Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސައުތް އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސ

ރަފާގެ މެސެޖް: "ތައްޔާރު މިވަނީ މެޑަލް ހޯދަން، ހިތްވަރުދޭން އައިސްދީ"

މުބާރާތް އޮންނާނީ މެއި 9-11 އަށް ރާއްޖޭގައި

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 24 އެޕްރީލު 2022 | އާދީއްތަ 13:46
ރަފާ ނޫސްވެރިންނާ ވާހަކަދައްކަނީ

ރަފާ ނޫސްވެރިންނާ ވާހަކަދައްކަނީ

އަންނަ މަހު ރާއްޖޭގައި އޮންނަ ސައުތް އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުންދަނީ މެޑަލް ހޯދަން ކަމަށާއި, އެކަމަށް ހުރިހާ ދިވެހިންގެ ސަޕޯޓަށް އައިޝަތު ރަފާ ނާޒިމް ގޮވާލައިފިއެވެ.

ޓީމްގެ އެންމެ މުހިއްމު ކުޅުންތެރިޔާ ރަފާ ބުނީ މިދިޔަ އަހަރުން ފެށިގެން ތައްޔާރުވަމުން އަންނަނީ އަމާޒުތަކެއް ކަނޑައަޅައިގެން ސީދާ މެޑަލް ހޯދަން ކަމަށެވެ. މެޑަލް ހޯދަން ކުރާ މަސައްކަތުގައި އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ރާއްޖޭގައި މުބާރާތް އޮތުން ކަމަށާއި, އެކަމަކު އޭގެ ފައިދާ ފުރިހަމައަށް ކުރާނީ ހުރިހާ ދިވެހިންގެ ފުރިހަމަ ސަޕޯޓް ލިބިގެންކަމަށް ރަފާ ބުންޏެވެ. ރަފާ ބުނީ މިއީ އޭނާއާއި, ޓީމްގެ އެހެން ކުޅުންތެރިންނަށްވެސް ވަރަށް މުހިއްމު މުބާރާތެއްކަމަށެވެ. ސައުތް އޭޝިޔާ ޖޫނިއަރ މުބާރާތަށް މިދިޔަ އަހަރު ފަރިތަކުރަން ފެށީވެސް ސީދާ މެޑަލް ހޯދަން އަޒުމްކަނޑައަޅައިގެންކަމަށް މިދިޔަ ދެ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައިވެސް ރާއްޖެއަށް ކާމިޔާބު ހޯދައިދިން ޒުވާން ކުޅުންތެރިޔާ ބުންޏެވެ.

ރަފާ ބުނީ މުބާރާތުގައި ވާދަކުރާ ޓީމްތަކަކީ ވަރަށް ވަރުގަދަ ޓީމްތަކެއްކަން އިނގޭކަމަށެވެ. ޚާއްޞަކޮށް އިންޑިޔާއަކީ މުޅި ދުނިޔެއަށް ބެލިޔަސް އެންމެ ވަރުގަދަ އެއް ޤައުމު ކަމަށާއި, ސްރީލަންކާއާއި އެހެން ޤައުމުތައްވެސް ވަރުގަދަ ކަމަށެވެ. އެކަމަކުވެސް ރާއްޖޭގެ ޓީމުން މަސައްކަތް ކުރަމުން ދާނީ ސީދާ އަމާޒުތަކެއް ކަނޑައަޅައިގެން ނަތީޖާ ނެރެންކަމަށެވެ. ވަރުފަދަ ޓީމްތަކާ މުބާރާތުގައި ވާދަކޮށްލަން ލިބުންވެސް ޒުވާން ކުޅުންތެރިޔާ ޤަބޫލުކުރަނީ ރަނގަޅު ފުރުޞަތެއްކަމަށެވެ.

މުބާރާތަށް ތައްޔާރުވާއިރު ރަފާއާއި ޓީމަށްވެސް އޮތް އެންމެ ބޮޑު ހިތްވަރަކީ ޔޫތް މިނިސްޓްރީންނާއި, އެސޯސިއޭޝަނުން ލިބޭ ފުރިހަމަ އެހީތެރިކަމެވެ. އެގޮތުން ބޭރުގެ ކޯޗެއް ގެނައުމުގެ އިތުރުން ކްރޮއޭޝިއާގެ ރަނގަޅު ދެ ކުޅުންތެރިން ގެނެސް މެޗުތަކެއް ރާއްޖޭގައި ކުޅުމުގެ ފުރުޞަތު ހޯދައިދީފައިވާކަން ރަފާ ފާހަގަކުރިއެވެ. އެކަން ފާހަގަކޮށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފްއަށާއި, ޓީޓީ އެސޯސިއޭޝަނަށް ރަފާ ވަނީ އޭނާއާއި އެހެން ކުޅުންތެރިންގެ ނަމުގައި ޝުކުރު އަދާކޮށްފައެވެ. ކްރޮއޭޝިޔާގެ ދެކުޅުންތެރިންނާއި, ބޭރުގެ ކޯޗެއް ލިބުމަކީ ލިބުނު ވަރަށް ބޮޑު ތަޖުރިބާއެއްކަމަށާއި, އޭގެ ސަބަބުން ކުރިއެރުން ފެންނަކަން ރަފާ ފާހަގަކުރިއެވެ.

މުބާރާތް އޮންނާނީ އަންނަ މެއި މަހުގެ 9-11 އަށް މާލޭގައެވެ. މެޗުތައް ކުޅޭނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައެވެ.

- ޓީޓީ ޓީމަށް ހިތްވަރުދޭންވީ ކީއްވެ?

- 2019 ވަނަ އަހަރުގެ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ސިންގަލްސް ރަން މެޑަލް ރާއްޖޭގެ ފާތިމަދު ދީމާ ހޯދި އެވެ.

- 2019 ވަނަ އަހަރުގެ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ސިންގަލްސް ރިހި މެޑަލް ރަފާ ހޯދިއެވެ.

- 2019 ވަނަ އަހަރުގެ އިންޑިޔަން އޯޝަން އައިނެލްޑް ގޭމްސްގެ އަންހެން ޑަބަލްސްއިން ރަން މެޑަލް ދީމާއާއި ރަފާގެ ޕެއަރއިން ހޯދިއެވެ.

- 2019 ވަނަ އަހަރުގެ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ޓީމް އިވެންޓުން ރަން މެޑަލް ރާއްޖެއިން ހޯދި, އެޓީމްގައި ދީމާއާއި ރަފާ ހިމެނެއެވެ.

- 2019 ވަނަ އަހަރު އޭޝިޔަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުން ދީމާ ރިހި މެޑަލް ހޯދިއެވެ.

- 2018 ވަނަ އަހަރު ސައުތް އޭޝިޔަން ޖޫނިއަރ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ އަންހެން ކެޓަގަރީގެ 12 އަހަރުން ދަށުގެ ބައިން ދީމާ ރިހި މެޑަލް ހޯދިއެވެ.

- 2018 ވަނަ އަހަރު ސައުތް އޭޝިޔަން ޖޫނިއަރ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ ޖޫނިއަރ އަދި ކެޑޭޓް ކެޓަގަރީން ރާއްޖޭގެ އަންހެން ޓީމް ލޯ މެޑަލް ހޯދިއެވެ.

- 2019 ވަނަ އަހަރު ސައުތް އޭޝިޔަން ހޯޕްސް އަންހެން ސިންގަލްސް ޗެމްޕިއަންކަމާއެކު ދީމާ ރަން މެޑަލް ހޯދިއެވެ.

މިފަދަ ފަޚްރުވެރި ވަނަތަކެއް ރާއްޖެއަށް ހޮދާދީފައިވާ ޓީމް އަށް ސަޕޯޓް ކުރަން ދިއުމަކީ ކުޅިވަރަށް ލޯބިކުރާ އެންމެން އަދި ދިވެހި ހުރިހާ ފަރުދުންވެސް ކުރަން މުހިންމުކަމެކެވެ. ރަފާ އެދުނު ފަދައިން ޓީމަށް ހިއްވަރު ދިނުމަށެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއައިޝަތު ރަފާ ނާޒިމްފާތިމަތު ދީމާ އަލީ

ކޮމެންޓް

އިތުރަށް ކިޔާލަން

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ރަފާ އާއި އިމްއާން

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ދިދަ އުފުލާނީ ރަފާ އާއި އިމްއާން

07 ނޮވެމްބަރު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024

އަހަރުތަކުން މިއަދު

9 ޖެނުއަރީ
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި
20251 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް ހުކުމް ކޮށްފި

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ
20242 އަހަރު ކުރިން
ރާއްޖެ

"މިއަދުވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެބަތިބި، މިނިވަންކަމަށް މިއަދު އޮތް ނުރައްކަލަކީ ކޮބައިތޯ؟" : މާރިޔާ

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގައި ކުޅެން ނުޖެހޭ ފަސް ކުޅުންތެރިޔަކު ކުޅުނު ކަމަށް ޑެޝޯމްޕްސް ބުނެފި

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

ޓާޝަރީ 4 ހޮސްޕިޓަލުގެ ޑިޒައިނާއި ބީއޯކިއު ހޯދަން އިއުލާންކޮށްފި

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!
20215 އަހަރު ކުރިން
ރިޕޯޓު

މާނޭރެން އޮޔާ ދަމާގަތް ވަގުތު ވެސް ފައުޒަން ދެއްކީ ހިތްވަރާއި ކެރުންތެރިކަން!

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މިއަދުން ފެށިގެން އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮވާނެ: މޯލްޑިވިއަން

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!
20188 އަހަރު ކުރިން
އިސްލާމް

ޒަމްޒަމް ފެނުގައިވާ އިލާހީ ކުޅަދުންވަންތަ ކަމުގެ ހެކިތަކަށް ވިސްނާލަމާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު