Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިމްއާންގެ ބައިނަލްއަޤްވާމީ މެޑެއްޔެއްގެ އުއްމީދު

މޫދަށް ފުންމާލީ މަޖަލަކަށް، އެކަމަކު މިހާރު އެއީ ޗެމްޕިއަނެއް!

އިމްއާންގެ އަމާޒަކީ ރާއްޖެއަށް މެޑެއްޔެއް ހޯދައިދިނުން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 26 އެޕްރީލު 2022 | އަންގާރަ 08:53
އެންމެ މޮޅު ޒުވާން އެތްލީޓްގެ އެވޯޑަށްވެސް އިމްއާން ވާދަކުރި

އެންމެ މޮޅު ޒުވާން އެތްލީޓްގެ އެވޯޑަށްވެސް އިމްއާން ވާދަކުރި

"ޤައުމަށް ނޯޓިސްވީތާ އިމްއާންވެސް ކުރާ ހިތްވަރު. ވަރަށްބޮޑު ހިތްވަރެއް އެއީ ކުރިއަށްދާން. "މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސްގެ އެންމެ މޮޅު ފިރިހެން ފެތުންތެރިޔާ އަލީ އިމްއާންއަށް އެއެވޯޑް ލިބުމުން އޭނާ ބުނި ވާހަކައެވެ. އެކަމަކު މިއީ އޭނާ މޫދަށް ފުންމާލިއިރު ދެކުނު ހުވަފެނެއް ނޫނެވެ. ކުރި އުއްމީދެއްވެސް ނޫނެވެ.

ކުޑައިރު ކޮންމެ ހުކުރު ދުވަހަކު އިމްއާން ބައްޕައާއެކު އާޓިފިޝަލް ބީޗަށް މޫދަށް ދިޔައީ މަޖަލަށެވެ. މޫދަށް އެރޭހިތުންނެވެ. މޮޅު ފެތުންތެރިއަކަށްވުމުގެ ހުވަފެނެއް ނުދެކެއެވެ. ޤައުމީ ޓީމަށް އެރުމަކީ އަމުދުން ޚިޔާލަށްވެސް އައި ކަމެއް ނޫނެވެ. އިންޓަރ ސްކޫލް ފެތުމުގެ މުބާރާތުގައި ބައިވެރިވިއިރުވެސް އެފަދަ ވިސްނުމެއް ނެތެވެ. އެކަމަކު އިންޓަރ ސްކޫލް މުބާރާތަށްފަހު 2016 ވަނަ އަހަރު ޤައުމީ ޓީމުން ޖާގަ ލިބުންވީ އޭނާގެ ވިސްނުން މުޅިން ބަދަލުކޮށްލި ކަމަކަށެވެ. 16 ވަރަކަށް އަހަރުގައި ޤައުމީ ސްކޮޑްގައި ހިމެނުމުން ވަނަ ހޯދަން ފަތަން އޭނާގެ ވިސްނުން ބަދަލުކޮށް, އަމާޒުތަކެއް ކަނޑައަޅައިގެން މަސައްކަތް ފެށިއެވެ.

ޤައުމީ ފަތާ ޓީމުން ފުރުޞަތު ލިބުމުގެ ކުރިން ފުޓްބޯޅައާއި ބާސްކެޓްބޯޅަވެސް ކުޅުނު އިމްއާން ހަމައެކަނި ފެތުމަށް ހުސްވީ ޤައުމީ ޓީމުގް ދޮރުން އެތެރެވުމުންނެވެ. އޭގެ ފަހުން އޭނާގެ ހަމައެކަނި ކުޅިވަރަކީ ފެތުމެވެ. މިހާރު އޭނާ ފަތަނީ ވަނަ ހޯދާށެވެ. ޗެމްޕިއަނަކަށް ވުމަށެވެ. އެހެން ކުޅިވަރެއް ކުޅުމުގެ ވިސްނުމެއްވެސް ނެތެވެ.

މިހާރު 19 އަހަރުގެ ފެތުންތެރިޔާ ހުޅުމާލޭގައި ޤާއިމްކޮށްފައިވާ ޕޫލްގައި ދުވާލަކު ފަސް ގަޑިއެއްހާއިރު ހޭދަކުރެއެވެ. ދެ އިރު ޕްރެކްޓިސް ކުރެއެވެ. އެއީ ސްވިމިންއިން މެޑެއްޔެއް ހޯދައިދޭން ކުރާ މަސައްކަތެވެ. ރާއްޖެއަށް ސްވިމިންއިން މެޑެއްޔެއް ގެނައުމަކީ އޭނާގެ މިހާރުގެ އެންމެ ބޮޑު އަޒުމެވެ. އެކަން ކުރަން ފަހިވި އެންމެ ބޮޑު ފުރުޞަތަކީ ޕޫލްގައި ޕްރެކްޓިސް ކުރަން ފަހިވި ފުރުޞަތެވެ. ކުރިން ޓްރެކްގައި ފަތަމުން އައި 25 މީޓަރުގެ ޕޫލެއްގައި ފަތަން ލިބުމަކީ ކާމިޔާބީއަށްދާން ފަހިވި ވަރަށް ބޮޑު ފުރުޞަތެއްކަމަށް އިމްއާން ޤަބޫލުކުރެއެވެ.

ޕޫލްއާއެކު ދެން އިމްއާން ފާހަގަކުރީ ރާއްޖޭގެ ފެތުންތެރިންގެ މެދުގައި މިހާރު އޮތް ވާދަވެރިކަމެވެ. ކޮންމެ އިވެންޓެއްގައި, ކޮންމެ އުމުރު ފުރާއެއްގައިވެސް ބޮޑު ވާދަވެރިކަމެއް އޮތުމަކީ ވަރަށް ބޮޑު ކުރިއެރުމެއްކަން އިމްއާން ފާހަގަކުރިއެވެ. އޭނާ ބުނީ މިހާރު ކޮންމެ ފެތުންތެރިއަކަށްވެސް ވަނަ ހޯދޭނީ "އެންމެ ބެސްޓް" ދީގެންކަމަށެވެ.

އިމްއާން ވަނީ ޒުވާން އުމުރުގައި ރާއްޖެއިން ބޭރުންވެސް ތަމްރީނު ހޯދާފައެވެ. ސްކޮލާރޝިޕްގައި ބޭރުގައި ހޭދަކުރި މުއްދަތުގައި 50 މީޓަރު ޕޫލްގައި ތަމްރީނު ހޯދަން ލިބުނު ފުރުޞަތަކީވެސް އޭނާގެ ކުރިއެރުންތަކުގެ ވަރަށް ބޮޑު ސަބަބެކެވެ. އެކުރިއެރުންތައް ދަމަހައްޓަން, އަދި އިތުރު ކުރިއެރުން ހޯދަން އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ. އެހުރިހާ ކަމެއް ގޮސް ގުޅެނީ ބައިނަލްއަޤްވާމީ މެޑެއްޔެއް ކަރުގައި އަޅުވާލުމާ ހަމައަށެވެ. އަދި އެންމެ 19 އަހަރެވެ. އެހެންވީމާ އިމްއާނަށް އެކާމިޔާބީ ރާއްޖެއަށް ހޯދައިދެވިދާނެއެވެ.

އަލީ އިމްއާންސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ރަފާ އާއި އިމްއާން

07 ނޮވެމްބަރު 2025
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ރަފާ އާއި އިމްއާން
07 އޮކްޓޯބަރު 2024

ތަޒްކިޔާ، އިޒްޔާން، މެރާލް އަދި ރިހާން ޤައުމީ ރެކޯޑު އައު ކޮށްފި

07 އޮކްޓޯބަރު 2024
ތަޒްކިޔާ، އިޒްޔާން، މެރާލް އަދި ރިހާން ޤައުމީ ރެކޯޑު އައު ކޮށްފި
06 ފެބުރުއަރީ 2024

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

06 ފެބުރުއަރީ 2024
ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
27 ޑިސެމްބަރު 2023

ސަތޭކަ މީޓަރު ބަޓަފްލައި ރޭހުން މެރާލް ރަން މެޑަލް ހޯދައިފި

27 ޑިސެމްބަރު 2023
ސަތޭކަ މީޓަރު ބަޓަފްލައި ރޭހުން މެރާލް ރަން މެޑަލް ހޯދައިފި
19 ޑިސެމްބަރު 2023

ފަތާ ޓްރެކަށް ނަޖިސް ޖަމާވާ މައްސަލަ، ދާއިމީ ޙައްލެއް ހޯދުމަށް މަސައްކަތް ކުރަނީ

19 ޑިސެމްބަރު 2023
ފަތާ ޓްރެކަށް ނަޖިސް ޖަމާވާ މައްސަލަ، ދާއިމީ ޙައްލެއް ހޯދުމަށް މަސައްކަތް ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު