Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޯއާސް ކްރަޣްވޭކް

ޕޯޑިއަމްއަކަށް އަރައި، ސިޔާސަ ރާގަކަށް ހަޅޭއް ނުލެވިއަސް ބުނަން އުޅޭ އެއްޗެއް ބުނެވިދާނެ ނޫންތަ؟

އޭނާގެ ބޭނުމަކީ، ޔޫކްރެއިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމަ، ވިލާތުގެ ހުޅަނގު ބޯޑަރާ ކައިރިވެފައިވާ މިންވަރު އަންގައިދިނުން

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 8 އޯގަސްޓު 2023 | އަންގާރަ 11:07
ބޯއާސް ކްރަޣްވޭކްގެ ބޭނުމަކީ ދުވުމުގެ ތެރެއިން، ޔޫކްރެއިނަށް ފައިސާގެ އެހީ ހޯދައިދިނުން

ބޯއާސް ކްރަޣްވޭކްގެ ބޭނުމަކީ ދުވުމުގެ ތެރެއިން، ޔޫކްރެއިނަށް ފައިސާގެ އެހީ ހޯދައިދިނުން

ބޮޑު ކަމެއް ނުވަތަ ހާދިސާއެއް ހިނގުމާއެކު އެ ވާހަކައެއް ދައްކައި، އެކަމަކާ ބަހުސްކޮށް، ޚިޔާލު ފާޅުކުރާ މީހުންގެ އަޑު ގަދަވެއެވެ. އަޑަށް ލެވުނުހާ ބާރެއް ލައި، އެމީހެއްގެ ހިތަށް އަރާހާ އެއްޗެއް ދުލުން ބޭރުކުރާ މީހުން އުޅެއެވެ. ބައެއް މީހުން ދެކޭގޮތުގައި، އެފަދަ ގޮތަކަށް ޝުއޫރުތައް ފާޅު ނުކުރެވިއްޖެނަމަ، ޚިޔާލު ފާޅުކުރުމުގެ ހައްގުން އެ މަހުރޫމުވީއެވެ. ގައުމުތަކުގެ އެންމެ އިސްވެރިންނާ ހިސާބުން ފެށިގެން، އާންމު ރައްޔިތުންނާ ހަމައަށް ބެލިކަމުގައި ވީނަމަވެސް، މިކަން އޮތީ މިހެންނެވެ. ކޮންމެ މީހަކުވެސް ބޭނުން ވަނީ، އެކަމެއްގައި އެމީހަކު ދެކޭ ގޮތް، އަނެކާއަށް އިއްވާށެވެ. މެސެޖު ދޭން ބޭނުންވާ މީހާއަށް އަޑު އިވޭހާ ބާރަށެވެ.

ބައިނަލްއަގުވާމީ ޕޯޑިއަމްތަކުގައި މި މޭރުމުން އެންމެ ހޫނު ބަހުސެއް އަދިވެސް ކުރެވެމުންދާ އެއް މައްސަލައަކީ، ރަޝިއާގެ އަސްކަރިއްޔާއިން ޔޫކްރެއިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައިގެ މައްސަލައެވެ. ޔޫކްރައިންގެ ބޯޑަރުން އެތެރޭގައި ކުރިއެއް ކަމަކު، މުޅި ދުނިޔެއަށް ހަނގުރާމަ ފެތުރި ހިނގައިދާނެ ކަމުގެ އިންޒާރު ދޭ މީހުން މަދެއް ނޫނެވެ. ނަމަވެސް، އެކަމަށް މިއަދު މީހުން ސަމާލުކަން ދޭ މިންވަރު ކުޑަވެއްޖެއޭ ވެސް ދެންނެވިދާނެއެވެ.

ކަމެއް، އެއް ގޮތެއްގައި މާ ގިނަ ދުވަހަށް ދިގުލައިގެން ހިނގައްޖެނަމަ، އެކަމަކީ އާންމު ކަމެއްގެ ގޮތުގައި ދުށުމީ އިންސާނީ ތޮބީއަތުވެސްމެއެވެ. ޔޫކްރެއިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމައަށް ސަމާލުކަން ހޯދުމަށް، ސިޔާސީ ޕޯޑިއަމްތަކުގައި ދުނިޔޭގެ ފެންވަރުގެ ވަރުގަދަ ލީޑަރުން، އަޑަށް ލެއްވުނުހައި ބާރެއް ލައްވައި އަޑުގަދަ ކުރައްވަމުން ގެންދަވާއިރު، އާދަޔާ ޚިލާފު ގޮތަކަށް އޭނާގެ ޝުއޫރު ފާޅުކުރަމުންދާ އެކަކީ ނެދަލަންޑްސްގެ ދުވުންތެރިޔާ ބޯއާސް ކްރަޣްވޭކްއެވެ.

ބޯއާސް ކްރަޣްވޭކްއަކީ ދުރު ރާސްތާތަކަށް ދުވުމަށް ޚާއްސަ ފަހުލަވާނެކެވެ. ނުވަތަ އަލްޓްރާ ރަނަރއެކެވެ. އޭނާ މިހާރު ދުވަމުންދާ ޓްރެކު ދެމިގެން ދަނީ ނެދަލަންޑްސްގެ އެމްސްޓަރޑޭމްއިން ޔޫކްރައިންގެ ކީވްއަށެވެ. މަގުސަދު މުހިންމެވެ. އޭނާގެ ބޭނުމަކީ، ޔޫކްރެއިންގައި ރަޝިއާއިން ކުރަމުންދާ ހަނގުރާމަ، ވިލާތުގެ ހުޅަނގު ބޯޑަރާ ކައިރިވެފައިވާ މިންވަރު އަންގައިދިނުމެވެ. އަދި ދުވުމުގެ ތެރެއިން، ޔޫކްރެއިނަށް ފައިސާގެ އެހީ ހޯދައިދިނުމެވެ.

މި ވަރުގަދަ އަޒުމުގައި ބޯއާސް ކްރަޣްވޭކް ދުވަން ފެށީ ޖުލައި 22 ވަނަ ދުވަހުއެވެ. 2500 ކިލޯމީޓަރުގެ ރާސްތާއެއް ކަޑައްތުކުރަން ޖެހޭއިރު، އޭނާ އަމާޒު ހިފާފައިވަނީ ކޮންމެ ދުވަހަކުވެސް 50 ކިލޯމީޓަރުގެ ރާސްތާއަކަށް ދުވެގެން، 50 ދުވަހުގެ ތެރޭގައި މަންޒިލަށް ވާސިލުވުމަށެވެ. ދުވުމުގެ ތެރެއިން ފައިސާގެ އެހީ ހޯދުމުގެ މަގުސަދަކީ، ނެދަލަންޑްސްގައި ހިންގާ ހިލޭ އެހީދޭ ޖަމިއްޔާއެއް ކަމަށްވާ ސެއިލްސް އޮފް ފްރީޑަމް މެދުވެރިކޮށް، ޔޫކްރެއިނަށް އެމްބިއުލާންސްތަކެއް ގަނެދިނުމެވެ.

އުމުރުން 28 އަހަރުގެ މި ޒުވާނާ ކުރަމުންދާ ހިތްވަރުގަދަ ދަތުރުގައި، އޭނާގެ މެނޭޖަރާއި ފޮޓޯގަރާފަރަކުވެސް ދަނީ ބައިވެރިވަމުންނެވެ. ނަމަވެސް، އެމީހުން ދަތުރުކުރަނީ އެއްގަމު އުޅަނދެއްގައެވެ. އެއް އަވަށާ އަނެއް އަވަށާ ދެމެދު އޮންނަ ރާސްތާއަކަށް ބަލައި، ބޯއާސް ކްރަޣްވޭކް، ކޮންމެ ދުވަހަކުވެސް 40 ކިލޯމީޓަރާ 60 ކިލޯމީޓަރާ ދެމެދުގެ ރާސްތާއަކަށް ދުވެއެވެ. އެއަށްފަހު، އަރާމުކޮށް، ނިދައިހެދުމަށް އޭނާވެސް އެ އުޅަނދަށް އަރައެވެ.

ދަތުރުގެ މިހާ ހިސާބަށް އާދެވުނުއިރު، ބޯއާސް ކްރަޣްވޭކްއަށް ޖިސްމާނީ ގޮތުން އަނިޔާއެއް ލިބިފައި ނުވާކަން، އޭނާގެ މެނޭޖަރު ވަނީ ފާހަގަކޮށްފައެވެ.

10 ދުވަހުގެ ތެރޭގައި ދަތުރުގެ ރާސްތާއިން 500 ކިލޯމީޓަރުގެ ސަރަހައްދެއް ހުރަސްކޮށް، ބޯއާސް ކްރަޣްވޭކް ވަނީ އެހީގެ ގޮތުގައި 22000 ޔޫރޯ ހޯދާފައެވެ. އަދުގެ އަގުތަކަށް ބަލާއިރު އެންމެ އެމްބިއުލާންސުގެ އަގުވެސް އުޅެނީ ގާތްގަނޑަކަށް 30000 ޔޫރޯއަށެވެ. ފައިސާ ޖަމާކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 'އަލްޓްރާ4ޔޫކްރައިން ގޯފަންޑްމީ' ޕޭޖުގައެވެ.  

ބޯއާސް ކްރަޣްވޭކް ރާވާފައި ވާގޮތަށް ދުވުމުގެ ކަންކަން ކުރިއަށްދާނަމަ، ސެޕްޓެމްބަރު މަހުގެ ތެރޭގައި ކީވްއަށް ދެވޭނެކަމަށް އޭނާ އުއްމީދު ކުރެއެވެ.

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަބޯއާސް ކްރަޣްވޭކްނެދަރލެންޑްްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

ޒެލެންސްކީ އާއި ޔޫރަޕުގެ ލީޑަރުންނާ ބައްދަލު ކުރައްވަން ވިޓްކޮފް ޖަރުމަނަށް ވަޑައިގަންނަވަނީ

14 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖެނުއަރީ
ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ޝިފާޒް އާއި ހަސަން ލަތީފް އެމްޑީޕީ ގެ މެމްބަރޝިޕް ފޯމް ހުށަހަޅައިފި

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް
20242 އަހަރު ކުރިން
ރާއްޖެ

ޗައިނާއާއެކު 30 އެއްބަސްވުންވި، އޭގެތެރޭގައި މަކުނުދޫއާއި ގުޅޭ އެއްބަސްވުމެއް އެބައޮތް، އެކަން ހާމަކުރޭ - ފައްޔާޒް

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް
20233 އަހަރު ކުރިން
ރާއްޖެ

ބޭސްފަރުވާ ދީގެންވެސް އަލީ މުނީޒުގެ ސިއްހީ ހާލަތު ރަނގަޅު ނުވާތީ، ބަންދަށް ލުޔެއް

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް
20224 އަހަރު ކުރިން
ކުޅިވަރު

ގަލޮޅު ދަނޑު އެއްކޮށް ތަޅާލަންޖެހޭ: މަޚްލޫފް

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!
20215 އަހަރު ކުރިން
ރާއްޖެ

ވެމްކޯއަށް ފައިސާ ނުދައްކާ މައްސަލަ ހައްލުކުރުމަށް ޔުޓިލިޓީ ބިލަކަށް ކުނީގެ ފީ އިތުރު ކުރަނީ!

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ
20197 އަހަރު ކުރިން
ސިއްހަތު

ސިއްހަތަށް ފައިދާ ހުރި ފައިބާ އެކުލެވޭ ކާނާ ގިނަ މީހުންނަށް ނުކެވޭ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!
20188 އަހަރު ކުރިން
ރާއްޖެ

މާބަނޑު މީހެއްގެ ބަނޑަށް ދަރިފުޅު މަރުވެ، ނައިފަރު ހޮސްޕިޓަލަށް އިހުމާލުގެ ތުހުމަތު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު