Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސައުތު އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓީޓީ

އަންނަ މަހު އޮންނަ ޓީޓީ މުބާރާތަކީ، ދީމާއާއި ރަފާ ހޯދައިދިން ރަން ވަނަތަކުގެ އަގުވަަޒަންކުރަން އޮތް ފުރުސަތެއް- މިނިސްޓަރ މަހުލޫފް

24 އެޕްރީލު 2022 | އާދީއްތަ 14:45

ހުރިހާ ދިވެހި ރައްޔިތުން ސަޕޯޓްކޮށްދެއްވުމަށް އެދިވަޑައިގެންނެވި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 24 އެޕްރީލު 2022 | އާދީއްތަ 14:45
މިނިސްޓަރ މަހުލޫފް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ

މިނިސްޓަރ މަހުލޫފް ޕްރެސް ކޮންފަރެންސްގައި ވާހަކަދައްކަވަނީ

އަންނަ މަހު ރާއްޖޭގައި އޮންނަ ޓީޓީ މުބާރާތަކީ ދީމާއާއި ރަފާ, ޓީޓީ ޓީމަށް ހޯދައިދިން ރަން ވަނަތަކުގެ އަގުވަަޒަންކުރަން އޮތް ފުރުސަތެއްކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ. އަންނަ މަހު ރާއްޖޭގައި އޮންނަ މުބާރާތަކީ ސައުތު އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕެވެ. މިއީ 2019 ވަނަ އަހަރު ބާއްވަން އޮތް މުބާރާތެވެ. ކޮވިޑާއި އެނޫންވސް ސަބަބުތަކާހުރެ މުބާރާތް ފަސްވީއެވެ.

މުބާރާތާ ގުޅޭގޮތުން މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ, މުބާރާތް ރާއްޖޭގައި ބާއްވަން ބޭނުންފުޅުވި އެންމެ މުހިއްމު ސަބަބަކީވެސް އެ ކުޅުންތެރިން ރާއްޖެއަށް ހޯދައިދީފައިވާ ރީތި ނަން ކަމަށެވެ. އެކުޅުންތެރިން ހޯދައިދީފައިވާ ކާމިޔާބީތަކާއި, ރަން ވަނަތަކުގެ އަގު ވަޒަންކުރަން ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި އެފަދަ ކާމިޔާބީއެއް ހޯދުމުގެ ފުރުސަތު ފަހިކޮށްދޭން ބޭނުންވީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެފުރުސަތުގެ ބޭނުން ހިފައި, ދިވެހި ހުރިހާ ރައްޔިތުންވެސް އަންނަ މަހުގެ 9-11ށް އެކުޅުންތެރިންނަށް ވަގުތުކޮޅެއް ހުސްކޮށްދެއްވުމަށް މިނިސްޓަރ އެދިވަޑައިގެންނެވިއެވެ.

މިނިސްޓަރ ވިދާޅުވީ އިންޑިޔާފަދަ ވަރުގަދަ ޓީމުތަކާއެކު ވާދަކުރަން ޖެހުނަސް ރާއްޖޭގެ ކުޅުންތެރިން ރަނގަޅު ކާމިޔާބީއެއް ހޯދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ. އެކަން ވާނީ ދިވެހި ސަޕޯޓަރުންގެ އެހީތެރިކަމާއެކު ކަމަށްވެސް ވިދާޅުވިއެވެ. މުބާރާތަށް ދިވެހި ކުޅުންތެރިން ތައްޔާރުކުރުމަށް މީގެ އަހަރެއްވަރު ކުރިން ރަނގަޅު ކޯޗަކާއެކީގައި ތަމްރީނުތައް ހަދަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ކުރީގެ ޓީޓީ ޗެމްޕިއަން ކޮރޭޝިޔާގެ ޒޯރާން އެހީގައި ކްރޮއޭޝިޔާގެ ރަނގަޅު ކުޅުންތެރިންތަކަކާއެކީގައި ގައުމީ ޓީމް ތައްޔާރުވަމުން ދާކަންވެސް ފާހަގަކުރެއްވިއެވެ, އިތުރު ކޯޗެއްވެސް މިވަގުތު އެކުޅުންތެރިންނަށް އިރުޝާދާއި ލަފާ ދެމުން ދެއެވެ. މީގެއިތުރުން މިދިޔަ މުއްދަތުގެ ތެރޭގައި އެކި މުބާރާތްތަކަށް އެކުޅުންތެރިން ފޮނުވައިގެން, ތައްޔާރުވާން މަސައްކަތްތަކެއް ކުރެވިއްޖެކަމަސް މިނިސްޓަރ ވިދާޅުވިއެވެ. ބޭނުންވެގެން އުޅޭ ނަތީޖާ ނެރުމަށް މިއަދު މިހާހިސާބަށް އައިއިރު ރަނގަޅު ކަންތައްތަކެއް ކުރެވިއްޖެކަމަށް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ޖޫނިއަރ މުބާރާތަކީ ވަރަށް ބޮޑު މުބާރާތެއްކަމަށެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވިދާޅުވީ, މިމުބާރާތް ބޭއްވެނީ ސީދާ މިނިސްޓްރީއާއި މިނިސްޓަރުގެ އިސްނެންގެވުމުގެ މަތިންކަމަށެވެ. އަދި މުބާރާތުގެ ކަންކަން މިނިސްޓަރ ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށެވެ. މުބާރާތަށް ރާއްޖޭގެ ޖޫނިއަރ އަންހެން ކުޅުންތެރިން ތައްޔާރުވަނީ ސީދާ މެޑަލް ހޯދަންކަމަށް އޭނާ ވިދާޅުވިއެވެ. ފިރިހެން ކުޅުންތެރިން ސީދާ މެޑަލް ހޯދަން ތައްޔާރުވާން އަދި 2 އަހަރެއްވަރު ނަގާނެކަމަށްވެސް އެސޯސިއޭޝަންގެ ރައީސް ވިދާޅުވިއެވެ.

މުބާރާތުގައި ހިމެނެނީ 19 އަހަރުން ދަށް (ޖޫނިއަރ ކެޓަގަރީ)އާއި 15 އަހަރުން ދަށް (ކެޑޭޓް ކެޓަގަރީ)އެވެ. މުބާރާތް އޮންނާނީ އަންނަ މެއި މަހުގެ 9-11ށް ޒުވާނުންގެ މަރުކަޒުގައެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއަހުމަދު މަޚްލޫފްއައިޝަތު ރަފާ ނާޒިމް

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ރަފާ އާއި އިމްއާން

07 ނޮވެމްބަރު 2025
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ރަފާ އާއި އިމްއާން
31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
21 މެއި 2024

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
16 މެއި 2024

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
15 މެއި 2024

އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް

15 މެއި 2024
އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް
08 މެއި 2024

ރާއްޖޭގެ ޤައުމީ ޓީޓީ ޓީމު ނޭޕާލަށް

08 މެއި 2024
ރާއްޖޭގެ ޤައުމީ ޓީޓީ ޓީމު ނޭޕާލަށް
28 ޑިސެމްބަރު 2023

ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި

28 ޑިސެމްބަރު 2023
ކުރީގެ މިނިސްޓަރު މަޚްލޫފް، ރޮނާލްޑޯއާ ބައްދަލު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް