Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ނޭޝަންސް ލީގު

ނެދަލެންޑްސްގެ ފެށުން ރަނގަޅުކޮށްފި

4 ޖޫން 2022 | ހޮނިހިރު 03:00

ނެދަލެންޑްސް ވަނީ އެޓީމު އެންމެ ފަހުން ކުޅުނު 10 މެޗުންވެސް ބަލިނުވެ ސަލާމަތްވެފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 4 ޖޫން 2022 | ހޮނިހިރު 03:00
ގޯލު ޖެހުމަށްފަހު މެމްފިސް ޑިޕާއީ އުފާފާޅުކުރަނީ

ގޯލު ޖެހުމަށްފަހު މެމްފިސް ޑިޕާއީ އުފާފާޅުކުރަނީ

މިހާރު ކުރިއަށްދާ ޔުއެފާ ނޭޝަންސް ލީގުގައި ނެދަލެންޑްސް ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު މި މެޗުގައި ވަރުގަދަ ބެލްޖިއަމްގެ މައްޗަށް ނެދަލެންޑްސް ކުރިހޯދީ 4-1ންނެވެ. ޑިވިޝަން އެކެއްގެ ގްރޫޕް ޑީގައި، ބެލްޖިއަމް ދަނޑުގައި ކުޅުނު މި މެޗުގައި ނެދަލެންޑްސް ލީޑްނެގީ ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓީވެން ބާގްވެއިންއެވެ. ފުރަތަމަ ހާފުގައި ބެލްޖިއަމްގެ ޑިފެންޑަރު ރޮމެއޫ ލުކާކޫއަށް އަނިޔާވެގެން އޭނާ ވަނީ ބަދަލުކޮށްފައެވެ.

ދެވަނަ ހާފުގައި ނެދަލެންޑްސްއިން ތިން ލަނޑު ޖެހިއިރު، ބާސެލޯނާއަށް ކުޅެމުން އަންނަ މެމްފިސް ޑިޕާއީ ދެލަނޑު ޖެހިއެވެ. ނެދަލެންޑްސްގެ އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ޑެންޒެލް ޑަމްފްރީސްއެވެ. ބެލްޖިއަމްގެ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި މިޝީ ބަޓްޝުއާޔީއެވެ.

މި މޮޅާއެކު ނެދަލެންޑްސް ވަނީ އެޓީމު އެންމެ ފަހުން ކުޅުނު 10 މެޗުންވެސް ބަލިނުވެ ސަލާމަތްވެފައެވެ.

ގްރޫޕްގެ އެއްވަނާގައި ތިން ޕޮއިންޓާއެކު ނެދަލެންޑްސް އޮތްއިރު، ދެވަނާގައި ޕޮލެންޑްވެސް އޮތީ ތިން ޕޮއިންޓު ހޯދައިގެންނެވެ. ގްރޫޕްގެ ފުރަތަމަ މެޗުގައި ޕޮލެންޑް ވަނީ 2-1ން ނެދަލެންޑްސް ބަލިކޮށްފައެވެ. ޕޮއިންޓެއް ނުލިބި، ވޭލްސް ތިންވަނާގައި އޮތްއިރު، ބައިކޮޅަށް ގިނަ ގޯލު ވަނުމުން، ޕޮއިންޓަކާ ނުލައި ފުލުގައި އޮތީ ބެލްޖިއަމްއެވެ.

ޔުއެފާ ނޭޝަންސް ލީގުނެދަލެންޑްސްގެ ގައުމީ ޓީމުނެދަރލެންޑްްސްބެލްޖިއަމް

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
06 ނޮވެމްބަރު 2025

މުއިއްޒު ސަރުކާރަށް ނެދަލޭންޑުން ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 820 ރުފިޔާ

06 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރަށް ނެދަލޭންޑުން ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 820 ރުފިޔާ
04 ނޮވެމްބަރު 2025

ކުޑަ ފަރަގަކުން ނެދަލެންޑްސްގެ އިންތިޚާބު ޖެޓަން ކާމިޔާބު ކޮށްފި

04 ނޮވެމްބަރު 2025
ކުޑަ ފަރަގަކުން ނެދަލެންޑްސްގެ އިންތިޚާބު ޖެޓަން ކާމިޔާބު ކޮށްފި
13 އޮކްޓޯބަރު 2025

ފިންލޭންޑް އަތުން ނެދަލެންޑްސް މޮޅުވެއްޖެ

13 އޮކްޓޯބަރު 2025
ފިންލޭންޑް އަތުން ނެދަލެންޑްސް މޮޅުވެއްޖެ
04 ސެޕްޓެމްބަރު 2025

ނަތަންޔާހޫގެ ނުރުހުން ބެލްޖިއަމްގެ ބޮޑު ވަޒީރަށް

04 ސެޕްޓެމްބަރު 2025
ނަތަންޔާހޫގެ ނުރުހުން ބެލްޖިއަމްގެ ބޮޑު ވަޒީރަށް
02 ސެޕްޓެމްބަރު 2025

ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި

02 ސެޕްޓެމްބަރު 2025
ބެލްޖިއަމް އިން ފަލަސްތީނު ދައުލަތް ބަލައިގަންނަން ނިންމައިފި
05 ޖޫން 2025

ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް

05 ޖޫން 2025
ޑެޝޯމްޕްސް ބުނީ ތިބި ކުޅުންތެރިންނަށް އިތުބާރު ކުރާ ކަމަށް
05 ޖޫން 2025

ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް

05 ޖޫން 2025
ފްރާންސް މެޗުގެ ކުރިން ފުއެންޓޭ ބުނީ ފޭވަރިޓުންނެއް ނެތް ކަމަށް
05 ޖޫން 2025

ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް

05 ޖޫން 2025
ފަހަތުން އަރައި މޮޅުވެ، ޕޯޗުގަލް ނޭޝަންސް ލީގުގެ ފައިނަލަށް
20 ނޮވެމްބަރު 2024

ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި

20 ނޮވެމްބަރު 2024
ބޮސްނިއާ އިން ނެދަލެންޑްސްއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް