Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ތަރައްގީ

ރާއްޖެ ތަރައްގީވަމުން ދާގޮތަށް ރައްޔިތުންގެ ބޭނުންތަކާއެކީގައި ބަދަލު އަންނަންޖެހޭ - ރައީސް

ފެނާއި ނަރުދަމާއާއި ބޯހިޔާވަހިކަމަާއި ކަރަންޓް މިއީ ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތަކަށްވާތީ، ސަރުކާރުގެ ކެރިފޯރުންތެރިކަން އޮތް މިންވަރަކުން ކޮށްދޭންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2022 | އަންގާރަ 11:34
ރައީސް އިބްރާހިމް މުހައްމަދު ޞާލިހް

ރައީސް އިބްރާހިމް މުހައްމަދު ޞާލިހް

ދިވެހިރާއްޖެ ތަރައްގީވަމުންދާ ގޮތަށް ރައްޔިތުންގެ ބޭނުން ތަކާއެކީގައި ބަދަލު އަންނަންޖެހޭ ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހއ. އުތީމު ފެނަކަ އައު އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ކުރީގެ އިންޖީނުގެތައް އާންމު ރައްޔިތުން ހަދައިގެން ހިދުމަތް ހޯދަން ފެށި ކަމަށެވެ. މިިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ކަރަންޓުގެ ހިދުމަތް ދެމުން އައި ގޮތް ކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގައި ހުންނަ ކޮންމެވެސް ފުދުންތެރި މީހަކު އޭނާގެ އަމިއްލަ ބޭނުމަށާއި، ގާތްތިމާގެ ބޭނުމަށް ކަރަންޓް ދޭން ފަށާ ކަމަށެވެ. ނުވަތަ ރަށެއްގައި އެއިރަކު އޮންނަ ރަށު ކައުންސިލަކުން، ކޮމިޓީއަކުން ނުވަތަ ޖަމިއްޔާއަކުން ލާރިކޮޅެއް އެއްކޮށްލައިގެން އެކަން ކުރަމުން އަންނަ ކަމަށެވެ.

ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ހުރިހާ ރަށެއްގައި މިހާތަނާ ޖެހެންދެން އެކަން ކުރަމުން އައި ގޮތް ކަމަށެވެ. އެހެންނަމަވެސް ރާއްޖެ ތަރައްގީވަމުން މިދާގޮތަށް ރައްޔިތުންގެ ބޭނުމާއެކީގައި މިކަމަށް ބަދަކު އަންނަންޖެހޭ ކަމަށެވެ. ގާނޫނު އަސާސީގައި އެވާހަކަ ލިޔުނީ އެހެންވެ ކަމަށެވެ.

ރައީސް ވިދާޅުވީ މީގެ 2 އަހަރު ކުރިން އަޅުގަނޑުމެން ކުރިމަތިލާން ޖެހުނު ކޮވިޑްގެ ވަބާގެ މަތިން ގިނަ ބަޔަކު ހަނދުމަފުޅު ނުހުރެދާނެ ކަމަށެވެ. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ޕްލޭނާ އެއްގޮތަށް ބައެއް ކަންތައްތައް ކުރިއަށް ނުގޮސް މަޑުޖައްސާލަން ޖެހުނު، އަދި މަޑުޖެހިގެންދިޔަ އެއް ސަބަބު އެއީ ކޯވިޑުގެ ޢާލަމީ ވަބާ ކަމަށެވެ. ރައީސް ވިދާޅުވީ މުޅި ދުނިޔެ އެކީގައި ބަންދުވެފައި އޮތް ކަމަށާއި، މިއިން ކޮންމެ ކަމަކަށް ބޭނުންވާ ކޮންމެ އެއްޗެއް އަޅުގަނޑުމެން އެތެރެކުރަންޖެހެނީ ރާއްޖެއިން ބޭރުން ކަމަށެވެ.

އަދި ރާއްޖެއިން ބޭރުން އެ ދަތިކަމާ އެކީގައި އެތެރެކުރި ނަމަވެސް، އަދި އެ ރަށްރަށާ ހިސާބަށް ފޯރުކޮށްދިނުމުގައިވެސް އެތައް އެތައް ދަތިތަކެއް ކުރިމަތިވި ކަމަށެވެ. އެހެން ނަމަވެސް، މަސައްކަތްތައް ހުއްޓާނުލާ ފެނަކައާއި، އެމް.ޓީ.ސީ.ސީ.އާއި، އެސް.ޓީ.އޯ. އޭރު އަދާކުރަމުންދިޔަ ދައުރަކީ، އަޅުގަނޑުމެން މިއިން ކޮންމެ ތަނެއްގައި ފާހަގަކޮށް، އެތަނުގައި މަސައްކަތް ކުރައްވަން ތިއްބެވި ވެރިންނާއި މުވައްޒަފުންގެ މަތިން ހަނދާންކުރަންޖެހޭނެ ދައުރެއް ކަމަށެވެ. މިއަދު މިހިސާބަށް އަޅުގަނޑުމެންނަށް އާދެވިފައި މިތިބީ އެބޭފުޅުން އެ ކުރެއްވި އަގުނުކުރެވޭވަރުގެ ބުރަ މަސައްކަތްތަކުގެ ސަބަބުން ކަމަށް ރައީސް ވިދާޅުވިއެވެ.

ހއ. އުތީމުފެނާއި ނަރުދަމާރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބޮޑުތަކުރުފާނު  ދޫނި ހިއްޕެވި ތާރީޚީ ތުނޑި ގިރައިގެން ހިނގައްޖެ! އެ ތުނޑި އަލުން އަނބުރާ ހޯދިދާނެތަ؟

ބޮޑުތަކުރުފާނު ދޫނި ހިއްޕެވި ތާރީޚީ ތުނޑި ގިރައިގެން ހިނގައްޖެ! އެ ތުނޑި އަލުން އަނބުރާ ހޯދިދާނެތަ؟

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު