Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފައިސަލް ނަސީމްގެ ބަޔާން

މަޖިލީހުގެ ހާޒިރީން ވަނަ ހޯދުމަށްވުރެ މުހިއްމީ މަޖިލިހުގެ ރިޔާސަތު ބަދަލުކުރުން:ފައިސަލް ނަސީމް

6 ސެޕްޓެމްބަރު 2017 | ބުދަ 16:43

މަޖިލީހުން ރައްޔިތުންގެ ހައްގުގައި މަސައްކަތް ކޮށްފައެއް ނުވޭ

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު | 6 ސެޕްޓެމްބަރު 2017 | ބުދަ 16:43
ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމު

ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމު

މަޖިލީހުގެ ހާޒިރީން ވަނަ ހޯދުމަށްވުރެ މަޖިލީހުގައި އިސްލާހުކުރަންޖެހޭ ގިނަ ކަންކަން އެބަ ހުރި ކަމަށާއި މަޖިލީހުގެ ތެރެއިން ކަންކަން އިސްލާހުކުރެެވެން އޮތީ ރިޔާސަތު ބަދަލުކޮށްގެން ކަމަށް ކާށިދޫ ދާއިރާގެ މެންބަރު ފައިސަލް ނަސީމު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ދެ ވަނަ ދައުރުގައި ހާޒިރީން އެންމެ ފުލަށް ފައިސަލް ނަސީމް ދިއުމާ ގުޅިގެން އޭނާ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ ލާބަ އާއި މަންފާއަށް ގާނޫނުތައް ހެދުމުގެ ޒިންމާ ރައްޔިތުން މަތިކޮށްފައިވާ ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމުގައިވާއިރު، މިފާއިތުވެދިޔަ ދައުރުގައި އެކަން އެންމެ ރަގަޅަށް ކުރެވިފައި ނުވާ ކަމަށެވެ. ރައްޔިތުންނަށް ފައިދާ ހުރި އެކަށީގެންވާ މަސައްކަތްތަކެއް މަޖިލީހުން ކުރެވިފައި ނުވާކަމީ، ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ކިބައިގައި، ރައްޔިތުންގެ ހައްޤުގައި މަސައްކަތް ކުރުމުގެ އެއްވެސް އިހުލާސްތެރި ނިޔަތެއް ނެތްކަމަށް ފައިސަލް ނަސީމު ވިދާޅުވި އެވެ.

މަޖިލީހުގެ ރިޔާސަތުން، މެންބަރުންގެ ހިޔާލުތައް އެއްގޮތްކޮށް، މިފަދަ ބޭނުންތެރި މުހިންމު އިސްލާހުތައް މަޖިލީހުން ފާސްކުރުމަށް އެއްވެސް ސަމާލު ކަމެއް ދެއްވަން ބޭނުން ނުވާކަމަށް ފައިސަލް ވިދާޅުވި އެވެ.

ހަމައެހެންމެ ޒުވާނުންނާއި ވަޒީފާ އަދާ ކުރަމުންދާ އެންމެހާ ފަރާތްތަކަށް ވަޒީފާގެ ޔަގީން ކަމާއި ރައްކާތެރިކަން ކަށަވަރު ކޮށް ދިނުމުގެ ގޮތުން، ވަޒީފާއާއި ބެހޭ ޤާނޫނަށް އޭނާ ހުށަހެޅި އިސްލާހުވެސް ބޭރުކޮށްލާފައިވާކަން ފައިސަލް ފާހަގަކުރައްވާފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހަކީ އެތައް ނިކަމެތި ރައްޔިތުންގެ އުއްމީދުތަކާއި ގުޅި، މުޖުތަމައުގައި ތަފާތު ވަޒީފާ އަދާ ކުރަމުންދާ ފަރާތްތަކާއިި، މާދަމާ ކިޔެވުން ނިންމައި ވަޒީފާއަށް ނުކުންނަން ތިބި ޒުވާނުންނާއި ،އާއިލާތަކުގެ މުސްތަގުބަލާއި ގުޅުންހުރި ގާނޫނުތައް ފާސްކޮށް އިޖްތިމާއީ ރައްކާތެރިކަން ޔަގީންކަމާއި އެކު ފޯރުކޮށް ދިނުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރަންޖެހޭ އިދާރާއަކަށް ވީ ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އެފަދަ އެއްވެސްކަމެއް ކުރެވިގެން ނުދާކަން ވަނީ ފާހަގަކޮށްފަ އެވެ.

އިތުރަށް ކިޔާލަން

07 މާރިޗު 2017

މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!

07 މާރިޗު 2017
މަޖިލީހުގެ ރައީސް މަސީހު އިތުބާރު ނެތްކަމުގެ ވާހަކަތަކާ އެކު މަޖިލިސް މެދު ކެނޑިއްޖެ!
01 މާރިޗު 2017

!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް

01 މާރިޗު 2017
!މަޖިލީހުގެ ރިޔާސަތު "ހިސޯރު" ކުރުމުން، ޖަލްސާ ކުރިއަށް ގެންދިޔައީ އާދަޔާ ހިލާފަށް
01 މާރިޗު 2017

ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި

01 މާރިޗު 2017
ޕީޕީއެމްގެ މެމްބަރޝިޕް ފޯމްތަކެއް ހަވާލުވުމަށް ބާއްވާ އިވެންޓް އޮތުމުން މަޖިލީހުގެ ޖަލްސާ ފަސްކޮށްފި
28 ފެބުރުއަރީ 2017

އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް

28 ފެބުރުއަރީ 2017
އެންމެ ބޮޑު ޕާޓީގެ ލަޤަބް ޕީޕީއެމްއިން ހޯދީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނަމަހަގޮތުގައި ބޭނުންކޮށްގެން: އަނަސް
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
08 ފެބުރުއަރީ 2017

ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި

08 ފެބުރުއަރީ 2017
ޕީޕީއެމްގެ ފޯމްތަކަކާ ހަވާލުވުމަށް ބޭއްވި ޖަލްސާއަކަށް ދާންޖެހޭތީ މަޖިލީހުގެ ޖަލްސާ ކުރުކޮށްލައިފި
04 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ

04 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު ވަހީދު ޕޮލިހަށް ހާޒިރުކުރަނީ
01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
14 ޖެނުއަރީ 2017

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް