Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޤައުމީ ޓޭބަލް ޓެނިސް މުބާރާތް

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

މެޗުގެ ސެޓުތައް ރަފާ ކާމިޔާބު ކޮށްފައި ވަނީ 11-09، 11-09، 11-06 އަދި 15-13 އިންނެވެ. މުޅި މެޗުގައި ވެސް ރަފާގެ ފަރާތުން ވަނީ އާދަޔާ ޚިލާފު މޮޅު ކުޅުމެއް ފެނިފަ އެވެ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 31 އޯގަސްޓު 2025 | އާދީއްތަ 04:16
ޤައުމީ މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި ރަފާ ވާދަ ކުރަނީ

ޤައުމީ މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި ރަފާ ވާދަ ކުރަނީ

މިއަހަރުގެ ޤައުމީ ޓޭބަލް ޓެނިސް (ޓީޓީ) މުބާރާތުގެ ފައިނަލްގައި ފާތިމަތު ދީމާ އަޙުމަދު ބަލިކޮށް، އައިޝަތު ރަފާ ނާޒިމް ތާރީޚީ ކާމިޔާބެއް ހޯދައި، މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލްގައި ރަފާއާ ދެކޮޅަށް ނިކުތް ދީމާ އަކީ، ފާއިތުވި ފަސް އަހަރު ވެސް ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ކުޅުންތެރިޔާ އެވެ.

ހޮނިހިރު ދުވަހު ކުރިއަށް ދިޔަ އަންހެން ސިންގަލްސް އިވެންޓުގެ ފައިނަލްގައި ރަފާ ވަނީ، ދީމާގެ މައްޗަށް ސީދާ ފަސް ގޭމުން ކުރި ހޯދައިފަ އެވެ. މެޗުގެ ސެޓުތައް ރަފާ ކާމިޔާބު ކޮށްފައި ވަނީ 11-09، 11-09، 11-06 އަދި 15-13 އިންނެވެ. މުޅި މެޗުގައި ވެސް ރަފާގެ ފަރާތުން ވަނީ އާދަޔާ ޚިލާފު މޮޅު ކުޅުމެއް ފެނިފަ އެވެ.

މީގެ ކުރިން ބައިނަލްއަޤުވާމީ އެކި އެކި މުބާރާތްތަކުގައި ވެސް ވާދަކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދާފައިވާ ރަފާ، މީގެ ކުރިން ވަނީ ދެ ފަހަރެއްގެ މަތިން ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. އެގޮތުން 2017 ވަނަ އަހަރާއި، 2018 ވަނަ އަހަރު ރަފާ ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާއިރު، މިއަހަރާ އެކު ރަފާ ވަނީ ތިން ފަހަރެއްގެ މަތިން ޤައުމީ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

މީގެ އިތުރުން ރަފާ ވަނީ މިކްސް ޑަބަލްސް އިވެންޓުން ވެސް ރަން މެޑަލް އަދި، ޑަބަލްސް އިވެންޓުން ރިހި މެޑަލް ހޯދައިފަ އެވެ. މިކްސް ޑަބަލްސް އިވެންޓުގައި ރަފާގެ ޕެއާ ޕާޓްނަރަކީ މޫސާ މުންސިފް އަޙުމަދު އެވެ. އަދި ޑަބަލްސް އިވެންޓުގައި ރަފާގެ ޕެއާ ޕާޓްނަރަކީ މިންހާ މަހުޖޫބު ޝުޖާއު އެވެ.

މީގެ އިތުރުން މި ފަހަރުގެ ޤައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓުގެ ޗެމްޕިއަންކަން ހޯދީ މުޙައްމަދު ޝައްފާން އިސްމާއީލް އެވެ. އެއީ ފައިނަލްގައި މޫސާ މުންސިފް އަޙުމަދުގެ މައްޗަށް ހަތަރު ސެޓު، އެއް ސެޓުން ކުރި ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ސެޓު މުންސިފް ކާމިޔާބު ކޮށްފައި ވަނިކޮށް، ޝައްފާން ވަނީ ފަހަތުން އަރައި މެޗުން މޮޅުވެފަ އެވެ.

މީގެ ކުރިން ޝައްފާން ވަނީ 2022 ވަނަ އަހަރު، އަދި 2023 ވަނަ އަހަރު ވެސް ޤައުމީ މުބާރާތް ކާމިޔާބު ކޮށްފަ އެވެ. ނަމަވެސް އަނިޔާގެ މައްސަލައާ ހެދި މިދިޔަ އަހަރުގެ މުބާރާތުގައި އޭނާ ވާދަކޮށްފައި ނުވާއިރު، އަނިޔާ އިން އެނބުރި އައިސް މިއަހަރުގެ މުބާރާތް ކާމިޔާބު ކުރީ އެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްޤައުމީ ޓޭބަލް ޓެނިސް މުބާރާތްއައިޝަތު ރަފާ ނާޒިމް

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ރަފާ އާއި އިމްއާން

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ރަފާ އާއި އިމްއާން

07 ނޮވެމްބަރު 2025
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު