Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގައުމީ ދުވަސް

ދިވެހިރާއްޖޭގެ ޤައުމިއްޔަތަށް ފުރާނައެޅި ދިރުން ލިބުނީ ދިވެހިންގެ ސަބަބުން  - ރައީސް

ދިވެހި ކާބަފައިން، އެކީ އެއްހަމައެއްގައި، އުފުލާ ގެނެސް، އަޅުގަނޑުމެންނާ ހަވާލު ކުރި ޒިންމާ އަކީ، މިޤައުމާއި ދިވެހި ޤައުމިއްޔަތު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 ސެޕްޓެމްބަރު 2022 | އަންގާރަ 05:11
ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވާހަކަފުޅުދައްކަވަނީ

ގައުމީ ދުވަހުގެ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވާހަކަފުޅުދައްކަވަނީ

ދިވެހިރާއްޖޭގެ ޤައުމިއްޔަތަށް ފުރާނައެޅި، ދިރުން ލިބުނީ، ދިވެހިންގެ ސަބަބުންކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ 80 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް އަންގާރަ ދުވަހު ހއ. އުތީމު، ބޮޑުތަކުރުފާނުގެ ހަނދާނި މަރުކަޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދިރިއުޅޭ އިންސާނުން ނެތި، ފަޅަށް އޮންނަ ކިތަންމެ ބޮޑު ސަރަހައްދަކީ، އަދި ޤައުމެއް ނޫން ކަމަށެވެ. ޤައުމެއް ނެތެމަ، ޤައުމިއްޔަތެއް ނޯންނާނެ ކަމަށާއި، ދިވެހިރާއްޖޭގެ ޤައުމިއްޔަތަށް ފުރާނައެޅި، ދިރުން ލިބުނީ، ދިވެހިންގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައީސް ވިދާޅުވީ ދިވެހިންގެ އުޅުމާއި، ގުޅުމާއި، އިސްކުރާ ކަންކަމާއި، ފަސްކުރާ ކަންކަމުގައި، ހުންނަ ތަރުތީބަކީ، ޤައުމިއްޔަތުގެ ތަރުތީބު ކަމަށެވެ.

ރައީސް ވިދާޅުވީ ދިވެހިންނަކީ އަސްލާއި ނަޞްލުން އެއްބައެއް ކަމަށެވެ. އިސްލާމްދީނުގެ ހިދާޔަތުގައި، އެންމެން ފިދާވާ ޤައުމެއް ކަމަށެވެ. އާދަކާދައާ ބަހުރުވަ އެކައްޗެއް ކަމަށާއި، އެކަކަށް ޖެހޭ ބޮޑު ކަމެއްގައި، އަނެކުން ޙިއްޞާވި ޤައުމެއް ކަމަށެވެ. އެއް ބަދިގޭގެ ތެލީގެ ފުލުގައި އުނދުޅިން ޖެހޭ އަޑު އިވިއްޖެނަމަ، އަނެއް ބަދިގެއިން ކާތަކެތި ގެނެސްދޭ ބައެއް ކަމަށެވެ. ދިވެހި ޤައުމިއްޔަތު ޒީނަތްވެދާ، މި އަގުބޮޑު ގަހަނާ ގެންގުޅުނު އެހެން ބަޔަކު، މިދުނިޔޭގައި މަދުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ އެޒަމާން، އެޒަމާނުގެ ގޮތުގައި ފާއިތުވެ، މިޒަމާން އައިއިރުވެސް، ދިވެހިންގެ "ދިވެހިއްޔަތަށް" ދުނިޔެ އެބަ ހެކިވާ ކަމަށެވެ. ފަތުރުވެރިން ރާއްޖެ އަންނާން ފެށިތާ މިއީ 50 ވަނަ އަހަރު ކަމަށާއި، މެހެމާންދާރީއާ އޯގާތެރި ކަމާއި ހިތްހެޔޮކަން ނުވި ނަމަ، ދުނިޔޭގެ އެންމެ މަޤްބޫލު ޓޫރިސްޓް މަންޒިލްކަމުގައި، ރާއްޖެއަކަށް ނުވެވުނީސް ކަމަށެވެ.

އަދި ބޮޑު ތަކުރުފާނު ކުރައްސަވައި ދެއްވި ޤައުމިއްޔަތުގެ ޗާޓުން ދައްކަނީ، މެހެމާނުންނަށް ކަމޭ ހިތާ އިޙްތިރާމްކޮށް އޯގާތެރިވުން ކަމަށެވެ. ރާއްޖެއަށް ލާބަ ހުރި ކޮންމެ ކަމެއްގައި، އެތަކުރުފާނު އިސްކުރެއްވި ޚާރިޖީ ސިޔާސަތަކީ ޤައުމިއްޔަތުގެ ބައެއް ކަމަށެވެ. މިދެންނެވި ޤައުމިއްޔަތުގެ ސިފަތަށް ދެމެހެއްޓުމަކީ، މިނިވަންކަން ދެމެހެއްޓުމުގެ އެއް އަސާސް ކަމަށް ރައީސް ވިދާޅުވިއެވެ.  

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުހއ. އުތީމުްަގައުމީ ދުވަސް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ބޮޑުތަކުރުފާނު ދޫނި ހިއްޕެވި ތާރީޚީ ތުނޑި ގިރައިގެން ހިނގައްޖެ! އެ ތުނޑި އަލުން އަނބުރާ ހޯދިދާނެތަ؟

08 ނޮވެމްބަރު 2025
ބޮޑުތަކުރުފާނު  ދޫނި ހިއްޕެވި ތާރީޚީ ތުނޑި ގިރައިގެން ހިނގައްޖެ! އެ ތުނޑި އަލުން އަނބުރާ ހޯދިދާނެތަ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު