Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

ނެދަލެންޑްސް ނިކުންނާނީ މެސީ ހުއްޓުވާނެ ހުރިހާ އުކުޅަކާއެކު

ވެންޑައިކް ބުނީ މި މެޗަކީ މެސީ އާއި އޭނާގެ ކުރިމަތިލުމެއް ނޫން ކަމަށާއި އެހެނަސް މެސީ އަށް ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޑިސެމްބަރު 2022 | ހުކުރު 15:36
ނެދަލެންޑްސް ޓީމު ޓްރެއިނިންގައި

ނެދަލެންޑްސް ޓީމު ޓްރެއިނިންގައި

އާޖެންޓީނާގެ މިޑްފީލްޑަރު އެންހެލް ޑިމާރިއާ އަކީ ނެދަލޭންޑްސްގެ ކޯޗު ލުއިސް ވެންހާލް މެންޗެސްޓާ ޔުނައިޓެޑަށް 2014 ވަނަ އަހަރު ގެނައި ކުޅުންތެރިއެކެވެ. އެއީ ސްޕެއިނުގެ ރެއާލް މެޑްރިޑަށް 59.6 މިލިއަން ޕައުންޑް ދީފައެވެ. ނަމަވެސް އެންމެ ސީޒަނަކަށް ފަހު ވެންހާލް ވަނީ ފްރާންސްގެ ޕީއެސްޖީ އަށް ޑިމާރިއާ ވިއްކާލާފައެވެ. މިމުއާމަލާތުގެ ސަބަބުން އުފެދިފައި އޮތް ނުތަވަނަސްކަމުގެ އުދާސްތައް ޑިމާރިއާ ފިލުވާލީ މިރޭގެ މެޗުގެ ކުރިން ވާހަކަ ދައްކަމުންނެވެ. ވޯލްޑް ކަޕުގައި މިރޭ އާޖެންޓީނާއި ނެދަލޭންޑްސް ކުޅޭ މެޗުގެ ކުރިން ޑިމާރިއާ ބުނީ ވެންހާލް އަކީ އޭނާގެ ހަޔާތުގައި ވެސް ފެނުނު އެންމެ ގޯސް ކޯޗުކަމަށެވެ. މިވާހަކަ އަށް ރައްދު ދެމުން ކޯޗު ވެންހާލް ބުނީ އޭނާއާ މެދު މިފަދަ ގޯސްވާހަކައެއް ދައްކާނީ ޑިމާރިއާ ފަދަ މަދު ކުޅުންތެރިއެއް ކަމަށާއި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށެވެ. އަމިއްލަ ގޭގައި މާރާމާރީ ހިންގައި ފުލުހުން އެކަން ތަހުގީގުކޮށް ޑިމާރިއާ ފަލީހަތްވުމަކީ އޭނާ ކުށެއް ނޫން ކަމަށެވެ.

މިރޭގެ މެޗަށް ނުކުންނައިރު ވެންހާލްއަށް ބަހުގެ ހަމަލާ ރައްދުކުރީ ހަމައެކަނި ޑިމާރިއާއެއް ނޫނެވެ. އޭނާއާ ދިމާކޮށްގެން އުޅެނީ ނެދަލޭންޑްސްގެ ނޫސްވެރިންނެވެ. އެއް ބަޔަކު ބުނާ ގޮތުގައި ވެންހާލްގެ ކޯޗުކަމުގައި ނެދަލޭންޑްސް ކުޅެނީ ވަރަށް ފޫހި ކުޅުމެކެވެ. ނަމަވެސް މިފަދަ ވާހަކަތަކުން ނޫސްވެރިންނަށް ކުރި ނުލިބެނީ ނެދަލޭންޑްސްގެ ނަތީޖާތައް ރަނގަޅުކަމުންނެވެ.

މި ފަހަރުގެ މުބާރާތަކީ ވެންހާލްގެ ފަހު ބޮޑު މުބާރާތެވެ. މުބާރާތަށް ފަހު އޭނާ ގައުމީ ޓީމާ ވަކިވާނެއެވެ. ހަގީގަތުގައި ވެންހާލް ތިން ވަނަ ފަހަރަށް ގައުމީ ޓީމާ ހަވާލުވީ އޭނާގެ އާއިލާގެ ވެސް ނުގަބޫލުގައެވެ. ވެންހާލް ބުނީ ގައުމު އޭނާގެ އެހީ އަށް އެދުމުން އެކަމަށް ފުރަގަސްދޭން ބޭނުންނުވީ ކަމަށާއި، ތިން ވަނަ ފަހަރަށް ގައުމީ ޓީމާ ހަވާލުވެ ނެރެވޭ ނަތީޖާތަކާ މެދު އޭނާ އާއި ކުޅުންތެރިންނާއި ނެދަލޭންޑްސްގެ ރައްޔިތުންނާއި ނޫސްވެރިން ހަގީގަތުގައި އުފާކުރާ ކަމަށެވެ. ގައުމީ ޓީމާ ވެންހާލް 2021 ގައި ހަވާލުވި ފަހުން މިހާތަނަށް ވަނީ ބަލިނުވެ 19 މެޗު ހަމަކޮށްފައެވެ. މިހެންވެ ވެންހާލަކީ ވިސްނުން ތޫނު ކޯޗެއް ކަމަށް އޭނާ އަށް ފާޑުކިޔައި އުޅުނު ބައެއް ނޫސްވެރިން ވެސް މިހާރު ދަނީ އެއްބަސްވަމުންނެވެ. އޭނާ ބޭނުންކުރާ 3-5-2 ފޯމޭޝަނަކީ ވަރަށް ޑިފެންސިވް ޓޯޓަލް ފުޓްބޯޅައެއް ކަމަށް ބުންޏަސް މިއީ ނަތީޖާ ނެރޭ ފޯމިއުލާއެކެވެ. ފަހަތުގައި ތިބޭ ތިން ޑިފެންޑަރުންނާއެކު ފްރޭންކީ ޑިޔޮންގެ މިރޭގެ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ލިޔޮނަލް މެސީ ބަނދެލާނެއެވެ. އެއީ ދެ އަރިމަތިން ކުޅޭ ފުލްބެކުންނަށް ބޯޅަ ސަޕްލައިކޮށްދީގެން އެމީހުން ލައްވައި އެޓޭކް ބިލްޑްކުރާ ޓީމެކެވެ. އަރިމަތިން ފޯވަޑުންނަށް ހުސްކޮށްދޭ ބޯޅަތަކުން އިދިކޮޅު ޓީމުތަކުގެ ކޮޅަށް ނެދަލޭންޑްސް ޖެހި ގޯލުތަކަކީ ވަރަށް ވަރުގަދަ ރޭވުންތެރިކަމާއެކު ޖަހާފައިވާ ގޯލުތަކެކެވެ.

އާޖެންޓީނާގެ ކެޕްޓަން ލަޔޮނަލް މެސީ ގަބޫލުކުރާ ގޮތުގައި ދުނިޔޭގައި މިވަގުތު ހުރި އެންމެ މޮޅު ޑިފެންޑަރަކީ ނެދަލޭންޑްސްގެ ކެޕްޓަން ވާޖިލް ވެންޑައިކްއެވެ. ނަމަވެސް ވެންޑައިކް ބުނީ މި މެޗަކީ މެސީ އާއި އޭނާގެ ކުރިމަތިލުމެއް ނޫން ކަމަށާއި އެހެނަސް މެސީ އަށް ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭނެ ކަމަށެވެ. ވެންޑައިކް ބުނީ ޓީމުގައި ތަށި ހޯދުމުގެ ރޫހު އެބަހުރި ކަމަށާއި މިހާތަނަށް ހޯދުނު ކާމިޔާބީގެ ސިއްރަކީ ކާމިޔާބީ އަށް ބަނޑުހައިވެފައި ތިބި ކުޅުންތެރިންގެ ބުރަ މަސައްކަތް ކަމަށެވެ. ނެދަލޭންޑްސް ޓީމުގެ ތަރިއަކީ ކޯޑީ ގަކްޕޯއެވެ. ޒުވާން ހުނަރުވެރިޔާ ގަތުމަށް މެންޗެސްޓާ ޔުނައިޓެޑުން މިހާރު ވެސް 80 މިލިއަން ޑޮލަރު ހުށަހަޅަން ތައްޔާރުވަމުންނެވެ.

އަނެއްކޮޅުން މި ދެ ގައުމުގެ މީގެ ކުރިން ކުޅެފައިވާ ގިނަ މެޗުތައް އާޖެންޓީނާ ކޮޅަށް އެނބުރިފައި ވިޔަސް 1998 ގެ ކުއާޓަރ ފައިނަލްގައި އޮރެންޖް ޓީމުން އާޖެންޓީނާ ރޮއްވާލި ހަނދާންތައް ކުރީގެ ކުޅުންތެރިން ދަނީ ޤަތަރުގައި ތިބެ އާކުރަމުންނެވެ. އެ މެޗުގައި ޑެނިސް ބާކެމްޕް އާޖެންޓީނާގެ ފަބްލޯ އަޔާލާ އާއި ކީޕަރު ކައިރިން ދެމިގަނެ ޖެހި ގޯލަކީ އަދިވެސް އެފަދަ ދެވަނައެއްނެތް ގޯލެކެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ނެދަރލެންޑްްސްކުޅިވަރު

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
06 ނޮވެމްބަރު 2025

މުއިއްޒު ސަރުކާރަށް ނެދަލޭންޑުން ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 820 ރުފިޔާ

06 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރަށް ނެދަލޭންޑުން ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 820 ރުފިޔާ
05 ނޮވެމްބަރު 2025

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް
04 ނޮވެމްބަރު 2025

ކުޑަ ފަރަގަކުން ނެދަލެންޑްސްގެ އިންތިޚާބު ޖެޓަން ކާމިޔާބު ކޮށްފި

04 ނޮވެމްބަރު 2025
ކުޑަ ފަރަގަކުން ނެދަލެންޑްސްގެ އިންތިޚާބު ޖެޓަން ކާމިޔާބު ކޮށްފި
08 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު