Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީފާ ވޯލްޑް ކަޕް

ޒީރޯއަކުން ހީރޯއަކަށް!

8 ޑިސެމްބަރު 2022 | ބުރާސްފަތި 04:01

ނެދަލެންޑްސް ޤައުމީ ޓީމުގައި އޭނާ ހިމެނުނީ ވެސް މިއަހަރު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޑިސެމްބަރު 2022 | ބުރާސްފަތި 04:01
ނެދަލެންޑްސްގެ ކީޕަރު ނޮޕާޓް

ނެދަލެންޑްސްގެ ކީޕަރު ނޮޕާޓް

ފީފާ ވޯލްޑް ކަޕް މުބާރާތަކީ އެ މުބާރާތުގައި ވާދަކުރާ 32 ޤައުމަށް ވެސް ވަރަށް މުހިންމު މުބާރާތެކެވެ.

ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ގޮތުގައި ދެކެމުން އަންނަ ޓީމުތަކުން ފެށިގެން، އާދައިގެ ޓީމުތައް ވެސް ނުކުންނަނީ މުބާރާތް ކާމިޔާބު ކުރުމުގެ މަޤްސަދުގައެވެ. ނޫންނަމަ ދެވެން އޮތް އެންމެ ދުރަކަަށް ދިޔުމުގެ މަޤްސަދުގައެވެ. އެ ދަތުރުގައި ޓީމުތަކުގެ ކޯޗުން އިސްކަން ދެނީ އެންމެ މޮޅެތި ކުޅުންތެރިންނަށެވެ. ތަޖުރިބާ ހުރި ކުޅުންތެރިންނަށް ބޮޑަށް އިސްކަންދޭއިރު، ޒުވާން ކުޅުންތެރިންނަށް ވެސް އިސްކަން ދެއެވެ.

މިހާރު ޤަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގައި ވެސް ޒުވާން ކުޅުންތެރިން ފެނިގެންދެއެވެ. ޓީމުތަކުން އެ ކުޅުންތެރިން އަންނަނީ ވެސް މޮޅު ކުޅުމެއް ދައްކަމުންނެވެ. ފޯވާޑުންނާއި، މިޑްފީލްޑަރުންނެވެ. ޑިފެންޑަރުންނެވެ. ނަމަވެސް މިފަހަރު ބަލާލަން މިއުޅެނީ ޒީރޯއަކުން ހީރޯއަކަށް ވީ ގޯލް ކީޕަރަކަށެވެ. ޓީމުގެ އެންމެ މުހިންމު މަގާމުގައި އޭނާ ދައްކައިދިން ޔަގީންކަމުގެ ވާހަކައެވެ.

މުބާރާތަށް ނެދަލެންޑްސް ކުރިމަތިލީ އަށް އަހަރަށްފަހުއެވެ. އެންމެ ފަހުން 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް މުބާރާތުން އެ ޤައުމު ކެޓީ ސެމީ ފައިނަލުންނެވެ. އެއަށްފަހު 2018 ވަނަ އަހަރުވެ މުބާރާތުން ގެއްލުމަށްފަހު، މިއަހަރުގެ މުބާރާތަށް އައި އިރު ޓީމުގައި ކީޕަރެއްގެ މައްސަލަ ބޮޑެވެ. އިތުބާރު ހިފޭ ކީޕަރެއް ނެތުމަކީ އެ ޓީމަށް އޮތް އެންމެ ބޮޑު ބިރުކަމަށް ކޯޗު ލުއިސް ވެން ހާލް ވެސް ވަނީ ބުނެފައެވެ.

މުބާރާތަށް ނެދަލެެންޑްސް ކުރިމަތިލީއިރު ކީޕަރުގެ ބިރާއެކު ކޯޗު ވެން ހާލް ފުރުސަތު ދިނީ އުމުރުން 28 އަހަރުގެ އެންޑްރިއަސް ނޮޕާޓް އަށެވެ. މުބާރާތުގެ ފުރަތަމަ މެޗުން ފެށިގެން ގަދަ 16އާ ހަމަ އަށް ނޮޕާޓް ވަނީ އިތުބާރާއެކު ނެދަލެންޑްސްގެ ގޯލު ބަލަހައްޓާފައެވެ. މުބާރާތުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން އޭނާގެ ކޮޅަށް ވަނީ ހަތަރު ގޯލެވެ. ގިނަ މެޗުތަކުގައި އޭނާ ވަނީ މުހިންމު ބޯޅަތަކެއް ދިފާއު ވެސް ކޮށްފައެވެ. އެއާއެކު ވެން ހާލްގެ އިތުބާރު މިހާރު އޭނާ އަށް އޮވެއެވެ.

ނޮޕާޓް ބުނީ އަބަދުވެސް ކުޑައިރު އޭނާ ދެކެމުން އައި ހުވަފެއް އޮތް ކަމަށެވެ. އެއީ ނެދަލެންޑްސްއާއެކު ފީފާ ވޯލްޑް ކަޕްގައި ކުޅުމެވެ. ނޮޕާޓް ބުނީ އޭނާގެ ކެރިއަރަށް ބަލައިފިނަމަ، އޭނާ އަށް އެކަން ނުވާނެ ކަމަށް ޤަބޫލު ވެސް ކުރެވުނު ކަމަށެވެ. އެހެންކަމުން އެ ހުވަފެން އެއް ފަރާތްކޮށްލަން ޖެހުނު ކަމަށް ވެސް ނޮޕާޓް ބުންޏެވެ. ނަމަވެސް ނޮޕާޓް ބުނީ އޭނާއަށް ފުރުސަތު ލިބުނީ ނޭނގުމެއްގެ ތެރެއިން ކަމަށެވެ. އޭނާ ކުރި ކުރި މަސައްކަތާއި، ހިތްވަރަށް ބަލާފަ ކޯޗު އޭނާ އަށް ފުރުސަތު ދިނީ ކަމަށެވެ. އެހެންކަމުން އެކަމާ މިހާރު ފަޚުރުވެރިވާކަން ފާހަގަ ކުރަމުން ނޮޕާޓް ބުނީ މަސައްތަކައިގެ ކުރިއަށް ދަނީ އުފަލުން ކަމަށެވެ.

ނޮޕާޓްގެ ކުލަބުގެ ތަޖުރިބާ ވެސް މަދެވެ. ޤައުމީ ޓީމުގެ ތަޖުރިބާ އަދި މާ މަދެވެ. ނެދަލެންޑްސް ޤައުމީ ޓީމުގައި އޭނާ ހިމެނުނީ ވެސް މިއހަރުއެވެ. މިހާތަނަށް ކުޅުނީ ހަތަރު މެޗެވެ. އެއީ ވޯލްޑް ކަޕްގައި ކުޅުނު ހަތަރު މެޗެވެ. ނަމަވެސް ހަތަރު މެޗުން ވެސް ނޮޕާޓް ވަނީ އޭނާގެ ފެންވަރު ދައްކައިދީފައެވެ. އިތުބާރާއެކު ގޯލް ބެލެހެއްޓޭނެކަމުގެ ޔަގީންކަމެވެ. ކުއާޓާ ފައިނަލްގައި އާޖެންޓީނާއާ ދެކޮޅަށް ނިކުންނައިރު، ވެން ހާލަށް އެންމެ އިތުބާރު އޮންނާނީ ވެސް އެ ޓީމުގެ ގޯލަށެވެ. ޒީރޯ އިން ހީރޯ އަށްވީ ނޮޕާޓްއަށެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ނެދަރލެންޑްްސްނޮޕާޓްކުޅިވަރު

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
06 ނޮވެމްބަރު 2025

މުއިއްޒު ސަރުކާރަށް ނެދަލޭންޑުން ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 820 ރުފިޔާ

06 ނޮވެމްބަރު 2025
މުއިއްޒު ސަރުކާރަށް ނެދަލޭންޑުން ހިލޭ އެހީގެ ގޮތުގައި އަންނަ އަހަރު 820 ރުފިޔާ
05 ނޮވެމްބަރު 2025

ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް

05 ނޮވެމްބަރު 2025
ޓީމް އެއްކޮށް ގުޅިގެން މަސައްކަތް ކޮށްފި ނަމަ ކާމިޔާބުވާނެ: ރައީސް ޞާލިހް
04 ނޮވެމްބަރު 2025

ކުޑަ ފަރަގަކުން ނެދަލެންޑްސްގެ އިންތިޚާބު ޖެޓަން ކާމިޔާބު ކޮށްފި

04 ނޮވެމްބަރު 2025
ކުޑަ ފަރަގަކުން ނެދަލެންޑްސްގެ އިންތިޚާބު ޖެޓަން ކާމިޔާބު ކޮށްފި
08 ސެޕްޓެމްބަރު 2025

ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"

08 ސެޕްޓެމްބަރު 2025
ރައީސް މުޢިއްޒުގެ ވައުދު ފޮތުން ހޮޅި ވައުދެއް: "އަލަށް 18 އަހަރުފުރޭ ޒުވާން ކުދިންނަށް ލިބޭ ހައުސިންގ އަޅުގަނޑު ފޯރުކޮށްދޭނަން"
18 ސެޕްޓެމްބަރު 2024

90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ

18 ސެޕްޓެމްބަރު 2024
90ގެ ވޯލްޑްކަޕުގެ ބަތަލު އިޓަލީގެ ޝިލާޗީ މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް