Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

2014ގެ ޓީމަށް ވުރެ ނެދަލޭންޑްސްގައި މިހާރު އޮތް ޓީމު ކޮލެޓީ: ވެންހާލް

މިހާރު އޮތް ސްކޮޑާއެކު އޭރުގެ ނަތީޖާއަށްވުރެ މަތީ ނަތީޖާ އަކަށް އުންމީދުކުރޭ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 21 ނޮވެމްބަރު 2022 | ހޯމަ 06:48
ނެދަލޭންޑްސްގެ ކޯޗު ވެންހާލް އަދި ކެޕްޓަން ވެންޑައިކް ޕްރެސް ގައި

ނެދަލޭންޑްސްގެ ކޯޗު ވެންހާލް އަދި ކެޕްޓަން ވެންޑައިކް ޕްރެސް ގައި

މީގެ ކުރިން 2014 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ނެދަލޭންޑްސްގައި އޮތް ޓީމަށް ވުރެ މިހާރު އޮތް ޓީމު ކޮލެޓީ ކަމަށް ކޯޗު ލުއިސް ވެންހާލް ބުނެފިއެވެ.

އަށް އަހަރަށްފަހު މިއީ ނެދަލޭންޑްސް ވޯލްޑް ކަޕަށް ނުކުންނަ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން އެ ޓީމު ކުޅެފައިވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި އޮތް ވޯލްޑް ކަޕެވެ. އެ އަހަރުގެ މުބާރާތުގައި ނެދަލޭންޑްސް އިން ވަނީ ތިން ވަނަ ހޯދާފައެވެ. އޭރުގެ ވެސް އެ ޓީމުގެ ކޯޗަކަށް ހުރީ ވެންހާލްއެވެ.

މިއަހަރުގެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އެފްރިކާގެ ޗެމްޕިއަން ސެނެގާލާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ވެންހާލް ބުނީ، ޓީމުގައި މިހާާރު ތިބި ކުޅުންތެރިންނަކީ ވަރަށް ގުޅުން ބަދަހި، އެކުގައި މަސައްްކަތް ކުރާ ކުޅުންތެރިންތަކެއް ކަމަށެވެ. އޭނާ ބުނީ ޤަބޫލު ކުރެވޭ ގޮތުގައި ޓީމުގެ ކުޅުންތެރިން އަބަދުވެސް ކާމިޔާބަށް ވާސިލްވުމަށް މަސައްކަތް ކުރާ ކަމަށެވެ.

ވެންހާލް ބުނީ މިހާރު ޓީމުގައި ތިބި ކުޅުންތެރިންނާމެދު އޭނާގެ އުންމީދު އޮތް ކަމަށެވެ. ވެންހާލް ބުނީ 2014 ވަނަ އަހަރުގެ މުބާރާތުގައި ނެދަލޭންޑްސް ތިން ވަނަ އަށް ދިޔައިރު، އޭރު ސްކޮޑުގައި ތިބީ ނިސްބަތުން ފެންވަރު އެހާ ރަނގަޅު ކުޅުންތެރިން ނޫން ކަމަށެވެ. ނަމަވެސް މިހާރު އޮތް ސްކޮޑާއެކު އޭރުގެ ނަތީޖާއަށްވުރެ މަތީ ނަތީޖާ އަކަށް އުންމީދުކުރާ ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރުން ވެންހާލް ބުނީ ޓެކްނިކަލް އަދި ޓެކްޓިކަލް ސްކިލް އަށް އެކަނި ބާރޯސާ ނުވެވޭނެ ކަމަށެވެ. އޭނާ ބުނީ ބައެއް ފަހަރު ނަސީބު ވެސް ދިމާވާން ޖެހޭނެ ކަމަށެވެ. ވެންހާލް ބުނީ އެގޮތަށް އެކަން ވާނީ މެޗުގެ އެންމެ ރަނގަޅު ވަގުތުގައި ލަނޑު ޖަހާ ނަތީޖާ ނެރެވިގެން ކަމަށާއި، އަދި އިދިކޮޅު ޓީމުން ލަނޑެއް ޖެހިޔަ ނުދީގެން ކަމަށެވެ. އޭނާ ބުނީ އެ މަގުން މަސައްކަތްކޮށްފި ނަމަ ދުނިޔޭގެ ޗެމްޕިއަނުންނަށް ވެވޭނެ ކަމަށެވެ. ނަމަވެސް ވެންހާލް ބުނީ އޭނާއާއެކު ނެދަލޭންޑްސްގައި އޮތް ސްކޮޑަށްވުރެ ވެސް މާ މޮޅެތި ކުޅުންތެރިން ހިމެނޭ ޓީމުތައް މުބާރާތުގައި އޮތް ކަމަށެވެ.

މެޗާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ނެދަލޭންޑްސްގެ ކެޕްޓަން ވާޖިލް ވެންޑައިކް ބުނީ އޭނާ ހުރީ ވަރަށް ހަމަޖެހިގެން ކަމަށާއި، ކުޅުންތެރިން ވެސް ތިބީ ހަމަޖެހިގެން ކަމަށެވެ. އޭނާ ބުނީ ވޯލްޑް ކަޕާ ކުރިމަތިލާއިރު އޭނާ ހުރީ ވަރަށް އުފަލުން ކަމަށެވެ. ވެންޑައިކް ވަނީ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭގެ ވާހަކަ ދައްކާފައެވެ. އޭނާ ބުނީ ކުރިން އެއް ޓީމަކަށް ކުޅުނު ރަހުމަތްތެރިޔާއާ އޭނާ ގުޅި ކަމަށެވެ. ވެންޑައިކް ބުނީ މާނޭ އަށް މުބާރާތުގައި ނުކުޅެވުމަކީ އޭނާ އަށް ވެސް ލިބޭ ހިތާމައެއް ކަމަށެވެ.

ނެދަލޭންޑްސް އާއި ސެނެގާލް ބައްދަލުކުރާ މެޗު އޮންނާނީ ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ނެދަރލެންޑްްސްލުއީ ވެން ހާލް

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު