Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވައިޓް ލިންކްސް

ލ. ފޮނަދޫގައި ހައުސިން ޔުނިޓް އަޅަން ހަވާލު ކުރީ ދުވަހަކު މިބާވަތުގެ މަސައްކަތެއް ކޮށްފައި ނެތް އަބްދުއްރަހީމްގެ އާއިލީ ކުންފުންޏަށް!

ލ.ފޮނަދޫގައި ހައުސިން ޔުނިޓް އަޅަން ހަވާލުކުރި ވައިޓް ލިންކްސް ކުންފުންޏަކީ މިފަދަ މަސައްކަތެއްގެ ތަޖުރިބާ ހުރި ކުންފުންޏެއް ނޫން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 6 ނޮވެމްބަރު 2025 | ބުރާސްފަތި 14:03
ރައީސް ޑރ.މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް

ރައީސް ޑރ.މުއިއްޒު އާއި މަޖިލީހުގެ ރައީސް އަބްދުއްރަހީމް

ބުރާސްފަތި ދުވަހު ސަރުކާރުން ބަހާލި މަޝްރޫޢުތަކުގެ ތެރެއިން، ލ.ފޮނަދޫގައި ހައުސިން ޔުނިޓް އަޅަން ހަވާލު ކުރީ މަޖިލީހުގެ ރައީސް، އަބްދުއްރަހީމް އަބްދުاللهގެ އާއިލީ މަސްލަހަތު އޮތް ކުންފުންޏަކާއި ކަން ހާމަވެއްޖެ އެވެ.

ބުރާސްފަތި ދުވަހު ސަރުކާރުން މަޝްރޫޢުތައް ހަވާލުކުރުމަށް ކުރިއަށް ގެންދިޔަ މަސައްކަތަކީ އެއް ފަހަރާ އެންމެ ގިނަ މަޝްރޫޢު ހަވާލު ކުރި ސަރުކާރުގެ ރެކޯޑު ހެދުމަށް ކުރި މަސައްކަތެކެވެ. ބުރާސްފަތި ދުވަހު ސަރުކާރުން މަޝްރޫޢުތައް ބަހާލި ފަރާތްތަކުގެ ތެރޭގައި ސަރުކާރު ހިންގާ ޕާޓީ (ޕީއެންސީ) އަށް ނިސްބަތްވާ މެމްބަރުންނާއި ސަރުކާރުގެ އިސްފަރާތްތަކުގެ މަސްލަހަތު އޮތް ކުންފުނިތައް ގިނަ އެވެ.

އޭގެ ތެރޭގައި ލ.ފޮނަދޫގައި 100 ހައުސިން ޔުނިޓު އެޅުމުގެ މަޝްރޫއުގެ މަސައްކަތް ހިމެނެއެވެ. އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 139،295،700ރ. (ސަތޭކަ ތިރީސް ނުވަ މިލިއަން ދެ ލައްކަ ނުވަދިހަ ފަސް ހާސް ހަތް ސަތޭކަ) ރުފިޔާ އަށެވެ.

ވައިޓް ލިންކްސް އަކީ ބުރާސްފަތި ދުވަހު ބަހާލި މަޝްރޫއުތަކުގެ ތެރެއިން އެންމެ ގިނަ ފައިސާ 5 ވަނަ އަށް ލިބޭ ކުންފުނިކަން ފާހަގަ ކުރެވެއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވާ ވައިޓް ލިންކްސް ޕްރައިވެޓް ލިމިޓެޑަކީ އަބްދުއްރަހީމްގެ ދަރިފުޅާއި އޭނާގެ އަނބިމީހާގެ ހިއްސާ އޮތް ކުންފުންޏެއް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުގައި ހިމެނޭ އެ ކުންފުނީގެ ރެޖިސްޓްރީ އިން ހާމަވެ އެވެ.

މި މަސައްކަތް ކުރަން ހަވާލުކުރި ކުންފުންޏަކީ މި ފަދަ މަސައްކަތެއްގެ ތަޖުރިބާ ހުރި ކުންފުންޏެއް ނޫންކަން ފާހަގަކޮށްލެވެ އެވެ. އަދި ކުންފުނިން ކުރި މަސައްކަތްތަކުގެ ތެރޭގައި މިފަދަ އިތުރު އެހެން އެއްވެސް މަސައްކަތެއް އެއްވެސް އިރެއްގައި ކުރިކަން އެނގޭކަށް ނެތެވެ. މިހާތަނަށް އެ ކުންފުނިން ކޮށްފައިވާ ކަމަށް ދައްކާ މަސައްކަތްތަކަކީ ބައެއް ކަހަލަ ސާމާނު ރީޓެއިލް ކުރުމާއި ބައެއް މެޝިނަރީތައް ކުއްޔަށް ދިނުމުގެ ވިޔަފާރި އެވެ. އެހެންކަމުން އެ ކުންފުންޏާއި ހައުސިން ޔުނިޓް އަޅަން ހަވާލު ކުރީ ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އާ އޮތް ގުޅުން ނޫން އިތުރު ސަބަބެއް އޮވެގެން ނޫން ކަމަށް ބެލެއެވެ.

ބުރާސްފަތި ދުވަހު ޖުމްލަ 206 މަޝްރޫޢު ބަހާލި އިރު މި މަޝްރޫޢުތައް ބަހާލީ ވާދަވެރި ބީލަމަކަށް ފުރުސަތު ހުޅުވާލުމެއް ނެތި އެވެ.

އަބްދުއްރަހީމް އަބްދުﷲލ.ފޮނަދޫވައިޓް ލިންކްސްމުއިއްޒު ސަރުކާރުކޮރަޕްޝަން

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
03 ޑިސެމްބަރު 2025

އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި

03 ޑިސެމްބަރު 2025
އިމްރާން ޚާންގެ ޙާލު ކޮޅު ރަނގަޅު، ނަމަވެސް ޖަލުގައި ހުންނެވީ އެކަނިވެރި ކަމުގެ ތެރޭގައި
03 ޑިސެމްބަރު 2025

އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި

03 ޑިސެމްބަރު 2025
އިނގިރޭސީ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރު ޓިއުލިޕް އަށް ބަންގްލަދޭޝްގެ ކޯޓަކުން ޖަލު ޙުކުމެއް އިއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު