ އުތީމާ ގުޅެނީ ކިހިނެއް ހެއްޔެވެ؟ ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުން އެކަން ސާފުކޮށް އެނގެއެވެ.

ޤައުމީ ދުވަހުގެ އުފަލަކީ ތަފާތު އުފަލެކެވެ. 

1444 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ އިޙްތިފާލަށް، އުތީމަށް ވަޑައިގެންނެވުމުން، އެމަނިކުފާނަށް ލިބިލެއްވި އުފާ އަދި މާ ތަފާތުކަމަށް ފާހަގަކުރައްވަމުން ވިދާޅުވީ އެހެންނެވެ.

ގައުމީ ދުވަސް 1444ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުހއ. އުތީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބޮޑުތަކުރުފާނު  ދޫނި ހިއްޕެވި ތާރީޚީ ތުނޑި ގިރައިގެން ހިނގައްޖެ! އެ ތުނޑި އަލުން އަނބުރާ ހޯދިދާނެތަ؟

ބޮޑުތަކުރުފާނު ދޫނި ހިއްޕެވި ތާރީޚީ ތުނޑި ގިރައިގެން ހިނގައްޖެ! އެ ތުނޑި އަލުން އަނބުރާ ހޯދިދާނެތަ؟

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

26 އެޕްރީލު
ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި
20251 އަހަރު ކުރިން
ރާއްޖެ

ތިން އެއްވުމާ އެކު، ރަޔަޓް ސިފައިން ވެސް ނެރެފި

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

ކަރަންޓު ބިލު ވަރަށް ބޮޑުވެ، ރައްޔިތުން ރުޅިގަދަވެއްޖެ

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!
20233 އަހަރު ކުރިން
ރިޕޯޓު

އަރީން - މުސްތަގްބަލުގައި ޑޮކްޓަރެއް، އެހެނަސް މަށި ފިލައިން ފެށުނު ޤުރުއާނުގެ ހަޔާތް ދޫކޮށްލާކަށް ބޭނުމެއްނުވޭ!

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!
20224 އަހަރު ކުރިން
ކުޅިވަރު

ޕީއެސްޖީން ގިނަ ކުޅުންތެރިންތަކެއް ދޫކޮށްލަނީ!

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ގަޑިއިރެއް ވަންދެން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ކޮވިޑް ވޭރިއަންޓެއް ލަންކާއިން ފެނިއްޖެ

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ
20197 އަހަރު ކުރިން
ރިޕޯޓު

ލަންކާއާ ގުޅޭ ގޮތުން ސަބްރާ ދެއްވި ސްޕީޗު: ފުރިހަމަ، އެހާމެ އަސަރުގަދަ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި
20188 އަހަރު ކުރިން
ރާއްޖެ

ބައްޕާފުޅު ފަސްދާނުލާފައިވާ ސަހަރާގައި މަރިޔަމް ސަޢީދު ފަސްދާނުލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު