Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އެމެރިކާ-ވެނެޒުއެލާ

ވެނެޒުއެލާ އަށް ހަމަލާ ދިނުމުގެ ވިސްނުމެއް ނެތް ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، ވެނެޒުއެލާ އަށް ހަަމަލާ ދިނުމާ ގުޅޭ ގޮތުން އޭނާ ވިސްނަވާ ކަމަށް ބުނެ، މީޑިއާ ތަކުގައި ކޮށްފައިވާ ރިޕޯޓަކީ އަސްލެއް ނޫން ކަމަށެވެ. އަދި އެކަން އެހެން ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.

އެމެރިކާއިން ކެރިބިއަން ސަރަހައްދުގައި ބޮޑު އަސްކަރީ ބާރެއް ބިނާކޮށްފައިވާއިރު މި އަސްކަރީ ބާރު އަންނަ ހަފްތާތަކުގައި އިތުރަށް ބޮޑުވާނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 1 ނޮވެމްބަރު 2025 | ހޮނިހިރު 07:12
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާ އާއި ވެނެޒުއެލާއާ ދެމެދު ނުތަނަވަސް ކަމެއް އުފެދިފައި އޮތް ނަމަވެސް، ވެނެޒުއެލާ އަށް ހަމަލާ ދިނުމުގެ ވިސްނުމެއް ނުގެން ގުޅުއްވާ ކަމަށް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ހުކުރު ދުވަހު ޓްރަމްޕް މިހެން ވިދާޅުވެފައިވާއިރު، މިއީ ފާއިތުވި ހަފުތާގެ ތެރޭގައި ޓްރަމްޕް ދައްކަވާފައިވާ ވާހަކަތަކާ ތަފާތު ވާހަކަ އެކެވެ. އަދި މިއީ އެމެރިކާ އިން މަސްތުވާ ތަކެތީގެ ވިޔަފާރިއާ ގުޅިފައިވާ އޮޕަރޭޝަންތައް އިތުރު ކުރުމުގެ ވާހަކަތައް ދެކެވިފައިވާ ދަނޑިވަޅެއްގައި ޓްރަމްޕް ދައްކަވާފައިވަ ވާހަކަ އެކެވެ.

ފާއިތުވި މަސް ތަކުގެ ތެރޭގައި އެމެރިކާ އިން ވަނީ ކެރީބިއަން ސަރަހައްދުގައި އަސްކަރީ ޙަރަކާތްތައް އިތުރުކޮށް އަދި ވަރުގަދަ ކޮށްފަ އެވެ. އޭގެ ތެރޭގައި ހަނގުރާމައިގެ ޖެޓުތަކާއި، ހަނގުރާމައިގެ އުޅަނދުތައް އަދި އަސްކަރީ އޮފިޝަލުން އިތުރު ކުރުން ވެސް ހިމެނެ އެވެ. އަދި ކުރިއަށް އޮތް ދުވަސް ތަކުގައި އަސްކަރީ ޙަރަކާތްތައް އިތުރަށް ވަރުގަދަ ވާނެ ކަމަށް ލަފާ ކުރެވެ އެވެ.

ހުކުރު ދުވަހު ޓްރަމްޕް ވިދާޅުވެފައި ވަނީ، ވެނެޒުއެލާ އަށް ހަަމަލާ ދިނުމާ ގުޅޭ ގޮތުން އޭނާ ވިސްނަވާ ކަމަށް ބުނެ، މީޑިއާ ތަކުގައި ކޮށްފައިވާ ރިޕޯޓަކީ އަސްލެއް ނޫން ކަމަށެވެ. އަދި އެކަން އެހެން ކުރުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. ނަމަވެސް، މިއީ ހަމަލާ ދިނުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމެއް ނުވަތަ، ފައިނަލް ނިންމެއް ނިންމާފައި ނެތުން ކަމަށް ޓްރަމްޕް ހާމަ ކުރައްވާފައި ނުވެ އެވެ.

މީގެ ކުރިން ޓްރަމްޕް ވިދާޅުވެފައި ވަނީ ވެނެޒުއެލާ އިން މަސްތުވާ ތަކެތީގެ ވިޔަފާރި އަށް ބޮޑު އެހީތެރި ކަމެއް ދެމުން އަންނަ ކަމަށާއި، އެމެރިކާ އިން އެކަމާ ދެކޮޅަށް ފިޔަވަޅު އަޅައި އަދި ހަމަލާ ދޭން ނިންމާފައިވާ ކަމަށެވެ. މީގެ ކުރިން ކެރީބިއަން އަދި އިރުމަތީ ޕެސިފިކްގައި އެމެރިކާ އިން ކުރިއަށް ގެންދިޔަ ކެމްޕެއިންގައި ވަނީ، މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ކަމަށް ބެލެވޭ ދިހަ ބޯޓަކަށް ހަމަލާ ވެސް ދީފަ އެވެ. އެ ހަމަލާ ތަކުގައި 61 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓު ކުރެވިފައިވެ އެވެ.

ޓްރަމްޕް މިހެން ވިދާޅުވެފައި ވީ ނަމަވެސް، ރިޕަބްލިކަން ޕާޓީ އަށް ނިސްބަތްވާ ސެނެޓަރު ލިންޑްސީ ގްރެހަމް އާދީއްތަ ދުވަހު ވިދާޅުވެފައި ވަނީ، ވެނެޒުއެލާ އާއި ކޮލަމްބިއާއާ ދެކޮޅަށް ހިންގަން ރާވާފައިވާ އަސްކަރީ އޮޕަރޭޝަނާ ގުޅޭ ގޮތުން ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް މައުލޫމާތު ދެއްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށެވެ. އެކަން ކުރައްވާނީ އޭޝިއާ އަށް ކުރައްވާ ދަތުރުފުޅަށް ފަހު ކަމަށް ޓްރަމްޕް ވިދާޅުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭޝިއާގެ ޤައުމު ތަކަށް ކުރެއްވި ދަތުރުފުޅަށް ފަހު، ބުރާސްފަތި ދުވަހު ޓްރަމްޕް ވަނީ އެނބުރި އެމެރިކާ އަށް ވަޑައިގެންފަ އެވެ. މީގެ އިތުރުން، ނަން ހާމަ ކުރަން ބޭނުން ނުވާ އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުން ބުނެފައި ވަނީ، އެމެރިކާގެ އަސްކަރިއްޔާ އިން ވެނެޒުއެލާގެ ބައެއް ސަރަހައްދު ތަކަށް ހަމަލާ ދިނުމަށް ރޭވިފައިވާ ކަމަށެވެ. އެގޮތުން ރަންވޭ ފަދަ ބައެއް އޮޕްޝަންތައް ކަނޑައަޅާފައިވާ ކަމަށް ބުނެފައިވެ އެވެ.

މަސްދަރު: ރޮއިޓާސް

ޑޮނަލްޑް ޓްރަމްޕްވެނެޒުއޭލާއެމެރިކާ-ވެނެޒުއެލާމަސްތުވާތަކެތި ޓްރެފިކްކުރުންނިކޮލާސް މަދޫރޯ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!

11 ޑިސެމްބަރު 2025
އެމެރިކާ ސިފައިން ވެނެޒުއެލާ ކައިރިން ބޮޑު ތެޔޮ ޓޭންކަރެއް ހިފައިފި، ވެނެޒުއޭލާ އިން ބުނީ މިއީ ކަނޑުފޭރުން ކަމަށް!
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު