Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއަރުތަ ޕްރޮގްރާމް

ޓީޓީ ތަރި ރަފާ އަށް އަރުތަ ޕްރޮގްރާމް އިން ފުރުސަތު ދީފި

އަރުތަ ޕްރޮގްރާމް އިން ތަމްރީނު ހަދަމުންދާ ރަފާ އަށް ރަސްމީކޮށް އެ ޕްރޮގްރާމްގެ އެތުލީޓުންގެ ލިސްޓުން ވަނީ ފުރުސަތު ދީފަ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖެނުއަރީ 2023 | ހޯމަ 06:16
އަރުތަ ޕްރޮގްރާމްގައި ސޮއި ކުރުމަށްފަހު ރަފާ

އަރުތަ ޕްރޮގްރާމްގައި ސޮއި ކުރުމަށްފަހު ރަފާ

ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ އަރުތަ ޕްރޮގްރާމްގެ ދަށުން ތަމްރީނުވުމުގެ ފުރުސަތު ޓޭބަލް ޓެނިސް (ޓީޓީ) ކުޅުންތެރިޔާ އައިޝަތު ރަފާ ނާޒިމް އަށް ދީފި އެވެ.

މިއީ ރާއްޖޭގައި އެކި ކުޅިވަރުތަކުން ޒުވާން ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ މަޤްސަދުގައި ޔޫތު މިނިސްޓްރީން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މިހާތަނަށް އެކިއެކި ކުޅިވަރުތަކުން ގިނަ ކުޅުންތެރިންނަށް ވަނީ އަރުތަ ޕްރޮގްރާމް އިން ފުރުސަތު ދީފަ އެވެ. މިހާތަނަށް ވަނީ ޓީޓީ ތަރި ފާތިމަތު ދީމާ އަލީގެ އިތުރުން ރާއްޖޭގެ ބީޗު ވޮލީ ދެ ކުޅުންތެރިން ކަމަށްވާ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އާއި އާދަމް ނަސީމް (އެޑަމް)، ޒުވާން ފެތުންތެރިޔާ ޢީން ޢައްބާސް ޝަރީފް، ޒުވާން ޓެނިސް ކުޅުންތެެރިޔާ އާރާ އާޞަލް ޢާޘިމް، ބެޑްމިންޓަން ކުޅުންތެރިން ކަމަށްވާ އައިމިނަތު ނަބީހާ (ނަބީ)، ފާތިމަތު ނަބާހާ (ނަބާ)ގެ އިތުރުން ޒުވާން ދުވުންތެރިޔާ އިބާދުﷲ އާދަމް އަށް ފުރުސަތު ދީފަ އެވެ.

ހޯމަ ދުވަހު ޔޫތު މިނިސްޓަރު އަޙުމަދު މަޚްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އަރުތަ ޕްރޮގްރާމް އިން ތަމްރީނު ހަދަމުންދާ ރަފާ އަށް ރަސްމީކޮށް އެ ޕްރޮގްރާމްގެ އެތުލީޓުންގެ ލިސްޓުން ފުރުސަތު ދީފައިވާ ކަމަށެވެ. މީގެ އިތުރުން މިހާރަށްވުރެ ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް ރަފާ މަސައްކަތް ކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. މިނިސްޓަރު ވަނީ ރަފާ އަށް ކާމިޔާބީ އަށް ވެސް އެދިވަޑައިގެންފަ އެވެ. ރަފާ ވަނީ މިހާތަނަށް ޓީޓީން އެކި އެކި ކާމިޔާބީތައް ވެސް ހޯދައިފަ އެވެ.

ރާއްޖޭގެ ކުޅުންތެރިންނަށް އެންމެ އެކަށީގެންވާ ފުރުސަތުތައް ހޯދައިދީ، ކުޅިވަރުތަކުން ރަން ވަނަ ހޯދުމަކީ ސަރުކާރުން އިސްކަން ދެމުން އަންނަ ކަމެކެވެ.

ކުޅިވަރާ ބެހޭ ވުޒާރާޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއައިޝަތު ރަފާ ނާޒިމްއަރުތަ ޕްރޮގްރާމް

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ރަފާ އާއި އިމްއާން

07 ނޮވެމްބަރު 2025
އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ރަފާ އާއި އިމްއާން
31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
18 ނޮވެމްބަރު 2024

މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ

18 ނޮވެމްބަރު 2024
މުލިއާގޭ ވެހިކަލް ގަރާޖު ހުރި ބިމުގައި ޒުވާނުންގެ މަރުކަޒެއް އަޅަނީ
21 ޖުލައި 2024

ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް

21 ޖުލައި 2024
ވަރަށް އަވަހަށް ނޭޝަނަލް އާޓް ކަލެކްޝަން އެއް ފަތުރުވެރިންނަށް ހުޅުވާލާނަން: އަސްވަރޑް
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
21 މެއި 2024

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
16 މެއި 2024

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
15 މެއި 2024

އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް

15 މެއި 2024
އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު